ވަގަށް ނެގި އެލަސްކާ އެއާލައިންސްގެ ބޯޓު ދަތުރު ކުރަނީ. --ފޮޓޯ:އޭއެފްޕީ
11 އޯގަސްޓް 2018 - 16:17
ވޮޝިންޓަން (އޮގަސްޓް 11) - އެލަސްކާ އެއާލައިންސްގެ ސްޓާފަކު ވަގަށް ނެގި މަތިންދާ ބޯޓެއް އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގެ ސަރަހައްދަކަށް ވެއްޓިއްޖެ އެވެ.
އެލަސްކާ އެއާލައިން ގްރޫޕުން ހިންގާ ހޮރައިޒަން އެއާގެ 76 މީހުންގެ ޖާގައިގެ ކިޔޫ400 މަތިންދާ ބޯޓު ސިއެޓްލް-ޓެކޮމާ އިންޓަނޭޝަނަލް އެއާޕޯޓުން "ވަގަށް ނަގައިގެން" ދަތުރުކުރީ އެ އެއާލައިނުގެ މެކޭނިކެއް ކަމަށްވެ އެވެ. ވަގަށް ނެގި ބޯޓުގެ ފަހަތުން ވަނީ އެމެރިކާގެ އަސްކަރިއްޔާގެ އެފް-15 ގެ ދެ ބޯޓު ދުއްވައިފަ އެވެ. ބޯޓު ވެއްޓިފައި ވަނީ ކެޓްރޯން އައިލެންޑުގެ ޖަންގަލީގެ ސަރަހައްދަކަށެވެ. ބޯޓު ވެއްޓުމާ އެކު ވަނީ އަލިފާން ރޯވެފަ އެވެ. ނަމަވެސް ބިން މަތިން އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށްވެ އެވެ.
ބޯޓު ވެއްޓުމާ އެކު ވަނީ އަލިފާން ރޯވެފައި. --ފޮޓޯ:ސީބީއެސް
ފުލުހުން ބުނީ ބޯޓު ވަގަށް ނެގި އުމުރުން 29 އަހަރުގެ މީހާ ހިންގީ އަމިއްލަ އަށް މަރުވުމުގެ ހާދިސާއެއް ކަމަށެވެ. އަދި އެއީ ޓެރަރިޒަމާ އެއްވެސް ގުޅުމެއް އޮތް ހާދިސާއެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސިއެޓްލް އެއާޕޯޓުން ބުނީ ބޯޓުގައި ފަސިންޖަރުން ނެތް ނަމަވެސް މުވައްޒަފު ބޯޓު ދުއްވީ ހުއްދަ ނެތް ދަތުރެއްގައި ކަމަށެވެ.
އެލަސްކާ އެއާލައިންސްގެ މަތިންދާ ބޯޓެއް ސިއެޓްލް-ޓެކޮމާ އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުހާފު
12 August 2018
މުސަލިމަކު ނަމަ ވާނެ ޓެރެެެރިސްޓް ހަމަލާއަކަށް....
އަލިފް ހ
12 August 2018
ޓެރަރިސްޓް ހަމަލާއެއް ދިނީކީ ނޫންތޯ؟؟