19 އޯގަސްޓް 2018 - 09:44
މެންޗެސްޓާ (އޮގަސްޓް 19) - ފެންވަރު ރަނގަޅު ކުޅުންތެރިން ބޮޑު އަގުގައި ގެނެސްގެން ލިވަޕޫލުން އުޅެނީ ލީގު ތަށި ވެސް ގަންނަން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ވަނީ ނަބީ ކެއިޓާ، އެލިސަން ބެކާ، ޒެރްޑަން ޝަގީރީ އަދި ފަބީނިއޯ އަށް 223 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. މޮރީނިއޯ އަންނަނީ މިދިޔަ ޖުލައި މަހުން ފެށިގެން އެކި ނޫސްވެރިންގެ ބައްދަލުވުމުގައި ލިވަޕޫލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ދާދި ފަހުން ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ ލިވަޕޫލުން މަސައްކަތްކުރަނީ ލީގު ވެސް ގަންނަން ކަމަށެވެ.
"އަހަރެން ދެކޭގޮތުގައި ލިވަޕޫލުން މަސައްކަތްކުރަނީ ލީގު ވެސް ގަންނަން. ލީގު ވެސް ގަންނާށޭ މި ބުނަނީ ވަރަށް ރަނގަޅު އިންވެސްޓްމެންޓްތަކެއް ކޮށްގެން އުޅޭ ވާހަކަ،" މޮރީނިއޯ ބުންޏެވެ.
އޭނާ ވަނީ ވާދަވެރި އެހެން ޓީމުތަކުގައި ވެސް ފެންވަރު ރަނގަޅު ޓީމެއް އޮތް ކަމަށް ބުނެފަ އެވެ.
"ޗެލްސީގައި އެބައޮތް ވަރަށް ވަރުގަދަ ސްކޮޑެއް. ސިޓީގައި ވެސް އެބައޮތް ވަރަށް ވަރުގަދަ ސްކޮޑެއް. ދެން ޓޮޓެންހަމަށް ބަލާލީމަ އެބަފެނޭ އެ މީހުން އިންވެސްޓްކޮށްގެން ބިނާކޮށްފައި އޮތް ޓީމެއް. އެ މީހުން އެ ޓީމު ކުޅުންތެރިން ހިފެހެއްޓުމުގައި ކުރިހޯދައިފި. އާސެނަލް ވެސް އޮތި ވަރުގަދަކޮށް،" މޮރީނިއޯ ބުންޏެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މޮރީނިއޯ އެހެން ޓީމުތަކުން ކުރާ ހަރަދަށް ފާޑުކިޔަން ފެށީ ޔުނައިޓެޑުގެ ބޯޑުން އޭނާ ބޭނުންވާ ކުޅުންތެރިން ގެނެސް ނުދެވުމުންނެވެ. ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގިނަ ކުޅުންތެރިންތަކެއް ގެންނަން ޝައުގުވެރިވި ނަމަވެސް ކާމިޔާބެއް ނުލިބުނެވެ. ޔުނައިޓެޑުން އެންމެ ބޮޑަށް ގެންނަން މަސައްކަތްކުރި ކުޅުންތެރިންގެ ތެރޭގައި ޓޮޓެންހަމްގެ ޑިފެންޑަރު ޓޯބީ އަލްޑަވެއިރަލްޑް، ލެސްޓާގެ ހެރީ މެގުއާ އަދި ޗެލްސީގެ ވިލިއަން ހިމެނެ އެވެ.
ކްލަބްތަކުން ހަރަދުކުރާ ވާހަކަ މޮރީނިއޯ ތަކުރާރުކޮށް ދައްކާތީ ސްކައިސްޕޯޓްސްގެ ޝޯއެއްގައި ވާހަކަ ދައްކަމުން ލިވަޕޫލްގެ ކުރީގެ ކޯޗު ފިލް ތޯމްސަން ވަނީ އެކަމަށް ފާޑުކިޔައިފަ އެވެ.
މިދިޔަ ސީޒަނުގައި މޮރީނިއޯ ޔުނައިޓެޑްގައި ހުރެ ކުރި ހަރަދާއެކު އޭނާގެ ކޯޗިން ކެރިއަރުގައި ކުޅުންތެރިން ގަންނަން ކުރި ހަރަދު ވަނީ އެއް ބިލިއަން ޕައުންޑަށް އަރައިފަ އެވެ. އޭނާ އަކީ އެއް ބިލިއަން ޕައުންޑް ހަރަދުކުރި ފުރަތަމަ ކޯޗެވެ. ތޯމްސަން ބުނީ މޮރީނިއޯ ކޮށްފައިވާ ހަރަދުތަކަށް ބަލާއިރު އޭނާ ދިޔަ ކޮންމެ ޓީމަކުން އޮތީ ލީގު ގަނެފައި ކަމަށެވެ.
މި ސީޒަނުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ވަނީ 2-1 އިން އަމިއްލަ ދަނޑުގައި ލެސްޓާ އަތުން މޮޅުވެފަ އެވެ. މިރޭގެ މެޗުގައި ޔުނައިޓެޑް ނުކުންނާނީ ރަށުންބޭރުގައި ބްރައިޓަންއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮރީނިއޯ
20 August 2018
ފުރަތަމަ އަމިއްލަ މީހާގެ ގުދު ސީދާ ކޮށްފަ ގުދޯ ގުދޯ ގޮވާބަލަ.. ލަދުން ބޯހަލާކު.. މިރޭ ބްރައިޓަން އެ މޮޅުވީ އެމީހުން ހަރަދުކުރާ ވަރުންތަ؟
ކުލަޮޕް
19 August 2018
މޮރީނިޔޯ ޖޭ ވަނީ އެންމެ ޑީ ގްރޭޑް ކޯޗް
ސިންތިލީ ވޫމް
19 August 2018
މޮރީނިއޯ ހަމަ އަސރުކުރަނީ، ލިވަޕޫލް ގަދަ ކުރާތީވެ. މެންޗެސްޓާ ޔުނައިޓެޑް މިސީނަނުގައި ރަގަޅުނަތީޖާޔެއް ނުނެރެފީޔާމުން ކޯޗު ކަމުން ވަކިކުރާނެ ކަލޯ....
ފާގަ ހަސަނާ
19 August 2018
ލިވަރޕޫލް އިން ލީގު ނެގުން އެއިީ މެންޔޫ އަށް ހަޖަމް ވާނެ ކަމެށް ނޫން....
ކޮންޓޭ
19 August 2018
ހުސް އަނގަތަޅާ ސޮރެއްތީ. މި ފަހަރުވެސް ޗޮކުންބާ ދާނީ
ޗެލްސީ
19 August 2018
މޮރީނިއޯއަށް ލިބޭ ހިތްހަމަޖެހުމެއްއެއީ ވާދަވެރިންނާ ޒާތީވުން. މީޑިއާގެ ސަމާލުކަންހޯދުން.