ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް ޖައްސަން އަންނަ އިއްތިހާދު އެއާވޭސްގެ އޭ 380 މަތިންދާބޯޓު އަބޫދާބީން ނައްޓާލަނީ.
18 ސެޕްޓެމްބަރ 2018 - 12:11
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއަށް ޖައްސަން އަންނަ ފުރަތަމަ އެއާބަސް އޭ380 މަރުކާގެ ބޯޓު ޔޫއޭއީގެ އަބޫ ދާބީން ފުރައިފި އެވެ.
ޔޫއޭއީގެ ގައުމީ އެއާލައިން، އިއްތިހާދު އެއާވޭސްގެ މަތިންދާބޯޓު، ދިވެހި ޕައިލެޓަކާ އެކު، ފުރީ މިއަދު ހެނދުނު 10:28 ގަ އެވެ. އެ ބޯޓު ވީއައިއޭގެ އާ ރަންވޭއަށް ޖައްސާނެކަމަށް ލަފާކޮށްފައި ވަނީ 3:45 ގަ އެވެ.
ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ވެސް މި ފްލައިޓުން ރާއްޖެ އަންނާނެ އެވެ.
ރާއްޖެއަށް އަންނަ އިއްތިހާދު އެއާވޭސް އެއާބަސް އޭ 861- 380 މަރުކާގެ ބޯޓުގެ ބޭރުގައި ޖަހާފައި ވަނީ "އިޔާ އޮފް ޒައިޑް 2018" އެވެ. އެ ގޮތަށް ޖަހާފައި ވަނީ ޔޫއޭއީގެ ބާނީ ޝެއިޚް ޒައިދު ބިން ސުލްތާން އަލް ނަހުޔާން އުފަންވިތާ މި އަހަރު 100 އަހަރު ފުރޭތީ އެކަން ފާހަގަކުރުމަށެވެ.
އެ ބޯޓު ހުޅުލެއަށް ޖެއްސުމުގެ ކުރިން 1،000 ފޫޓަށް ތިރިކޮށް، މާލެ ވަށައި ބުރެއް ޖަހާނެ އެވެ.
Flightradar24.com - Live flight tracker!
View flight EY278 from Abu Dhabi to Male on Flightradar24
Flightradar24
ރާއްޖެއަށް އަންނަ އިއްތިހާދު އެއާވޭސް އެއާބަސް އޭ 861- 380ގެ ދަތުރު
މަތިންދާބޯޓު ޖެއްސުމަށް ފަހު ދެން އޮންނާނީ ޕެރަޝޫޓާ އެކު އެއާޕޯޓަށް ދިވެހި ސިފައިން ފުންމާލުމުގެ ހަރަކާތެކެވެ. އެ ހަރަކާތަށް ފަހު ހަ ސީޕްލޭން އެންމެ 200 ފޫޓު މަތިން މާލެ ވަށައި ބުރެއް ޖެހުން ވެސް އޮންނާނެ އެވެ. ސީޕްލޭންގެ ފްލައި ޕާސް ކުރިޔަށް ދާނީ ސިނަމާލެ ބްރިޖް ކައިރިންނެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި ރަންވޭ ހުޅުވުމުގެ ހަރަކާތްތައް ފެށޭނީ ފްލައި ޕާސް އަށް ފަހު 4:10 ގަ އެވެ. އެ ހަރަކާތް ކުރިޔަށް ދާނީ އެއާޕޯޓުގެ އުތުރު އޭޕްރަން ސަރަހައްދުގަ އެވެ.
މިއަދު އިފްތިތާހުކުރާ، އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
60 އަހަރު ފަހަތައް
18 September 2018
ދިވެހިންނަކީ ގަމާރު ބައެއްކަމަށް ދެކި، ރައީސް ޔާމީން މިއުޅުއްވަނީ މީގެ 1960 ގެ އަހަރުތަކުގަ ރާއްޖޭގެ ރައްޔިތުން އުޅުނު ގޮތަށް އުޅުވަންށެވެ. ބޮޑު ފްލައިޓް 1000 ފޫޓު ތިރިން މާލެވަށާ ބުރުޖަހަންފެށީމަ ދެން ރައްޔިތުން ނިކުންނަންވިއްޔޯ ދެލޯ މުދުނަށް އަރުވައި ކަރުމައްޗަށް ޖަހައި، އަނގަ ތަންމިނަށް ހުޅުވައިގެން އެއޮއްދަނީ ބޮޑުބޯޓޭ ގޮވަމުން! މިއަށް ތަރައްޤީއޭ ކިޔޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ އެވެ.
އަލީ އަލީ
18 September 2018
ޔާމީނު އިންތިހާބު ދަމާއިގަންފި! ވަރަށް ގަދަމީހެއް ޔާމީމަނީ!
ހަމަ ބުނެލީ_
18 September 2018
1000 ފޫޓަށް ބޯޓު ތިރިކުރާ ގަޑީގައި އޭގެ ކައިރިން ޑްރޯން އުދުއްސުން އެއީ ވަރަށް ނުރައްކާތެރި ކަމެއް.
ޢަބްދުﷲނާފިޒް
18 September 2018
މިއަދު އިފްތިތާހުކުރާ، އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. މިއަދު އިފްތިތާޙކުރީމަ ނިމުނީ، ދެން ތިތަނަށް ބޯޓެއް ޖައްސާނެ ދުވަހެއް ނޭގެ، މިހެން މިބުނީ އަލަށް ހެދި ރަންވޭއަށް ބޯޓެއް ޖައްސާ ކޮންމެ ފަހަރަކު ޓީއެމްއޭ އޮޕަރޭޝަން ހުއްޓާލާފަ އެތަންހުސްކޮށް އެތަން ދޫކޮށްފަ އެތަނުގަ ތިބި ހުރިހާމީހުން އެހެން ސަރަހައްދަކަށް ދާން ޖެހޭތީވެ، ހަމަ ބުރިޖު ހުޅުވިހެން ތިކަންވެސް ތިކުރަނީ ރިބަން ކަނޑާލަން، ޓޯލްގޭޓެއްވެސް ނެތް
ޓީއެމްއޭ
18 September 2018
ބަލަ އެކަން އެގޮތައް ކުރަންޖެހެނީ ޓީއެމްއޭ ގެ އާހެންގަރުގެ މަސަތްކަތް ކޮއްނުނިމި ހެންގަރުބަދަލުނުކުރެވޭތީއޭ. އެމަސަތްކަތްއެމީހުންނިންމުމުން އެމައްސަލައެއް ނާންނާނެ. ދެން އަޅާނީޓެސް ފްލައިޓް. މިކަންނިންމާ ފައިނަލް ހުއްދަޔައް ދުވަސްކޮޅެއްނަގާނެ. މީ ކަނޑުދޯންޔެއް އަލައްހެދި ބަނދަރަކައް ވެއްދުމައްވުރެ ގަވާއިދުތަކަކާޓެސްޓް ތަކެއް އެކުވެ ހުރިކަމެއް. ދިވެހިންގެ ވިސްނުން ދޯ.
ތަރަބެ
18 September 2018
ޓީއެމްއޭ.. އަދި އެއްފަހަރު ކޮމެންޓު ކިޔާބަ އޭނަބުނެފަ އޮތީ ނުނިމޭވާހަކަ. ކަލޭވެސްބުނީ ނުނިމޭވާހަކަ.
މީވީގޮތޭ
18 September 2018
ހޭނާރާ ޖަހަނީ މަރުފަލިތާ ބޮނޑި ބޯން!
ފާތީ
18 September 2018
ތާރުގަނޑަށް ކޮންސަލްޓޭންސީ ދިނީވެސް ޔޫރަޕް މީހުން. ދެން އަވަހަށް މި ކޮމެންޓް ޑިސްލައިކް ކޮށްލާ. ގަމާރުން.
ދދދދދ
18 September 2018
ތީ ޔޫރަޕްގެ އަޅެއްތަ؟
ޥޮށުފިލާ
18 September 2018
ފާތީ ތިޔައީ ގަމާރެއް ދޯ
އީޔޫ
18 September 2018
ސިންގަޕޫރު އެއީޔޫރަޕްތަ؟
އީޔޫ
18 September 2018
އޭ380 އަކީ އީޔޫ ގެ އުފެއްދުމެއް!
ދަތިކުރި
18 September 2018
ދެން ކޮބާ އީޔޫއިން އެޅި ފިޔަވަޅަކީ.
ާއޭތްރީއެއިޓީ
18 September 2018
މިބޯޓު ގެ ޕްރޮޑަކްޝަން ލައިން ގަ އުޅޭ ޗައިނާގެ ބައެއްވެސް. އެމެރިކާވެސް. މައިކުންފުންޔަކީ ފްރާންގެ ކުންފުންޔެއް، ފްލައިޓް އޮރިޖިން އަކީ މަލްޓިނޭޝަނަލް.