މައުމޫނާއި ފާރިސް: އެ ދެ ބޭފުޅުންނަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކޮށް، ބަންދުން މިނިވަން ކުރަން އެދި ހައި ކޯޓަށް ވަނީ ހުށަހަޅާފައި --- މިހާރު ފޮޓޯ/ހުސެއިން ވަހީދު
24 ސެޕްޓެމްބަރ 2018 - 13:53
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވަގުތުން ބަންދުން މިނިވަން ކޮށްދޭން އެދި އެ ދެބޭފުޅުންގެ ވަކީލުން ހައި ކޯޓަށް މިއަދު ހުށަހަޅުއްވައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރި މައުމޫންގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސްގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ފާރިސް އަށް އިއްވި ޖަލު ހުކުމް އިސްތިއުނާފަށް ކުރިން ހުށަހަޅާފައި ވާއިރު، މައުމޫންގެ މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ވެސް ވަކީލުން ގެންދަނީ ކުރަމުންނެވެ.
އެ ދެބޭފުޅުންގެ ވަކީލުން މިއަދު ހައި ކޯޓަށް ހުށަހެޅުއްވީ އެ ދެ މައްސަލައިގެ އިސްތިއުނާފް ނިމެންދެން، އެ ދެ ބޭފުޅުންގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް، ބަންދުން މިނިވަން ކުރުމުގެ އަމުރެއް ނެރެ ދިނުމަށެވެ.
ހައި ކޯޓުގެ ގަވާއިދު ބުނާގޮތުން ބަންދުގައިވާ މީހެއްގެ މައްސަލައިގެ އިސްތިއުނާފް އެ ކޯޓުގައި ހިނގަމުންދާ މުއްދަތުގައި، އެ މައްސަލައެއް އެ ކޯޓުން ނިމެންދެން ވަގުތީ ގޮތުން އެ މީހަކު ބަންދުން މިނިވަން ކުރުމުގެ ބާރު ހައި ކޯޓަށް އޮންނާނެ އެވެ.
މައުމޫނާއި ފާރިސްގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް އުފުލައި، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް ވެސް ބަންދުން މިނިވަން ކުރަން ވަކީލުން މިއަދު ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.
މައުމޫނާއި ފާރިސް އާއި ނަދީމްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާއެއް އުފުލައިފަ އެވެ. އެ މައްސަލަ ދަށު ކޯޓުން އަދި ނުނިމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދުވެރިޔާ
24 September 2018
ކޮބާތަ ތިބުނާއަނިޔާއަކީ ބަގާވާތަކުން ރައިސް ޔާމިން މިޤައުމު ސަލަމައްކުރީމަތަ.
ސަކީނާ
24 September 2018
މައުމޫނުގެ ޕާޓީ މައުމޫނަށްދީ.
ގާދިރު
24 September 2018
އެއީ ޑީއާރްޕީދޯ؟
ކޮބާ..ކޮބާ
24 September 2018
ގެއާ ހަމައަށް ވަޑައިގެންނެވުމާއެކު، ކޯފީ އަންނާނު މެންނާ ގުޅައިގެން ނަމަވެސް، ފާރިސް ހޯދަން މަޖިލިސް ތެރެއިން ބަޣާވާ އަށް ވެރިކަންތް ކުރާނެ...
މިލިޓަރީ
24 September 2018
މައުމޫންގެ އަމިލްލަ އެދުމަހެދި ޔާމިން ނޮހޮވުނީ.
މަންޑޭލާ
24 September 2018
މައުމޫނަކަ ތައީދެނުކުރަނަން ދެނެ.
ޝޮކްތެރަޕީ
24 September 2018
މައުމޫނަކަ ދެން ޕީޕިއެމްގެ މީހުންގެ ސަޕޯޓެއް ނުލިވޭނެ. ޔާމިން ފޭލްވީ އަދީބުގެ ސަބަބުންނާ މައުމޫންގެ ސަބަބުން. ދެންމިއުޅޭ އަދުރޭމެންގެ ސަބަބުން.
އީނާޝް
24 September 2018
ޒައީމް މައުމޫން ހިމެނޭގޮތަށް ހައްޔަރުގައިތިބި ހުރިހާ ސިޔާސީ ވެރިން ވަގުތުން ދޫކޮށްލަންޖެހޭ. އެމަނިކްފާނުގެ އިސްލާހީ މަސައްކަތްޕުޅަށް ނަސްރުލިބިއްޖެ!!
ވަހީދު
24 September 2018
ރަނގަޅު. މިހާރު އެނގޭނެ ރައީސްގެ ނުފޫޒެއް ޤާޒީންގެ މައްޗަށް އޮތިއްޔާ.
ނައީމާ
24 September 2018
ٱلْـحَـمْـدُ للهِ އަނިޔާވެރިކަމަށް ނިމުމެއް އަތުވެއްޖެ. ކޯޓުތަކުން ނުފޫޒުން އެއްކިބާވެ ހައްގުގެ ދިފާއުގައި ނިންމުންތަށް ނިންމާނެކަމަށް އުންމީދުކުރަން
ހާޖަރާ
24 September 2018
އަދި ދުވަސްކޮޅަކު މަޑުކޮށްލާ. ތިހުރިހާ ކަމެއްވެސް ހަމަޔަކަށް އެޅިދާނެ.