ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ބައެއް ގޭޓްތަކާއި އެއާލައިން އޮފީސްތައް ހުރި ތަން ތަޅާލާފައި. ފޮޓޯ: އެމްއޭސީއެލް
03 ސެޕްޓެމްބަރ 2018 - 13:13
އާ ޓާމިނަލް އަޅަން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ބައެއް ގޭޓްތަކާއި އެއާލައިން އޮފީސް ހުރި ބައި ތަޅާލައިފި އެވެ.
އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އާ ޓާމިނަލް އަޅަން ބޭނުންވާ ޖާގަ ހުސްކުރުމުގެ ގޮތުން މިހާރުގެ ޓާމިނަލްގައި ކުރިން ބޭނުންކުރި ގޭޓް 4،5،6 އާއި އެއާލައިން އޮފީސް ހުރި ބައި ތަޅާލާފައިވާ ކަމަށެވެ.
"އެތަން ތަޅާލުމުގެ ކުރިން މިދިޔަ އަހަރު ވާނީ އެ ތިން ގޭޓް ޓާމިނަލް ތިރިއަށް އިތުރުކޮށްފައި. އަދި އެއާލައިން އޮފީސްތައް ވެސް ވާނީ އެހެން އިމާރާތަކަށް ބަދަލުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ކުރިން ތިން ގޭޓް ހުރި ތަނާ ޖެހިގެން ޖުމްލަ ހަ ގޭޓް ހިމެނޭ ގޮތަށް އަލަށް ހެދި އިމާރާތުގެ މަސައްކަތްކުރީ ސްރީ ލަންކާގެ ސެންކަން އޯވާސީސް ކިޔާ ކުންފުނިންނެވެ.
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް އަޅަނީ ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. އެ ޓާމިނަލް އަޅަން މިހާރު ގެންދަނީ ޕައިލް ޖެހުމުގެ މަސައްކަތްކުރަމުންނެވެ.
ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ހަރަދުކޮށް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ސައުދީގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި، ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި، 2016 ގަ އެވެ. އޭރު އެމްއޭސީއެލް އިން ބުނެފައި ވަނީ އަލަށް ހަދާ ޓާމިނަލްގެ މަސައްކަތް ނިންމަން ތިން އަހަރެއްހާ ދުވަސް ނަގާނެ ކަމަށާއި އެ ތަން ބޭނުން ކުރަން ފެށޭނީ 2019 ވަނަ އަހަރު ކަމަށެވެ.
ނަމަވެސް މަސައްކަތަށް ކުރިމަތިވި ބައެއް ހުރަސްތަކާ އެކު އެ ތާރީހަށް އާ ޓާމިނަލް ނުނިމޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބަ
03 September 2018
ޒަމާނީ ތަރައްގީ ގެނެވިފަވާ ގިނަ ފސިންޖަރުން ނާ މަތިންދަބޯޓުގެ ތަދަތުރުތައް ރާއްޖެއަށް މުހިންމުވަނި ގައުމުގެ އިގްތިސާދި މައިކަށި މިވަނީ ފަތުރު ވެރިކަމާގުޅުފަވާތީ.ެކަމަކު ތަރައްގީގެ ނަމުގަ ހިންގާ އަނެއް ބޮޑު އިސްރާފުތީ.އިންޑިއާގެ ނަވީ މުމްބާއި އިނަޓަނެސަނަލް އެއާޕޯޓަކީ އިންޑިއާގެ ތަރއްގީގެ އެންމެ ބޮޑު އެއް މެގާ ޕްރޮޖެކްޓް.ެއެއީ އަހަރަކު 60 މިލިއަން ފަސިންޖަރުން ނަށް ހިދުމަތް ދެވެފެންވަރަށް އަޅާ އެންމެޒަމާނި ފެންވަރުގެ އެޢާޕޯޓެއް.ޕްރޮޖެކްޓްގެ ހަރަދު 2 ބިލިޔަން ޑޮލަރު.9.5 އަކަ ކިލޯމީތަރު ސަރަހައްދެއްގަ އެއާޕޯޓު ތަރައްގީ ކުރާއިރު ތާމިނަލް ފްލޯއޭރިއާ 2.7 މިލިއަން އަކަ ފޫޓް.ތަރައްގި ކުރަނީ ޕަބްލިކް ޕްރައިވޭޓް ޕާޓްނާޝިޕް އުސޫލުން.ނަމަވެސް ހުޅުލޭގެ އެއާޕޯޓަށް މިހަރަދު ކުރަނީ 1 ބިލިއަން ޑޮލަރު.ކެޕޭސިޓީ އަހަރަކު 7 މިލިއަން ފެސިންޖަރުން.މާސިންގާ ބަޖެޓް ނަމުގަ މާސިންގާ އެއާޕޯޓް.އެހެންވެއޭ ކަންތައްތައް ސިއްރު ކޮށްޮފަމިބުނަނީ ރައްޔިތުން ބޭނުމެއްނުވޭ ފައިސާހޯދިގޮތަކާ ހަރަދު ވި ގޮތެއް ބަލާކަށް.
ގެރިގުއި
03 September 2018
އެހެންވެގެންނޭ މިބުނަނީ އިންޑިޔާ ކޮޕީ ނުކުރާނަމޭ!
މަގޭ ނަޒަރު
03 September 2018
ބައެއް ދިވެހިނަ ނަށް ހަމަ ރަގަނޅު އެއްގޮތްވެސް ނޯވެ. ވ. ހިތާމަ ހުރި. ތަރައްގީ އަކީ ކުރީމަ ކުރެވޭނެ އެއްޗެއް. އެކި ޒަމާނުގައި ތަރައްގީ ކުރީ އެކި ގޮތަށް. އެކި ގައުމުތަކަށް ތަރައްގީ ގެނޭވޭނީވެސް އެކި ގޮތަށް. ޝުކުރު ކުރުރާ ބައެއްކަމު ގައި ދިވެހިން ލައްވާށި. ޢާފިލުވީ މީހުންގެ ތެރެއިން ނުލައްވާށި.
ހޮޓްކިންގ
03 September 2018
އެނގޭތަ އެއީ މައުމޫނުގެ ވެރިކަމުގައި ކުވޭތު ފަންޑުގެ އެހީގެ ދަށުން އެޅި ޓާމިނަލް. އެތާނގެ މަސައްކަތް ކުރީ ކުރީގައި ދިގު މުއްދަތަކަށް ފޮރިން މިނިސްޓަރަކަށް ހުރި މީހަކަށް ކަޓަ ލިބޭގޮތަކަށްކަމަށް އޭރު ވާހަކަ ދެކެވުނު. ތަން ހަދާ ހިމުނު އިރު ފަހުން އެނގުނީ ފާޚާނާވެސް ނުލައިކަން ހެދުނީ. ފަހުން ފާޚާނާތައް ހެދީ. އެކަހަލަ ތަރައްގީ ގެނައީ 30 އަހަރުން.
އުސާމާބިން
03 September 2018
"ނަމަވެސް މަސައްކަތަށް ކުރިމަތިވި ބައެއް ހުރަސްތަކާ އެކު އެ ތާރީހަށް އާ ޓާމިނަލް ނުނިމޭނެ އެވެ." ކުރިމަތިވި ހުރަސް ބުނަންތަ؟ އެއީ މަސައްކަތް ފަށަންޖެހޭ ތާރީޚަށް ބިންލާދިން ގްރޫޕުން މަސައްކަތް ނުފެށީމަ. ސަރުކާރަށް ކުރެވޭނެ ކަމެއްވެސް ނެތް. އެ މީހުން އަތުން ޕްރޮޖެކްޓް އަތުލެވޭކަށްވެސް ނެތް. ސައޫދީ ސަރުކާރުގަ ޝަކުވާކުރެވޭކަށްނެތް. އެމީހުނަށް ވީދުވަހަކުން މަސައްކަތް ފަށަންދެން ބަލަންތިބުން ނޫން ގޮތެއް ނެތް.