ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ނިއު ބަލިކޮށް ޓީސީ ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި

ޓީސީގެ މުހައްމަދު ސާމިރު (ކ) ގޯލަށް ޝޮޓެއް ފޮނުވާލާއިރު ނިއުގެ އާމިރު ގުރުބާނީ ހުއްޓުވަން މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ވާދަވެރި ނިއު ރޭޑިއަންޓް 1-0 އިން ބަލިކޮށް، ޖެހިޖެހިގެން ނުވަ މެޗުން އެ ޓީމުން އަތުން ބަލިވި ބަލިވުމުގެ ސިލްސިލާ އަށް ނިމުން ގެނެސް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޓީސީ ސްޕޯޓްސް އިން ފަސް ޕޮއިންޓުގެ ލީޑެއް މިއަދު ހަވީރު ނަގައިފި އެވެ.

ފަސް މެޗުން މޮޅުވެ ޓީސީ އެއް ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ފަސް މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ އެއް މެޗު އެއްވަރުވެ ތިން މޮޅާ އެކު ނިއު ދެ ވަނައިގައި އޮތީ 10 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން އަދި ލީގުގެ ފޭވަރިޓުގެ ގޮތުގައި އޮތް ނިއު އަތުން މޮޅުވުމަކީ ޗެމްޕިއަންކަން ހޯދަން ޓީސީން ކުރަމުން އަންނަ މަސައްކަތުގައި ކުރިއަށް އެޅި މުހިއްމު ފިޔަވަޅެކެވެ.

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ހިމެނޭ މި ދެ ޓީމުން، ދެ މަހެއްހާ ދުވަހުގެ ބްރޭކަކަށް ފަހު އައިސް ވެސް ވަނީ މިއަދު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ނިއު އަށް މި ދެ ސީޒަނުގައި ތަށިތައް ކާމިޔާބުކޮށްދިން އޮސްކާ ބްރުޒޮން ޓީމު ދޫކޮށް ދިއުމުން ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ސޮބާހް މުހައްމަދު ހަވާލުވެ ނިއު ކުޅުނު ރަސްމީ ފުރަތަމަ މެޗުގައި ފެނުނީ ނަސީބު ދެރަކޮށެވެ. ގިނަ ފުރުސަތުތަކެއް އެ ޓީމުގެ އަތުން ބޭކާރުވި އެވެ. ކެޕްޓަން އަކްރަމް އަބްދުލްގަނީ އާއި ގޯލްކީޕަރު އިމްރާން މުހައްމަދާއި ނެތި ނިއު ކުޅުނުއިރު ހަމްޒާ މުހައްމަދު (ހަމްޕު) އެރީ ފަހުކޮޅެވެ.

ޓީސީގެ ހަމައެކަނި ގޯލް އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބުކުރިއިރު، އެ ޓީމަށް ވެސް ލީޑު ފުޅާކުރާނެ އިތުރު ފުރުސަތުތަކެއް ލިބުނެވެ. މިދިޔަ އަހަރާއި މި އަހަރު ނިއުގެ ކެޕްޓަންކަންކޮށް ސީޒަނުގެ މެދުތެރެއިން ޓީސީއާ ގުޅުނު އަލީ އަޝްފާގް (ދަގަނޑޭ) އެ ޓީމުގެ ޖާޒީގައި ނިއުއާ ދެކޮޅަށް ކުޅެން ފަހު ހާފުގައި އެރިއިރު އޭނާ އަށް ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ.

ސައްޓު (ކ) ނިއު ގޯލަށް ގޯލް ޖަހަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފުގައި މެޗުގެ ކޮންޓްރޯލް އޮތީ ޓީސީގެ އަތުގަ އެވެ. އެ ޓީމުން ތިން ވަނަ މިނެޓުގައި ނިއު އަށް ނުރައްކާ ކުރަން ފެށި އެވެ. ނިއުގެ އޮފްސައިޑް މަޅިން ނެއްޓި ސައްޓު އެކަނިމާއެކަނި އަރައި ބޯޅަ ޖަހަޖަހާ އޮއްވާ ނިއުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އެ ބޯޅަ ސާފުކުރި އެވެ. އެ ބޯޅަ އަހުމަދު ރިލްވާން (ބެން) އަށް ލިބި ހުސްކޮށް އޮތް ގޯލުގެ ތެރެއަށް އަމާޒުކޮށް ފޮނުވާލިު ނަމަވެސް ނިއުގެ އިމްރާން ނަޝީދު ބްލޮކްކުރި އެވެ.

އޭގެ ފަހުން ނިއު އަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އަލީ ފާސިރު (ސެންޓޭ) އަށް އޭރިއާ ބޭރުން ޓީސީގެ ޑިފެންޑަރު އަލާ ނާސިރު ވައްޓާލުމުން ލިބުނު ހިލޭ ޖެހުން މުހައްމަދު އުމެއިރު ފޮނުވާލުމުން ޖެހުނީ ދަނޑީގަ އެވެ. އެ ބޯޅަ ގޯލްކުރީ ހުހަށް ހުރި އަތުހިޔޭ ކިޕްސަން އަށް ދެން ލިބި ޖެހުމުން ޓީސީގެ ގޯލްކީޕަރު ނޭޕާލުގެ ކިރަން ކުމާރު ޕަންޗުކުރި އެވެ. ދެ ވަނަ ފަހަރަށް ކިޕްސަން ޖެހުމުން ވެސް ހުރަހަކަށްވީ މެޗުގެ މޮޅު ކުޅުންތެރިޔާ ކިރަން އެވެ.

ދެން ފެނިގެން ދިޔައީ އަނެއްކާ ވެސް ޓީސީގެ ދެ ހަމަލާއެކެވެ. އެކަމަކު ނަޝާތު އަހުމަދާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް ގޯލް ކުރިމަތިން ހުހަށް ލިބެން ދިޔަ ދެ ބޯޅަ ވެސް ނިއުގެ ހިޝާމް ސަލީމް (ކޮކީ) އާއި އަހުމަދު އަބްދުﷲ (ލިލީ) ވަނީ ސާފުކޮށްލައިފަ އެވެ.

އޭގެ ފަހުން އަނެއްކާ ވެސް ފުރުސަތު ލިބިގެން ދިޔައީ ނިއު އަށެވެ. އެގޮތުން 31 ވަނަ މިނެޓުގައި މުހައްމަދު ރަޝީދު (ހޮކޭ) ދިން ބޯޅަ އޭރިއާ ތެރެއިން ސެންޓޭ ބޮލުން ޖައްސާލީ އޭރިއާ ބޭރުގައި ހުރި އާމިރު ގުރުބާނީ އަށެވެ. އޭނާ ފަޔަށް ހެޔޮވަރުކޮށްލާފައި ގޯލުގެ ކަނަށް ފޮނުވާލި ބާރު ބޯޅަ ޓީސީ ކީޕަރު ކިރަން ހުށިޔާރުކަމާ އެކު މަތަކުރި އެވެ. އޭގެ ފަސް މިނެޓު ފަހުން ގުރުބާނީ އުފެއްދި ކައުންޓާ އެޓޭކެއްގައި ކިޕްސަނަށް މުޅިން ހުސްކޮށްލާފައި ދިން ބޯޅަ ޖަހަން ނުޖަހަން ހުއްޓާ ޓީސީ ޑިފެންޑަރު ދަމައިގަތެވެ.

ޓީސީ އަށް ދެން ލިބުނު ހަނި ފުރުސަތުގައި އެ ޓީމުން ލީޑު ނެގި އެވެ. އޭރިއާ ތެރެއިން ސައްޓު އަށް ލިބުނު ބޯޅަ އޭނާ ގޯލުގެ ދުރު ކަނަށް ޖަހާނެ ކަމަށް ލަފާކޮށްގެން ތިއްބާ ހަނި އޭންގަލުން ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. އެކަމަކު ހާފުގެ ފަހު މިނެޓުގައި ނިއު އަށް އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ސެންޓޭ ހުރަސްކުރި ބޯޅަ ގޯލް ކުރިމަތިން ކިޕްސަން އަށް ބޭނުން ގޮތަށް ޖަހަން ލިބުނު ނަމަވެސް އޭނާ ކޮންޓްރޯލްކުރަން ޖައްސާލުމުން ދިޔައީ ބައިކޮޅަށެވެ.

ޓީސީގެ ދަގަނޑޭ (ވ) ހުއްޓުވަން ނިއުގެ އިމްރާން މަސައްކަތްކުރަނީ: އާއްމުކޮށް މެދަށް ކުޅޭ އިމްރާން މިއަދު ކުޅުނީ ސެންޓްރަލް ޑިފެންޑަރަކަށް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފުގެ 64 ވަނަ މިނެޓުގައި ވެސް ނިއު އަށް އެހާ ހުސް ފުރުސަތެއް ލިބި ބޭކާރުވި އެވެ. މި ފަހަރު ސެންޓޭ ހުރަސްކުރި ބޯޅަ ގޯލް ކުރިމަތީ ހުހަށް ހުރި ގުރުބާނީ އަށް ކޮންޓްރޯލްނުކުރެވުނީ އެވެ.

ފަހުން ޓީސީން ދަގަނޑޭ އަރައި އޭނާ އަށް ހުސް ފުރުސަތުތަކެއް ލިބުނެވެ. އޭނާ އަށް ދެ ފަހަރު އޭރިއާ ތެރެއިން ފައުލްކުރުމުން ޓީސީން ޕެނަލްޓީއަށް ވެސް އެޕީކްކުރި އެވެ. ދަގަނޑޭ އަށް އެންމެ ހުސް ފުރުސަތެއް ލިބުނީ 83 ވަނަ މިނެޓުގަ އެވެ. ނިއުގެ ޑިފެންޑަރެއް ކައިރިން ދެމި ގަނެ ދަގަނޑޭ އެ ބޯޅަ ފައިސަލް ބޯ މަތިން ގޯލަށް ވައްދާލަން މަސައްކަތްކުރި ނަމަވެސް ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ ފަހުބައިގައި ނިއު އިން ޓީސީ އަށް ވަރަށް ބޮޑަށް ނުރައްކާކުރި އެވެ. އެ ޓީމުން އިތުރު ވަގުތުގެ ފަހު މިނެޓުގެ ތެރޭގައި އެއްވަރުނުކުރީ ކިރިޔާ އެވެ. ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ގޯލް ދަނޑީގައި ޖެހުނުއިރު އެ ބޯޅަ ގޯލް ކުރިމަތިން ހުސްކޮށް ދެން ލިބުނީ ލިލީ އަށެވެ. އެކަމަކު އޭނާ ޖެހުމުން ކިރަން މަތަކުރި އެވެ.

- އެންމެ މުހިއްމު ތިން ޕޮއިންޓް -

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި ލިބުނީ ލީގުގައި ހޯދަން ޖެހޭ އެންމެ އުނދަގޫ ތިން ޕޮއިންޓް ކަމަށާއި މި ލިބުނީ ބޮޑު އެޑްވާންޓޭޖެއް ކަމަށާއި ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ ކަމަށެވެ.

"މި ތިން ޕޮއިންޓް އުނދަގޫވަނީ ދެ ސަބަބަކާ ހެދި. ފުރަތަމަ ކަމަކީ ނިއު އަކީ ލީގުގައި ވާދަކުރާ އެންމެ ބޮޑު އެއް ޓީމަށް ވުން. އަނެއް ކަމަކީ ބޮޑު ބްރޭކެކަށް ފަހު އައިސް ކުޅުނު މެޗަކަށް ވުން،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ އާއިލީ ސަބަބަކާ ހެދި ދަގަނޑޭ ވެސް ރާއްޖޭން ބޭރުގައި ގިނަ ދުވަސްތަކެއް އުޅެން ޖެހި އެންމެ ރަނގަޅަށް ޕްރެކްޓިސް ނުކުރެވުމުން ހުރީ އެންމެ ރަނގަޅު ފޯމުގައި ނޫން ކަމަށެވެ.

"ޓެކްޓިކަލީ ވެސް ކުޅެން އެންމެ ބޭނުންވި ގޮތަކަށް ނޫން ދިޔައީ. އެންމެ ރަނގަޅެއް ނޫން ޓީމުގެ ކުޅުން. އެކަމަކު މި ލިބުނީ ބޮޑު އެޑްވާންޓޭޖެއް،" ނިޒާމްބެ ބުންޏެވެ.

ނިއުގެ ކޯޗު ސޮބާ ބުނީ ބަލިވީ ވަރަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައި ކަމަށާއި އެއްވެސް ވަރަކަށް ނަސީބު ނެތޭ ވެސް ބުނެވިދާނެ ކަމަށެވެ.

"މިއީ އޮސްކާ ވަރަށް ރަނގަޅަށް (މަސައްކަތްކޮށް މިހިސާބަށް) ގެނެސްފައި އޮތް ޓީމެއް. އެކަމަކު ފުދޭ ވަރަކަށް ގިނަ ދުވަހު ޕްރެކްޓިސްނިކޮށް އޮވެ މި ނުކުތީ. ފިޓްނަސްގެ މައްސަލަތަކެއް ނުކުތް. ޗާންސް ލިބުނު އަޅުގަނޑުމެންނަށް ވެސް ޓީސީ އަށް ވެސް. މުހިއްމު މެޗެއް މި ގެއްލުނީ. ކުޅުންތެރިންގެ މަސައްކަތް ފެނިއްޖެ ވަރަށް ބޮޑަށް،" ސޮބާ ބުންޏެވެ.

8 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 67%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒިޔާދު އިސްތިއުފާ

28 September 2018

ސޮބާހުލައިގެން ތިއުޅެނީ ހަޑިހާވަން

The name is already taken The name is available. Register?

އިއްސެ

28 September 2018

ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ގޯލް ދަނޑީގައި ޖެހުނުއިރު އެ ބޯޅަ ގޯލް ކުރިމަތިން ހުސްކޮށް ދެން ލިބުނީ ލިލީ އަށެވެ. އެކަމަކު އޭނާ ޖެހުމުން ކިރަން މަތަކުރި އެވެ ލިލީ އެއް ނޫން ސޮލާ ޖެހީ.

The name is already taken The name is available. Register?

ދިއްލެ

27 September 2018

ކުޅުންތެރިން ވަރައް މަސައްކަތް ކުރި ފަހު ހާފް ވަރައް މޮޅައް ކުޅުނު އެކަމް މުސާރަ ނުދޭތީ ނަސީބުވެސް ދެރައީ.

The name is already taken The name is available. Register?

މުރޭ

27 September 2018

ކްލަބު ފުނޑާލައިފި. ޒިޔާދު އިސްތިއުފަ ޓެޑް ބޭރުކުރޭ

The name is already taken The name is available. Register?

އެދުރު

27 September 2018

ދެން ކަލޭ އަންނަން ވީނުން ކުލަބު ހިންގަން. ޓެޑް އެ އެއުޅޭނިގޮތަށް އުޅޭނި އެއްވެސް މީހަކު ނުހުންނާނެ މިޒަމާނުގަ. ޓެޑަކީ ނިއުދެކެ ހަގީގީ ލޯބިވާ މީހެއް މިހާރު ފުޓުބޯޅާގަ ޓެޑުމެން ކަހަލަ ހަގީގީ ކުލަބު ވަންތަމީހުން މަދުވީމަ ދިވެހި ފުޓުބޯޅަ ހަލާކު ވެގެން މިއުޅެނީ. ނިއުގެ ހަގީގީ އެއްވެސް ސަޕޯޓަރަކު ނުބުނާނެ ޓެޑަށް ދެރަބަހެއް.

The name is already taken The name is available. Register?

މުރޭ

27 September 2018

ޒިޔާދު އިސްތިއުފާ. ކޮކީ ބުނީ މުސާރަ ނުދެޔޯ. އިމްރާނަކަށްވެސް ނުދޭ

The name is already taken The name is available. Register?

ޙނނނނބވވ

28 September 2018

ޢަދި ވެސް ދަގޭ އައް އެއްމެ ލާރިއެއްވެސް ނުދޭ

The name is already taken The name is available. Register?

ގްރީން ބޮކްަސް

27 September 2018

ސޮބާ ކިހިނެތް ތިހެދީ، އަނެއްކާ ވެލެންސިއާގެ ސިހުރުގަ ނިއުވެސް ޖެހުނީތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454