ހިޔާ މަޝްރޫއުގެ ދަަށުން މީހަކު ފޯމެއް ހުށަހަޅަނީ: މިހާތަނަށް 15،000އަށް ވުރެ ގިނަ މީހުން ވަނީ ފޯމު ހުށަހަޅާފައި-- މިހާރު ފޮޓޯ: ހުސެން ވަހީދު
28 އޯގަސްޓް 2018 - 13:49
އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ހޯދުމަށް، މިހާތަނަށް 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި އެވެ.
އެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ 7،000 ފްލެޓަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލި މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު އެ ފުރުސަތު އަންނަ މަހުގެ 30 އާ ހަމައަށް މިހާރު އިތުރުކޮށްފައިވާއިރު، މިދިޔަ ބޮޑު އީދުގެ ނިޔަލަށް 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނައިބު އިބްރާހިމް ނަޒީމް ވިދާޅުވީ ހިޔާ މަޝްރޫއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އެކަމަކު، މި މަހުގެ ތެރޭގައި ބޮޑު އީދު ބަންދު އައުމުން، ފޯމު ހުށަހެޅުމަށް ގިނަ ބަޔަކަށް އުނދަގޫވި ކަމަށެވެ. އަދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރީ ވެސް އެ ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގެ ދަަށުން މީހުން ފްލެޓަށް އެދި ފޯމު ހުށަހަޅަން ގޮސް ތިބި ބަޔަކު ކިޔޫގައި މަޑުކޮށްލައިގެން-- މިހާރު ފޮޓޯ: ހުސެން ވަހީދު
"އަޅުގަނޑުމެން ޔަގީންކުރާ ގޮތުން، މި މުއްދަތު ނިމޭއިރު އަދިވެސް އެތައް ބަޔަކު ފޯމު ހުށަހަޅާނެ،" ނަޒީމް ވިދާޅުވި އެވެ.
ޖުމްލަ 12 ކެޓަގަރީއަކަށް ބަހާލައިގެން ދޫކުރާ މި ފްލެޓުތަކުގެ ތެރެއިން، އެންމެ ގިނައިން މީހުން ފޯމު ހުށަހަޅަނީ އުމުރުން 18-40 ދެމެދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް ދޫކުރާ 1000 ފްލެޓަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން މި މަޝްރޫއުގެ ދަށުން ފްލެޓް ދޫކުރަނީ، ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓް، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް، މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ މީހުންގެ އައިލާތަކަށް 200 ފްލެޓް، ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތި ހާލުގައި އުޅޭ ގޭބިސީތަކަށް ދޫކުރާ 256 ފްލެޓެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެ ފްލެޓުތަކަށް ވަދެވޭނެ ކަމަށް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން 18
28 August 2018
ބޯހިޔާ ވެހިކަން ޔަގީން !!! ށުކުރިއްޔާ ރައީސް ޔާމިން
ގެދާނޯމޮސް
28 August 2018
ވަޢުތައް ވާއިރު މީހުން ގެ ފޯމުތަށް ސައްޚަނުވާ މައްސަލަ ބަލަން ޚާއްސަ ކޮމިޓީއެއް ރައީސްއޮފީހުން އެބަހަމަޖައްސަން ޖެހެއެވެ. 90 ޕޮއިންޓް ލިބިގެންނޭ ބުނެ އިދިކޮޅު މީހުންނަށް ކުށްހާމަވާ ފޯމުތަށް ހަމަޖެހިގެން އަންނަނީވެސް މިސަރުކާރުގެ އޮނިގަނޑު ދަށުންނެވެ. މިހެން މިކަން ނުވާނޭ ގޮތެއް ހަމަޖެހި އޮތުން މުހިންމެވެ.
ހުސެނކޮ
28 August 2018
ތިޔަހެރަ ފެންނަނީ އަނެއްކާ އަނެއް މަޝްރޫއުގެ ކުރިއެރުމެއް، މަ ހިތަށް އަރާ ރީނދޫ ކުދިންކޮޅު ދެލޮލަށް މިރުސް ދުން އެޅިފަބާވައޭ...
ގުބޯލު
28 August 2018
ދިވެހިންނަކީ ގުބޯލުންތޯ