އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ބައެއް މެމްބަރުން: ބޭރުގެ މީޑިއާތަކަށް ހުރަސް ނާޅާ ކަމަށް އެ ކޮމިޝަނުން ބުނޭ ---މިހާރު ފޮޓޯ/ ހުސެއިން ވަހީދު
13 ސެޕްޓެމްބަރ 2018 - 12:10
މި މަހު ބާއްވާ ރިޔާސީ އިންތިޚާބު މޮނީޓާ ކުރަން ބޭނުންވާ ބޭރުގެ ނޫސްވެރިންނަށް އެއްވެސް ހުރަހެއް ކުރިމަތި ކޮށްފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ބުނީ މި މަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިޚާބު މޮނީޓާ ކުރަން ބޭނުންވާ ބޭރުގެ ނޫސްވެރިންނަށް ސަރުކާރުން ހުރަސް އަޅާކަމުގެ ތުހުމަތު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރައްވާފައި ވަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ އިންތިޚާބު ކަވަރު ކުރާ ބޭރުގެ މީޑިއާތަކާއި ނޫސްވެރިންގެ ކަންކަމާ ބެހޭގޮތުން ހަގީގަތާ ޚިލާފް ވާހަކަތަކެއް ފަތުރަމުންދާ ކަމަށާއި އޭގެ ސަބަބުން އާންމުންނާއި ބޭޭރުގެ ފަރާތްތަކުގެ މެދުގައި އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށެވެ. އަދި އިންތިޚާބީ ގާނޫނުތަކާ އެއްގޮތަށް ބޭރުގެ މީޑިއާތަކަށް ވެސް އިންތިޚާބު ކަވަރު ކުރުމުގެ ފުރުސަތު އެ ކޮމިޝަނުން ކުރިން ހުޅުވާލާފައިވާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އިންތިޚާބު ކަވަރު ކުރުމަށް ހުޅުވާލުމުން ބޭރުގެ 37 ފަރާތަކުން އެކަމަށް ހުށަހެޅި އެވެ. އެކަމަކު ލިޔުންތައް ފުރިހަމަ ނުވާތީ 11 ފަރާތެއްގެ ހުށަހެޅުން ބަލައިގެންފައިނުވާ ކަމަށާއި އަދި މުއްދަތު ހަމަވި ފަހުން ހުށަހެޅި ހުށަހެޅުންތައް ވެސް ބަލައިގެންފައި ނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ބޭރުގެ ނޫސްވެރިންނަށް ވެސް ރާއްޖެ އާދެވޭނީ ރާއްޖޭގެ ގާނޫނުތަކާއި އުސޫލުތަކުގެ ދަށުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ވެފައިވާ ނަމަ، އިންތިޚާބު އޮބްޒާވް ކުރުމަށް ބޭރުގެ މީޑިއާތަކަށް ފުރުސަތު ދިނުމަށް މި ކޮމިޝަނުން މަސައްކަތް ކޮށްފައިވާނެ ކަމުގެ ޔަގީންކަން ދެން. އަދި އިންތިޚާބު ކަވަރު ކުރުމަށް ޝަރުތު ހަމަވާ ހުރިހާ މީޑިއާތަކަށް އެ ފުރުސަތު ދެވޭ ކަން ކަށަވަރު ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ގާނޫނީ އިޖްރާއާތުތަކެއް ފުރިހަމަ ކުރާނެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ގޮވާލާފައި ވަނީ އިންތިޚާބާ މެދު ރައްޔިތުންނާއި ބޭރުގެ ފަރާތްތަކުގެ މެދުގައި އިތުބާރު ގެއްލޭ ފަދަ މައުލޫމާތުތައް ނުފެތުރުމަށެވެ.
ރިޔާސީ އިންތިޚާބު ކަވަރުކުރާ ނޫސްވެރިން ރާއްޖެ އަންނަން ޖެހެނީ ބިޒްނަސް ވިސާ ނަގައިގެންނެވެ. ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވާން ލިބޭ މުއްދަތު 30 ދުވަހަށް އިތުރުކުރަން އިމިގްރޭޝަނުން މިހާރު ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
13 September 2018
އެމެރިކާގަ އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބުގަ އެގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތިހުރިހާ އެއްޗެއްވެސް ކިޔާހެދި. އިންތިޚާބަށް މަކަރު އެބަހަދައޭ، ރަޖިސްޓްރީ ނުކުރާ މީހުން ވޯޓު އެބަލައޭ. އޮބާމާއަށް އެހުރިހާ ކަމެއްވެސް އެނގިހުރެ އެކަމާ އެހާބޮޑަށް އަޅާނުލީ ޓްރަމްޕް އިލްޒާމް އަޅުވަފާނެތީ މަސްަލަހަތަށްޓަކާ. ޓްރަމްޕް އެހެރީ މަކަރު ހަދައިގެން ވެރިކަމުގަ. މާރިޔާމެންނަކީ އެފޮތުން ކިޔަވައިގެން ތިބި 2008 ގަވެސް އެގަނޑު ގަނެފަ ތިބި ބައެއް.
ޠަޔާޠީޞް
13 September 2018
ހުރަހެއްނާޅާނެ އޮންނަ އޮސޫލުން ވިސާނަގަން ނޫޅޭތީ ނާދެވެނީ. "އޮންނަ އުސޫލު" އެއީ އެއްވެސް މީހަކަށް އެނގޭނެ އެއްޗެއްނޫން.
ސާދާސީދާ
13 September 2018
ޖާނަލިސްޓުން ވިސާނަގަންޖެހޭގޮތް ހަދާފަ. އެމީހުން އެޕްލައި ކުރީމައި ޖަވާބުނުދީ ބާއްވަނީ! ވައްކަން ކިތަންމެ ކުރިއަސް ﷲ އަށް އޮޅުވައެއްް ނުލެވޭނެ!
ކޮތަރުގެ އަސަރު
13 September 2018
ބޭރު މީޑިއާތަކަށް ހުރަހެއް އިލެކްޝަންސްއިން ހުރަސްއަޅާ ވާހަކަ މީހަކު ނުވެސް ބުނެއެވެ. ބައްލަވާށެވެ. އަޅުގަނޑާއި މީހަކު ޚިޔާލު ތަފާތުވެ ވާހަކަދައްކަން ނުވަތަ ނޫސްވެރިޔަކު ސުވާލުކުރަން އައީމައި ދުވެގޮސް ގެއަށްވަދެފިނަމަ ގޭގައި ގާރޑަކަށް ހުންނަމީހާ އެހެން މީހަކަށް އަޅުގަނޑުގެ ގެއަށް އިޒުނަނެތި ވަނަކަ ނުދޭނެއެވެ. ދެންބުނަންވީ އެއީ ގާރޑު މީހާއަށް އަމިއްލައަށް ފެނިގެން އޭނާ ކުރިކަމެއް ކަމަށްތޯއެވެ. އިލެކްޝަންސްއިން ބުނަނީ ބޭނުން ބަޔަކު އަޔަސް މައްސަލައެއް ނެތްކަމަށެވެ. ނަމަވެސް އިމިގުރޭޝަންސްއިން މީހަކު އަޔަސް ނުވައްދައެވެ. ވިސާ ދޫނުކޮށް އެމީހަކު އަނބުރާ ފޮނުވާލައެވެ. ތިޔަހެން އިލެކްޝަންސްއިން ބުނުމުގެ ބަދަލުގައި އިމިގްރޭޝަންސް އަށް ސިޓީއަކުން އިންތިޚާބު އޮބުޒަރވްކުރަން އަންނަ ނޫސްވެރިންނާއި އަދި ޖަމީއާތަކަށް ހުރަސްނޭޅުމަށް ދަންނަވާއި އެވާހަކަ ނޫސް ކޮންފަރެންސް ބާއްވައި ބުނަންވީމައި އިލެކްޝަންސްއިން ސަރުކާރާއި ގުޅިގެން އަޑިން ކަންތައް ކުރަނީއެެވެ. ތިޔައީ އެންްމެންނަށް އެނގޭކަމަކެވެ.
ފޮނިކަލޯ
13 September 2018
ކަނޑައެޅިގެން ތި ޕެނަލްއިން ދޮގުހަދާކަން އޮތީ އެނގިފައި، ތީގެން ކޮންމެ މީހަކީ ޙައްޖަށާއި އެތައްމިތަނައް ގޮސް އައިސް ތިބި މީހުން ﷲ ގެ ކިބަފުޅައް ތިހަދަނީ ހުސް ދޮގު މަރު ނުވާނެ ކަމައްތަ ތި ހީކުރަނީ...؟
މުޙުއްމާ
13 September 2018
އިތުބާރު އޮތް ބައެއްގެ ތާ އިތުބާރު ގެއްލުވާލެވޭނީ. ތި އިލެކްޝަން ކަމިޝަނޭ ކިޔާ ޕީ.ޕީ.އެމް.ގެ ޖަގަހާއިގަ ނުތިބޭނެ މި ދުނިޔޭގަ އެކަކުވެސް އިތުބާރުކުރާ ބަޔަކު. ޚުދު ރައީސް ޔާމީނުވެސް އިތުބާރެއް ނުކުރައްވާނެ. އެގިވަޑައިގަންނަވާނެ ތިމެންނަ ބުނާހާގޮތަކަށް ކަންތައްކުރާ ބަޔަކު ރަގަޅު ލާރިކޮޅެއް ދިން މީހަކު ބުނާގޮތަށް ވެސް ހަދާފާނެކަން. ތި ދަޢުވަތު ދީގެން ގެންނަ 11 މީޑިއާއަށް ދޯ ހުއްދަދިނީ. މި މީހުން ހާވާހަޑީގެ ވާހަކަ ދައްކަފާނެ ހެން ހީވާ މީޑިއާއަކަށް ހުއްދައެއް ނުދޭނެ. ދުވަހަކުވެސް އެމީޑިއާތަކުގެ ޑޮކިއުމެންޓް ހަމަވާކަމަކަށް ނުވާނެ.
މުދިޝް
13 September 2018
ހުރަހެއް ނާޅާނެ. ތިކަން ދާނެގޮތް އަހަރެމެންނަށް އެނގޭ. ތިއީ އަހަރެމެން ވަރަށް ދަސް ކުޅިވަރެއް. ޝަރުޠު ފުރިހަމަވީ މީހުންނަށް އެއޮތީ ފުރުޞަތު ދީފަތާ. ޝަރުޠު ފުރިހަމަ ނުވީމަ ދެން ކީއްކުރާނީ.