އޮޕަރޭޝަން ބްލޫ ވޭވް ފެށުމަށް އިސްކަންދަރުކޮށީގައި ބޭއްވި ހާއްސަ ބައްދަލުވުމުގައި، ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ޕޮލިސް
03 ސެޕްޓެމްބަރ 2018 - 15:07
މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭ ޚާއްސަ އޮޕަރޭޝަނެއް ފުލުހުން މިއަދު ފަށައިފި އެވެ.
"އޮޕަރޭޝަން ބްލޫ ވޭވް 2018" ގެ ނަމުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަން ރަސްމީކޮށް ފަށާފައިވަނީ، އިސްކަންދަރު ކޮށީގައި ބޭއްވި ފުލުހުންގެ ކޮމާންޑަރުންގެ ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމަގައި ވާހަކަ ދައްކަވަމުން އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ އެކު ފުލުހުންގެ އާއްމު އޮޕަރޭޝަންތަކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އޮޕަރޭޝަންގެ ތެރޭގައި، ހުރަސްތަކާ ކުރިމަތިވި ނަމަވެސް ހިތްވަރާ އެކު މަސައްކަތުގައި ސާބިތުވެ ތިބުމަށް އޭނާ ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ހަަރަކާތްތެރިވާނެ އެވެ. އެގޮތުން، މާލޭގައި މިހާރު ވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ރަށްތަކުގައި އަމާންކަން ބެލެހެއްޓުމަށް އިތުރު ސަމާލުކަމެއް ދީގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުންގެ ވެބްސައިޓުގައި ބުންޏެވެ.
ބްލޫ ވޭވް އޮޕަރޭޝަން ފެށުމުގެ ރަސްމިއްޔާތުގައި، އެ އޮޕަރޭޝަންގެ ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހަމްދޫން ރަޝީދާއި ފުލުހުންގެ އިސްވެރިންގެ އިތުރުން ވީޑިއޯ ކޯލް މެދުވެރިކޮށް ޕޮލިސް ޑިވިޝަންތަކުގެ ކޮމާންޑަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
04 September 2018
މިތިއްބެވީ މިބޭފުޅުން، މުޅި މުއައްސަސާވަނީ ސިޔާސީވެފައި، ރާއްޖޭގައި މިހާތަނަށް އެއްވެސް ބަޔަކު އިންތިހާބަކަށް ނުރައްކަލެއް ނުކުރޭ، ރާއްޖޭގެ މަގުތަކުގައި މީހުން ކަތިލައި މާރާމާރީއާއި ވައްކަމާއި ފޭރުމާއި ހިންގާއިރު މުލި ފުލުހުންގެ މުއައްސަސާ ތައްޔާރުވަނީ 23 ސެޕްޓެމްބަރު އިންތިހާބަށް، މިފަދަ މުއައްސަސާއަކަށް ޓެކުސްގެ ފައިސާއިން ބޮޑު ބަޖެޓެއް ދީފައި ބޭއްވުމުގެ އެއްވެސް މާނައެއްނެއް
ކޮމާންޑަރުދޮނޭ
03 September 2018
މިހާރު ތިއޮއްފެށުނީތާ އޮޕަރޭޝަން ދިއްދޫންފެށިގެން އައްޑުއަށް މީހުން ހައްޔަރުކުރުން... ތިހެންކަން ތި ސްޕެޝަލް އޮޕަރޭޝަން ހިނގާނީ ދިވެހީންނަށް އެނގޭ!
ެރަގަޅު
03 September 2018
ކޮބާތަ ޕޮލިސް ކޮމިސަނަރ.. ޕޮލިސްކޮމިސަނަރކު ނެތި އިންތިހާބަކާ ހަމައައް މިދާޏި..މި ވަރައްސީރިއަސް ކަމެއް..ސަބަބަކީ އެކްޓިންކޮމިސަނަރ މަސަތްކަތް ކުރާގޮތާ މައްސޫލިއްޔަތު ތަފާތުވީމަ ސަރުކާރުން ބުނާމަގުން މަސައްކަތް ކުރުމައް ސަރުކާރައް ފަސޭހަވެދޭ ކޮމިސަނަރަކައްވުރެ އެކްޓިންކޮމިސަނަރަކު ހުރުމުން
މިދުވަސްހުސޭނު
03 September 2018
މިވަގުތުގެ ވެރިމީހާ މިހާރައްވުރެވެސް ބޮޑަށް ހިމާޔަތާ ރައްކާތެރިކަން ދޭންތޯ؟ ސަރުކާރާ އިދިކޮޅު އެންމެން އަނެއްކާ ސަލާމަތްވާނެބާ!
ރާ ކަނި މަސަް
03 September 2018
ދެން އަތްޖަހާ
އަސްތާ
03 September 2018
ތިއޮޕަރޭސަނުގައި ވޯޓުލުން ނުހުއްޓުވާތި، ވެރިމީހާއަށް ކިޔަމަންވުމަށޭ ކިތާފަ، ފުލުހުން ސިޔާސީވެފަ ކަމަށް ފެންނަނީ މާބޮޑަށް
ހަސަން
03 September 2018
2012 އިންފެށިގެން އަމިއްލަ ވެރިކަމެއް ގާއިމް ކޮއްގެން އުޅޭބަޔެއް. މިކަމަށްވެސް ނިމުމެއް އަންނާނެ.
ހައިވާނުބަގީޗާ
03 September 2018
ފޮޓޯ ފެނިފަ ހީވީ އ.ދގެ ޖެނެރަލް އެސެމްބުލީ ފެށިގެން އުޅެނީއޭ. ހެހެހެ.
ރަދީފް
03 September 2018
ލޮލް.
އިބަ
03 September 2018
ތިޔަ ފުލުސް ކުދިން ކޮޅިވެސް ތިބެނީ ސިޔާސިމިހުން ގެ އަޅުވެތިކަމުގަ.ރައޔިތުން ހަދާން ނައްތާލާފަ.ރޭގަނޑާދުވާލު މާރާމާރިހިންގާ ވަޅިއަލަމުން ދުވާއިރު ނުފެންނާނެ.މަރުވާއިރުވެސް އެކަންކުރާބަޔަކު ނުއެގެނެ.ނެންގި ނަމަވެސް ތަންކޮޅެއް ނެތިގެން ވެސް އެހެންތަނަކު ސައިކަލު ޕާކުކުރެވިއްޖެނަމަ ސްތކާޖަހަން އަވަސްއަރުވާލާތަން ފެނުނު.
މުހުސިނު
03 September 2018
ފުލުހުން ނަކިީ އިތުބާރު ކުރެވޭ ބަޔެެއް ނޫން.