ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ބައެއް އިސްވެރިން ވާހަކަ ދައްކަވަނީ: އެމްޑީއޭ އާއި ޕީޕީއެމާ ދެމެދު ވެފައިވާ އެއްބަސްވުން އާ ކުރުމާ ގުޅޭ ގޮތުން މިހާރު ވެސް ދަނީ މަޝްވަރާ ކުރަމުން ކަމަށް ވިދާޅުވި.--- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
07 އޯގަސްޓް 2018 - 13:43
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
އެމްޑީއޭގެ ލީޑަރު ސިޔާމާއި ޕީޕީއެމާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ދެކެވެމުން ދާ ވާހަކަ އަށް ރައްދު ދެއްވަމުން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދެ ޕާޓީގެ ދެމެދުގައި އޮތް ގުޅުމަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މުސްތަޝާރާއި [ރައީސް އަބްދުﷲ ޔާމީނާއި] އެމްޑީއޭގެ ލީޑަރާ ދެ ބޭފުޅުން ފޯނުން ބަރާބަރަށް ވާހަކަ ދެއްކެވި، ކުރިއެކޭ އެއްގޮތަށް ކެމްޕެއިނުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް،" ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސް ގައި އަބްދުއްރަހީމް ވިދާޅުވި އެވެ.
ދެ ޕާޓީ އެކުގައި މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުން އާ ކުރުމާ ގުޅޭ ގޮތުން މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެމްޑީއޭއާ އަޅުގަނޑުމެންގެ ގުޅުން ވަރަށް ރަނގަޅަށް އޮތީ. އެގްރީމެންޓުގެ މުއްދަތު ހަމައެއް ނުވޭ. އަޅުގަނޑުމެން އެމްޑީއޭއާ އެއްބަސްވެފައި ވާނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނިޔަލަށް އެކީގައި މަސައްކަތް ކުރުމަށް. ރިޔާސީ އިންތިހާބު ނިމުނީމާ އަޅުގަނޑުމެން އެގްރިމެންޓު އާ ކުރަންޖެހޭނީ ވެސް،" އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންގެ ދެ ޕާޓީން މި ކަމަށް ދެ ބޭފުޅަކު ކަނޑައެޅިގެން އަޅުގަނޑުމެންގެ ޕާޓީން މި އެއްބަސްވުމާ ދޭތެރޭގައި މަޝްވަރާ ކުރައްވާނީ ނައިބު ރައީސް މޫސާ ޒަމީރު އަދި އެމްޑީއޭގެ ފަރާތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް. އެ ބޭފުޅުން ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އެބަ ގެންދަވާ."
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމާއި އެމްޑީއޭގެ ގުޅުން ގޯސްވެފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ އެ ދެ ޕާޓީގެ ތެރޭގައި މައްސަލަ އުފެއްދުމަށް ކަމަށެވެ. އަދި އެއީ ހަދަހަދައިގެން ދައްކާ ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީއޭއާ އެކު ޕީޕީއެމުން ކުރާ މަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ، އެ ޕާޓީގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އަންނަ މަހުގެ 23 ގައި، ބާއްވާ ރިޔާސީ ކެމްޕެއިންގެ ހަރަކާތްތަކުން ސިޔާމް ނުފެންނަ ވާހަކަ ދައްކާއިރު، މީގެ ކުރިން ވެސް އެއީ އެ ފަދަ ކަންތައްތަކުގައި މާ ގިނައިން ހަރަކާތްތެރިވާ ބޭފުޅެއް ނޫން ކަމަށެވެ.
"އެމްޑީއޭ އަކީ ހަތަރު ނައިބު ރައީސުންގެ ބެއްލެވުމުގެ ދަށުން ވަރަށް ހީވާގި ކައުންސިލަކާ އެކު ހިންގާ ޕާޓީއެއް. ބައެއް ހަރަކާތްތަކުގައި ސީދާ ސިޔާމް ހަރަކާތްތެރިވާ ތަން ފެނިވަޑައިގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުއްމީދު
09 August 2018
ޝިޔާމު ހުންނެވީ ރައީސް ޔާމީނާއި އެކީ........ މަރުހަބާ
މަނަސް
08 August 2018
ހިންދީ ފިލްމަކާ ވަރަށް ވައްތަރު، ނުބައިބައިގަ ގިނައިން ތިބޭނީ ރަހީމްބެމެން ކަހަލަ ރޯނު އެދުރުން
ކޮކްޓެއިލްރައީސް
08 August 2018
އަދުރޭ ކަލޭ ދައްކާ ވާހަކަ މިހާރު މީހުން ޤަބޫލެއް ނުކުރެ، ހުކުމެއްކޮށް އަރުވާވެސް ނުލައޭ ބުނީމެއްނު، އެކަމަކު މަގުފުޅާ ދެގަނޑު ޓިނުގެ މައްސަލައެއްގަ އަރުވާލިކަން ހާމަވީ ހިސާބުން ދެން އެވާހަކައެއް ނުދައްކަމެއްނު،
ޖަހޯބަރާ
07 August 2018
ރޯނުއެދުރު!
އަނިލް
07 August 2018
ކުރިން އެކީގަ ނޫނީ ނުކެވޭ މިހާރު ފޯނުން ބަރާބަރަށް ގުޅާ ގުޅުން އޮތްވަރު ރަމްޒު ކޮށްދޭ އަލިގަދަ ދަލީލެއް
އެކަނީބީ
07 August 2018
ސިޔާމް އިދިކޮޅާ ގުޅުނިއްޔާ މިތާ ކޮމެންޓް ކުރާކުދިންނަށް ސައިދޭނަންތަ އަދުރޭ؟
ހުނި
07 August 2018
ތިދެން ޝިޔާމުގެ ދުވަސް ދިޔައީ ދެންފެންނާނީ ޖަލުން މީގެކުރިންވެސް މިގޮތަށް ބުނި އެންމެން މިހާރުތިބީ ދިގުމުއްދަތަކަށް ޖަލަށްލާފަ ހަހަހަހަ ހަމަ ބުނެލީ
ދަތްނެތްކުއްޖާ
07 August 2018
ތި ވާހަކަ އަކީ ޙަޤީގަތެއް ނަމަ އެންމެ ކުޑަމިނުން ސިޔާމު ގެ ޕާރޓީ ގެ ކޮންމެވެސް އެއްބޭފުލެއް ތި ތާ އިންނެވި ނަމަ މަމެން ބުނީމު އާނ އޯކޭއޭ. ކަން މިހެން ހުރުމުން މަމެންނަށް ޔަޤީން ވެއްޖެ ސިޔާމު އާއި ތަމެން ނާއި ދޭތެރޭ ވަރަށް ބޮޑެތި މައްސަލަ ތަކެއް ޖެހިއްޖެކަން. ވާނީވެސް އެހެންނޫންތޯ. ކުޑަ މިނުން ނައިބު ރަޢީސް ކަން ވެސް ޝިޔާމަށް ދިނުމަށް ތަމެން ދެކޮލު ހެދިވިއްޔާ. ޝިޔާމު ވާ ރުލި މަޑު.
ޔާމިން
07 August 2018
ޕީޕީއެމް އާ ނެތޭ މައްސަލައެއް . މައްސަލައޮތީ ދަރުބާރު ފެކްޝަނާ ދޭތެރޭ
ރަދީފް
07 August 2018
އަދުރޭ ދައްކާ ވާހަކަ ގަބޫލުކުރަން ވަރަށް ދަތި.ތަރުޖަމާނުގެ ތަރުޖަމާއަކަށް ވެއިޓްކޮއްލައިގެން މިއިނީ.ވ.ވެދުން