ޚަބަރު / ކުޅުދުއްފުށި އެއާޕޯޓް

ކުޅުދުއްފުށި: ޗާޓާ ފްލައިޓްތަކަށް ތައްޔާރު، ޝެޑިއުލް ދަތުރުތައް ވަރަށް އަވަހަށް!

ކުޅުދުއްފުށީ އެއާޕޯޓަށް މިއަދު ޖެއްސި ޓެސްޓު ފްލައިޓްގައި ވަޑައިގެންނެވި މިނިސްޓަރު ޒަމީރަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: މިހާރު

ހދ. ކުޅުދުއްފުށިން،  އަހުމަދު ސާއިލް އަލީ، މިހާރު

19 ސެޕްޓެމްބަރ 2018 - 18:18

19 comments

ހދ. ކުޅުދުއްފުށީ ޑޮމެސްޓިކް އެއާޕޯޓަށް މާދަމާއިން ފެށިގެން ވެސް ޗާޓާ ފްލައިޓް ދަތުރުތައް ކުރެވޭނެ ކަމަށާއި އަދި ވަރަށް އަވަހަށް ޝެޑިއުލް ދަތުރުތައް ވެސް ފަށާނެ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓުގައި ޖެއްސި ޓެސްޓް ފްލައިޓުން އެ ރަށަށް ވަޑައިގެން އެއާޕޯޓް ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުންނާ މުހާތަބު ކުރައްވައި، ސިވިލް އޭވިއޭޝަން އޮތޯރިޓީ ހިންގަވާ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ވައުދެއް ކަމަށްވާ ކުޅުދުއްފުށީ އެއާޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައި އެއާޕޯޓް ބޭނުންކުރަން ފެށުމަކީ ބޮޑު އުފަލެއް ކަމަށެވެ.

"މި އެއާޕޯޓް ހަގީގަތަކަށް ހެއްދެވީ ރައީސް ޔާމީން. އެމަނިކުފާނު އެކަން ކުރެއްވީ އިދިކޮޅު މީހުން އެކަން ކޮށްގެން ނުވާނެ ކަމަށް ބުނެފައި ވަނިކޮށް،" އެއްވެ ތިބި ގިނަ އަދަދެއްގެ މީހުންނާ ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވި އެވެ.

kulhudhuffushi airport ah test flight jassaifi

kulhudhuffushi airport ah test flight jassaifi

The most trusted news source in the Maldives

Mihaaru

ކުޅުދުއްފުށީގައި ޓެސްޓް ފްލައިޓް ޖެއްސުން---

ރައީސް ޔާމީން ވަރަށް އަވަހަށް މި ރަށަށް ވަޑައިގެން އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓުގައި މިއަދު ޓެސްޓް ފްލައިޓް ޖެއްސިއިރު މިހާތަނަށް ނިމިފައިވަނީ ރަންވޭގެ މަސައްކަތް އެކަންޏެވެ. ޓާމިނަލާއި ޓަވަރުގެ އިތުރުން ސެކިއުރިޓީ ޕޯސްޓް ފަދަ އިމާރާތްތައް އަދި ހަދައި ނުނިމެ އެވެ. އަދި އޮތީ ހުސް ބިމެކެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ މާދަމާއިން ފެށިގެން ޗާޓާ ފްލައިޓްތައް މި އެއާޕޯޓަށް ޖެއްސޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ސިވިލް އޭވިއޭޝަނުން މައުލޫމާތު ދެ އެވެ. ރިޔާސީ އިންތިހާބާ ދިމާކޮށް މި މަހުގެ 22 ވަނަ ދުވަހާއި 23 ވަނަ ދުވަހު މާލެއިން ޗާޓާ ފްލައިޓްތައް މިރަށަށް އައުމަށް ވަނީ ނިންމައިފަ އެވެ.

ކުޅީގެ ބޮޑުބައެއް ހިއްކައިގެން މި ރަށުގައި އެއާޕޯޓް އެޅުމުގެ މަސައްކަތަކީ ވަރަށް ބުރަ ކަމެއް ކަމަށް ޒަމީރު ވިދާޅުވި އެވެ. އެގޮތުން މި ރަށުގައި އެއާޕޯޓެއް އޮތުން މުހިންމު ނޫން ކަމަށް ވާހަކަ ދެއްކެވި ބޭފުޅުންނާއި މަދު ރައްޔިތުންގެ ފަރާތުން ހުރަސްތައް ކުރިމަތިވި ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ގޮންޖެހުންތަކާއެކު ވެސް އަޅުގަނޑުމެންނަށް މި އެއާޕޯޓްގެ މަސައްކަތް ނިންމާލެވުނީ ރައީސް ޔާމީންގެ ވަރަށް ބުރަ މަސައްކަތުން. އަދި މި ރަށު ރައްޔިތުން ދެއްވި ބޮޑު އެއްބާރުލުމަކާ އެކު،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މި ރަށުގައި އެއާޕޯޓް އެޅުމަށް 30 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބައެއް ކުންފުނިތަކުން ބުނެފައިވަނިކޮށް އެމްޓީސީސީން އެ މަސައްކަތް ކޮށްދީފައި ވަނީ 10 މިލިއަން ޑޮލަރުގެ އަގަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓުން ބަންޑާރަ ނައިބް މުހައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމުގެ އިތުރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަޑައިގެންނެވި އެވެ.

އެއާޕޯޓް ސަރަހައްދުގައި ހުންނަވައި ނިހާން މިއަދު ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުން ފިޔަވާ ދެން އެންމެ އުފާވި މީހަކީ އޭނާ ކަމަށެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ދޭން އެދޭނީ ފްލައިޓުގައި މި ރަށަށް ވަޑައިގަތުމަށް ފަހުގައި ކަމަށް ނިހާން ވަނީ ކުރިން ވިދާޅުވެފަ އެވެ.

ނިހާން ވިދާޅުވީ ހަގީގީ ތަރައްގީއަކީ މިއީ ކަމަށެވެ. ރައްޔިތުން ބޭނުން ވަނީ މިފަދަ ތަރައްގީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިރަށު ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ ފާޑުކީ ފަރާތްތަކުން އެކަން ކުރީ ޕްރޮޖެކްޓް ހުއްޓުވަންކަން ފާހަގަ ކުރައްވައި އޭނާ ފާޑު ވިދާޅުވި އެވެ.

19 ކޮމެންޓް, 162 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރޭމިތުރާ

20 September 2018

އެއާޕޯޓާއި ތަރައްގީ ވަރަށްވެސް ތަފާތު ދެކަމެއް! އެއާޕޯޓެއް އޮތަސް ތަރައްގީނެތިއްޔާ ވަނީކޮންކަމެއް!

The name is already taken The name is available. Register?

ބޮޑުތީލަދުންމަތި

20 September 2018

ކިހާ ދެރަކަމެއް. މީވާ ގަމާރު ބައެއް ދިރިއުޅޭ ރަށެއް. ހަމަ ހެސްކިޔާފަ އަތް ޖަހަންވީ. އަތް ފޫދަންދެން އަތް ޖަހަންވީ. އަހަރެމެން ބޭނުނަވަނީ ތިކަހަލަ އެއަރޕޯޓެއްތަ. ވެރިކަމުގެ ދެއަހަރު ތެރޭ ހަދާ ނިންމަން ބުނި އެއަރޕޯޓް ތިއޮތީ. ރަށުގެ ބޮޑު ބައެއް ހަލާކު ކޮށްލުމަށްފަހު ކުރަން އެނގުން ކަމަކީ ތި. ރަށުގެ އިރުމަތި ފަރާތުގައިވެސް ހެދެން އޮތް ތަނެއްތި. ދެން ތިބޭ. ބޯން އުޅުން ބޮނޑި ބޮއިފަ ތިތިބީ.

The name is already taken The name is available. Register?

ފަރީސް

20 September 2018

ތާރުކޮޅު އަޅާފަ ބޯޓް ޖެއްސޭގޮތް ހެދީމަ އެއަރޕޯޓެކޭ ކިޔާނެތަ؟ ގަމާރަސް މިވަރެއް ނުދެކެން. 5 އަހަރު ވާން ކައިރިވީމަ ތިމާވި ވައުދުގެމަތިން މިހަދާންވީ ކުޅުދުއްފުށީގަ ތިބި ގަމާރު މީހުން ގަބޫލް ކޮށްފާނެ ތީ އެއްޕޯޓެއް ކަމަށް އެހެންބަޔަކު ގަބޫލެއްނުކުރާނެ. ޗާޓަރު ފްލައިޓް ތީ ޕީޕީއެމް އިން ވޯޓްލާން ގެންދާމީހުން ލަގެޖް ވެސް ކްލިޔަރ ކުރަނީ ރަންވޭމަތީގަ ދެއްތޯ ޒަމީރު. ހައްހައް ދުނިޔޭގެ ހެނދުނު އެންމެ މޮޅު އެއަރޕޯޓް ތީ ދޯ؟ ފެއިލްވެފަ ތިބި ބަޔެއް.

The name is already taken The name is available. Register?

އާނަ

20 September 2018

ކުޅުދުއްށްފުށީ އެއަރޕޯޓް ވަރަށްފައްކަލޭ. ތާރަކޮޅެއް އެޅިޔަސް އެއޮތީ ބޯޓްޖައްސާފަ. ހެވެންނު ޓަރމިނަރލެއް އެކައްޗެއް ނެތަސް، ސެކިއުރިޓީ ޗެކިންގ ހަދާޏީ ކުޅުދުށްފުށީ އެމް.ޕީ.އޭ ސަރަހައްދުގައި ފުރާނީ އެއަރޕޯޓުން. މިހާރު ހުޅުމާލެއަށްވެސް ޖެއްސޭނެދޯ މިވަރުގެ ބޯޓުތައް، ބްރިޖްގަވެސް ޖެއްސޭނެހެން ހީވޭ

The name is already taken The name is available. Register?

ހެޕީ

20 September 2018

ޝުކުރިއްޔާ ރައީސް!

The name is already taken The name is available. Register?

ކަމިޖަސް

20 September 2018

އެންޑީޕީ މީހުންނަކީ ގޮތް ކުޑަ ހަރާން ކޯރު ބަޔެއް.. ތާރު އެޅީމާ ބުނާނީ ދެން ކޮބާ މުދި، ދެން މުދި ގެންދިޔާމާ ބުނާނީ މުދި މާ ބޮޑޭ... ދެން މުދި ކުޑަ ކުރީމާ ބުނާނެ އަދި ނެތެއްނޫންހޭ މުދި ލާނެ އެއްޗެއް.. ދެން މުދި ލާނެ އެއްޗެއް ދިނީމާ ބުނާނީ ތިޔާ މުދި ލާނީ ކާކުކޭ.... ޚުލާސާއަކީ ކޮންމެ ކަމެއް ނިމޭއިރަށް އޭގެން އުނި ދައްކަން އެކަން ފުރިހަމަ ނުވާކަން ނުވަތަ ނުބައިކަން ދައްކާ ތަސައްވަރު ހަޑި ކުރުން.. މިއީ ހަސަދަ.. ސޮރީ.. މީ ހަޤީޤަތް

The name is already taken The name is available. Register?

އަށްޑޫ މީހާ

19 September 2018

ތިޔަހެން އެއަރޕޯޓް ނާޅާދިނިއްޔާ މާރަންގަޅު. އެގޭ ޑިސްލައިކް ގިނަވާނެކަންވެސް. އެކަމްވެސް ބުނެލަން އޮތީ ވަކި ސިޔާސީ މަގުސަދަކަށް މިހެން އަޅާ އެއަރޕޯޓް އެޅުމަށްވުރެން މާ ރަންގަޅޭ ރަނގަޅު ފެންވަރުގައި ހަމަޖެހިލައިގެން އެއްރޕޯރޓެއް އަޅައިދިނުން. މިގެއިން ގެއްލުންވާނީ ހަމަ އަހަރުމެން ރައްޔިތުންނަށް ވަކި ބަޔަކަށް ވާނީ ފައިދާ އެއީ ތިޔަ ތާރަގަނޑު އަޅާދިން މީހުންނަށް އެކަނި. ހަރަދު ކުރާއިރު ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރުނުކުރުމަށް ގޮވާލަން.

The name is already taken The name is available. Register?

ޙުސެން

20 September 2018

ކިހާ ވަރަކަށް ބަލާފަ ބާއޭ މަހިތަށް އަރާ މިޒާތުގެ ގަބުޅި ވާހަކަ ދައްކަނީ. އެއަރޕޯޓަކީ އަބަދު މަރާމާތު ކުރަންޖެހޭނެ ތަންތަން. އަބަދު އިންސްޕެކްޓް ކުރަންޖެހޭނެ ތަންތަން. ދެން ހަމަ ކޮންސަލްޓަންޓް ހެދިގެން ބޭކާރު ވާހަކަ ނުދައްކަބަލަ.

The name is already taken The name is available. Register?

ބަރުޖޯރާ

19 September 2018

ކޮންމެ ވެރިކަމެއްގައިވެސް ރާއްޖޭގައި ޕްރޮޖެކްޓްތައް ލައްގަނީ ހަމަ ލައްގާ އެއް ހުރާތަކަކަށް. ވަކިވަކިން ދަންނަވާލާނަން: އެއީ ހ.ދ ކުޅުދުއްފުށި ހ.އ ދިއްދޫ ރ. މީދޫ ރ. އުނގޫފާރު ބ. އޭދަފުށި ކ. މާލެ ކ. ހުޅުމާލެ . ކ. ވިލިމާލެ ލ. ގަން. ޏ. ފުވައްމުލަކު. ސ. އަތޮޅު. އަހަރެމެން މިއުޅެނީ އަރާފައިބާނެ ރަނގަޅު ފަޅުގަނޑެއްވެސް ހަދާނުދީގެން. އެކަމަކު ޓެކްސް ދައްކަންޖެހޭ. ކޮބާ އިންސާފު!

The name is already taken The name is available. Register?

ޝަރިކަތީ

20 September 2018

ތިޔާ ހަމަ ތެދެއް! މަށަކީ ކުޅުދުއްފުށި މީހެއްމެ މިހެން ބުނާ އިރު. އެހެން ރަށްރަށު މީހުން އުޅޭ ހާލާ މެދު ވަރަށް ދެރަވޭ ހަގީގަތުގަ.

The name is already taken The name is available. Register?

މުރާސިލު

19 September 2018

ވޯޓު ހޯދުމަށް ކަންކަން ކުރެވޭކަމަށް ދައްކަންވެގެން އަވަސް އަރުވާލައިގެން ކުރާ ކަންކަމުގެ ގެއްލުންވާނީ ހަމަ ރައްޔިތުންނަށެވެ. މިހާރު ތިހުޅުވާ ތަންތަނުގެ މަސައްކަތުގެ ފެންބަރުވެސް ބެލިފައި ހުންނާނެހެނެެއް ހިއެއްނުވެއެވެ. އަދި އެތަންތަނުގައި ނުނިމި އެތައް ކަމެއް ހުންނާނެކަމަށްވެސް ފެނެއެވެ. ހުޅުވާ ބޭނުންކުރަން ފެށުމަށްފަހު، ފަހުން ކުރަން ބަހައްޓާ ކަންކަން ހުންނާނީ ކިތައްމެ ދުވަހެއްވިއަސް ނުކުރެވިއެވެ.

The name is already taken The name is available. Register?

ކުރަފި

19 September 2018

ރޮނގަކަށް ތާރުކޮޅެއްއެޅީމަ އެއާޕޯޓަކަށް ވަންޏާ ތިއޮތީ ބޭކާރު ކަމެއް ކޮއްފަ، ފުރަތަމަވެސް ބޮޑުމަގަށް ބޯޓު ޖައްސާލިނަމަ ނިމުނީސް ތިކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454