ފެނަކައިން ބޭއްވި ހަފްލާއެއްގައި ލަމްއާން ވާހަކަފުޅު ދައްކަވަނީ-- މިހާރު ފައިލްފޮޓޯ
17 ސެޕްޓެމްބަރ 2018 - 15:41
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ލަމްއާން މިއަދު އައްޔަން ކޮށްފި އެވެ.
މާލެ ފިޔަވައި އެކި ރަށްރަށުގައި ކަރަންޓާއި ފެނުގެ ޚިދުމަތް ދޭ ކުންފުނީގެ މެނޭޖިން ޑިރެކްޓަކަށް ޕްރައިވެޓައިޒޭޝަން ބޯޑުން ލަމްއާން އައްޔަން ކުރިއިރު، އޭނާ މިހާތަނަށް ހުންނެވީ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. އަދި އެ މަގާމަށް ލަމްއާން ހަމަޖެއްސުމަށް ފަހު، މިދިޔަ މާޗް 29 އިން ފެށިގެން އޭނާ ހުންނެވީ ފެނަކައިގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ކަމުގަ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސް އަހުމަދު ޝަރީފެވެ.
ލަމްއާނަކީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ހިންގަވާ ސޮދަގާތު ފައުންޑޭޝަންގެ އިސް ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
joone
18 September 2018
ކަޑަ މީހެެއް... ތަނެއް ހަލާކު ކޮށްފި
އޮޅުވާލި
18 September 2018
އޮޅުވާލި ޓްވީޓްގެ މަތިން ހަދާންކޮށްދެން!
ދޮންފުތު
18 September 2018
ކަލޯ އެންމެ 5 ދުވަސް އޮތީ. އެންމެ 5 ދުވަހަށް ހަވާލުވެލި ވަޒީފާއެއްދޯ. ހެހެހެ
ޟަރާ
18 September 2018
ކަމަކު ނުދޭ ފަޒުލް ލާން ފެންނަނީ
ރަދީފް
17 September 2018
މަރުހަބާ މުހައްމަދު ލަމްއާން.ޒުވާނުން މިފަދަ މަގާމްތަކުގަ ތިބޭތަން ފެނުނީމަ ވަރަށް އުފާވޭ.ގުޑް ލަކް ބްރަދާ.ވ.ވެދުން
ބަންކޭލާ
17 September 2018
މަގާމު ލިބުނަސް ހުރެވޭނީ ނޮވެމްބަރ 17 އާ ހަމައަށް
ރަދީފް
17 September 2018
މާދަމާ ވާނެގޮތެއް ބުނަން ދަސްކުރީ ކޮން ކޮލެޖަކުން؟؟ ތިޔަފަދަ އިލްމެއް ލިބުނު ގޮތެއް މަަށަށް ވެސް ކިޔާދީބަލަ.ޕްލީޒް.ލަދު ކޮބާ؟؟؟ ވ.ވެދުން
އަލީ އަލީ
17 September 2018
ކޮންމެ ގޭބީސީ އަކުންވެސް ފިކްސްޑް ރޭޓެއްގައި ކަރަންޓާއި ފެން ލިބޭނެ ނިޒާމެއް ގާއިމްކޮއްދެއްވަން ވައުދުވެ ވަޑައިގަންނަވާ! ވޯޓް ޔަގީން ވާނެ!