ސުޕަ ޔޮޓް މެލޭޝިއާއާ ހަވާލު ކުރަން އިންޑޮނީޝިއާ އިން ވަނީ އެއްބަސްވެފައި.
05 އޯގަސްޓް 2018 - 15:54
ކުއާލަ ލަމްޕޫރު (އޮގަސްޓް 5) - އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ކޮރަޕްޝަން ފައިސާ އިން ގަނެފައިވާ ކަމަށް ބެލެވޭ އަގު ބޮޑު ޔޮޓް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މެލޭޝިއާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވެއްޖެ އެވެ.
ކޭމަން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ 250 މިލިއަން ޑޮލަރު (އެއް ބިލިއަން ރިންގިޓް) ގެ އަގު ބޮޑު ސުޕަ ޔޮޓް "އިކުއަނިމިޓީ" މިހާރު އޮތީ އިންޑޮނީޝިއާގަ އެވެ. ބާލީގެ ބޭރުގައި އޮތް ޔޮޓް އިންޑޮނީޝިއާ އިން ހިފެހެއްޓީ ފެބްރުއަރީ މަހު އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވެސް ވަނީ 1އެމްޑީބީގެ ކޮރަޕްޝަން ފައިސާ އިން ގަނެފައިވާ ކަމަށް ބެލެވޭ އެތައް ޕްރޮޕަޓީއެއް ހިފަހައްޓައިފަ އެވެ. ޔޮޓް ހިފެހެއްޓީ ވެސް ސްޓޭޓް ޑިޕާޓްމަންޓުގެ އަމުރަކަށެވެ. ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި އުފެއްދި ބޭންކުގެ ކޮރަޕްޝަން ފައިސާ އިން ހޯދާފައިވާ ތަކެތީގެ އަގު 1.7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރޭގައި 300 ފޫޓް (90 މީޓަރު) ގެ ލަގްޒަރީ ޔޮޓް ވެސް ހިމެނެ އެވެ. އެ ޔޮޓް ގަނެފައި ވަނީ 1އެމްޑީބީގެ ކޮރަޕްޝަނުގައި އެންމެ ބޮޑަށް ތުހުމަތުކޮށްފައިވާ އެ ބޭންކުގެ ކުރީގެ އެޑްވައިޒަރު ޖޯ ލޯ އެވެ. ނަޖީބުގެ ވަރަށް ގާތް މީހެއް ކަމަށްވާ ލޯ ހައްޔަރު ކުރަން މެލޭޝިއާގެ އެންޓި-ކޮރަޕްޝަން އެޖެންސީން ވަނީ އަމުރު ނެރެފަ އެވެ.
ލޯ މިހާރު އުޅޭ ތަނެއް ނޭނގުނު ނަމަވެސް އޭނާގެ ގާނޫނީ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ ޔޮޓް މެލޭޝިއާ އަށް ގެންދަނީ ގާނޫނާ ޚިލާފަށް ކަމަށާއި އެއީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެއް ކަމަށެވެ.
އިންޑޮނީޝިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ އެ ޔޮޓް މެލޭޝިއާއާ ހަވާލު ކުރަން އެއްބަސްވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
06 August 2018
ތިޔަ ޒާތުގެ ޔޮޓެއް ވެސް ތައިލޭންޑުން މިރާއްޖެ އަށް ގެނެސް ގެން އުލޭ ޙަބަރު ލިބޭ. ޙަޤީގަތް އެނގޭނީ މި ވެރިކަން ނިމިގެން.
ހެޔޮނިޔަތް
05 August 2018
ތިފަދަ އެތައް ކަމެއް ކުރިމަގުގައި މި ނިކަމެތި އަޅުގަނޑުމެނަށްވެސް ފެންނާނެ އެވެ.
ސިދުގީ
06 August 2018
އެންމެ ފުރތަމަ އެފް ޕީ އައި ޑީގެ ފައިސާއެވެ. ދެން ޖީ އެމް އާރަށް އެޔާޕޯޓް ދޫކޮށްލި އިރު ބަޔަށް އެޅި ފައިސާއެވެ، އެއަށްފަހު އެމް ޕީ އާރު އެސް އެވެ