ކުރީގެ ރައީސް މައުމޫން ޖަލު އޮފިސަރުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަނީ. -- މިހާރު ފައިލް ފޮޓޯ
30 ސެޕްޓެމްބަރ 2018 - 14:48
ރައީސް އަބްދުﷲ ޔާމީންގެ އަޅުންގެ ގޮތުގައި މަސައްކަތް ނުކޮށް، ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެ އަށް ބަދަލުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވެރިންނަށް މިއަދު ގޮވާލައްވައިފި އެވެ.
މެޑިކަލް ބޯޑުން އެންގުމުން ވެސް މައުމޫން މިހާތަނަށް ގެއަށް ބަދަލު ނުކުރާތީ، އެ މަނިކުފާނުގެ ސަޕޯޓަރުން މިއަދު ވަނީ ކަރެކްޝަންސްގެ ވެރިޔާ އަހުމަދު ޝިހާނާ ބައްދަލު ކުރެއްވުމަށް މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު، އެ ތަނުގައި ގަޑިއަކަށް ވުރެ ގިނަ އިރު ތިބުމުން ވެސް ޝިހާން އެ މީހުންނާ ބައްދަލެއް ނުކުރެއްވި އެވެ.
ކަރެކްޝަންސްގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ތިއްބެވި ބޭފުޅުން ދޫކޮށްލަން، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ވޯޓުން އޮތީ ނިންމައިފަ ކަމަށެވެ. އެކަމަކު، މިހާތަނަށް އައި އިރު، މައުމޫން ގެ އަށް ބަދަލު ނުކުރަނީ ރައީސް ޔާމީނަށް ބަލި ގަބޫލު ނުކުރެއްވޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަން ހުއްޓުވަނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ތާށިވެފައި ތިބި ބަޔަކު ކަމަށް މަހްލޫފް ވިދާޅުވި އެވެ.
ކަރެކްޝަނަލް ސާވިސްގެ ކުރިމަތީގައި މަހްލޫފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
"މައުމޫންގެ އުމުރުފުޅަށް ބެލި ކަމުގައިވިޔަސް، ބަލި ހާލަތަށް ބެލި ކަމުގައިވިޔަސް، ގައުމަށް ކޮށްދެއްވާފައި ހުރި ހިދުމަތަށް ބެލިޔަސް ވެސް އެންމެ ފުރަތަމަ މިނިވަންވުމަށް ނުވަތަ އާއިލާއާ ގާތަށް އާދެވެން ވާނެ ބޭފުޅަކީ ރައީސް މައުމޫން،" ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ތުހުމަތުގައި ގޭބަންދު ކޮށްފައި ހުރުމަށް ފަހު މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން މިނިވަން ކުރި މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި، މައުމޫނާއި އެހެން ސިޔާސީ ބޭފުޅުން ވެސް ޖަލުގައި ތިއްބެވީ ކުށެއް ކުރައްވައިގެނެއް ނޫނެވެ. އަދި އެ ބޭފުޅުން މި ވަގުތު ޖަލުގައި ތިއްބެވީ ހަމަ އާއި އިންސާފުގެ ތެރެއިން ނޫން ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
އެކަމަށް ބާރު ދެއްވައި، މަހްލޫފް ނެންގެވީ ވެސް އޭނާގެ އަމިއްލަ މިސާލުންނެވެ. މަހްލޫފް ވިދާޅުވި ގޮތުގައި، އަހަރަކަށް ވުރެ ގިނަ ދުވަހު ހައްޔަރު ކޮށްގެން ގެންގުޅުމަށް ފަހު، މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހާޒިރުކޮށް، މިނިވަން ކުރި އިރު، އޭނާއަކީ މިހާރު އެއްވެސް ކުށެއް ނެތް "ބޯ ކިރުކޮޅެއް ކަހަލަ މީހަކަށް" ވެފައިވާ ކަމަށެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި، މީގެ ކުރިން ވެސް ކަރެކްޝަންސް އިން އަމަލު ކުރި ގޮތަށް، މައުމޫން ހުންނެވި ގޮޅި މަރާމާތު ކުރަން ކަމަށް ބުނެ، އެ މަނިކުފާނު ގެ އަށް ބަދަލު ކުރުމުގެ ފުރުސަތު ކަރެކްޝަނަލް ސާވިސް އަށް އެބައޮތެވެ. އަދި މައުމޫންގެ ބަލި ހާލަތު ހުރި ގޮތުން ޑޮކްޓަރުން އިންތިހާ އަށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަހްލޫފް ވަނީ މައުމޫން ގެ އަށް ބަދަލު ކުރެވެންދެން މަސައްކަތުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްއާރުއެމްގެ އިސް ބޭފުޅެއް ކަމަށްވާ އައިމިނަތު ނާދިރާ ވިދާޅުވީ ޝިހާން ކިތަންމެ ފިލައިގެން އުޅުނަސް، ގާނޫނުގެ ދިގު އަތް އެ ބޭފުޅާއާ އަރައި ހަމަކުރާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ނިމެން ސާޅީހަކަށް ދުވަސް އޮތް އިރު، އަނިޔާ ކުރުން ހުއްޓާލާފައި މައުމޫން ގެ އަށް ބަދަލުކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.
މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި އާއިލާގެ ބައެއް ބޭފުޅުން މިދިޔަ ބުރާސްފަތި ދުވަހު ވެސް ޝިހާންއާ ބައްދަލު ކުރެއްވުމަށް އެ އިދާރާ އަށް ވަޑައިގެންނެވި އެވެ. އެކަމަކު، ކުރިން އެޕޮއިންޓްމަންޓް ހަދާފައި ނުވާ ކަމަށް ބުނެ އެ ފުރުސަތެއް މައުމޫންގެ އާއިލާގެ ބޭފުޅުންނަށް ލިބިވަޑައެއް ނުގަތެވެ.
އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ގެންދަވަނީ، ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތު މެދުވެރިވާ ބައްޔެކެވެ.
އެނގިފައިވާ ގޮތުގައި މައުމޫން މާފުށީ ޖަލުގައި ހުންނަވާ އިރު، ކައިރީގައި ކަރެކްޝަންސްގެ ދެ އޮފިސަރުން 24 ގަޑިއިރު އެ މަނިކުފާނުގެ އަރިހުގައި ތިބެ އެވެ. މައުމޫން ގެ އަށް ބަދަލު ކުރުމުގެ ހުރިހާ ބާރަކާއި އިހްތިޔާރެއް ލިބިގެންވަނީ ވަނީ ވެސް ކޮމިޝަނާ އޮފް ޕްރިޒަންސް ޝިހާނަށެވެ.
މައުމޫން ގެއަށް ބަދަލު ނުކުރާ މައްސަލައިގައި އެޗްއާރުސީއެމަށް ފާޑު ވިދާޅުވަމުން ނާދިރާ ވިދާޅުވީ އެ ކޮމިޝަނަށް އެތައް ސިޓީއެއް ފޮނުވި ނަމަވެސް، މައުމޫން ގެ އަށް ބަދަލު ކުރުމަށް ކޮމިޝަނުން އެކަށީގެންވާ މަސައްކަތެއް ކުރާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެޗްއާރުސީއެމަށް ޒިންމާ އަދާ ކުރެވޭނަމަ، މައުމޫން މިއަދު ހުންނަވާނީ ގޭގައި ކަމަށް ވެސް ނާދިރާ ވިދާޅުވި އެވެ.
"އަޅު ކުދިންކޮޅެއް ތިބީ، ޒިންމާއެއް އަދައެއް ނުކުރެވޭ.... ރައީސް މައުމޫންގެ ބަލި ހާލަތަށް ރިއާޔަތްކޮށް، އެޗްއާރުސީއެމުން ބަޔާންތައް ނެރެން އެބަޖެހޭ،" އެޗްއާރުސީއެމްގެ މެމްބަރުންގެ މަސައްކަތަށް ހުރަސް އަޅާ ބަޔަކު ހާމަކުރުމަށް ގޮވާލައްވައި ނާދިރާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން، އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާސް "މިހާރު" އަށް ވިދާޅުވީ މައުމޫން ގެ އަށް ބަދަލު ކުރުމަށް އެދި އާއިލާ އިން އެ ކޮމިޝަނަށް ހުށަހަޅާފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް އީނާސް ނުދެއްވަ އެވެ.
މައުމޫން ގެ އަށް ބަދަލުނުކޮށްގެން އުޅޭ މައްސަލައިގައި ކަރެކްޝަންސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބީފާނު
30 September 2018
އޭ ރީލޯޑޭ ބުނަން ކަލެއަށް ތީމުގެއިން ބައިވަރުތައް ލިބިފަ އޮތީމަ ކަލޭ ޖެހޭނީ އަޅެއްހެން އުޅެން. ޖެހޭނެ. ބާޣީންނަށް ސަނާ ކިޔަން ޖެހޭ ހިސާބަށް ދުވަހަކުވެސް އަހަރުމެން އަޅުވެއްޗެއް ނުވާނެ ކަލޭ ރީލޯޑު ކޮށްލަކޮށްލާ ހުރޭ.
ޖުލައި
30 September 2018
ސީޕީ ސިހާން ވިސްނަވާ. ތިހެން މަގާމުގެ ބާރު ވެރިކަމުގައި އުޅުނު އެތައްބަޔަކު ވަނީ ބާރުތަށް ނެތިކުރައްވާ ނިކަމެތި ކުރައްވާފަ.
ޝުޖާއު ދީދީ ޢަބުދުﷲ
30 September 2018
ޑީލެއްގެ އޮފައެއް އަންނަން ދެން މަޑުކުރަނީ.
ބިގް ބޮޝް
30 September 2018
މައުމޫނު އާއި ފާރިޝް މިއަދު މިނިވަން ވާނެއެވެ ޤާސިމު ވެސް..މަޚްލޫފަށް އެކަން އެގުނީ ކަމަށް ތިވާނީ.
އަލިފް
30 September 2018
މަގާމުގެ ދަހިވެތި ކަމުގައެވެ.
މީވީގޮތޭ
30 September 2018
ގެއަށްވެސް ބަދަލު ޖެހޭނީ ކުރާށެވެ. ދޫވެސް ޖެހޭނީ ކުރާށެވެ. އަދިވެސް މީގެ ތެރެއިން ބައެއް މީހުނަށް މުއުޅެނީ ބަލި ގަބޫލު ނުކުތެވިގެންނެވެ. އެންމެ ވަރުގަދަ ބާރަކީ ޑިމޮކްރަސީގައި ރައްޔިތުންކަން ނޭގިގެންނެވެ. ނޫނީ ކުރެވިފައި ހުރި ކަންތަކުން ސަލާމަތެއް ނެތްކަން އިގޭތީއެވެ. އަމިއްލައަށް ހެދި ގޮޅި ތަކަށް ތިމާމެން ވަނާނާނެކަން އިގޭތީއެވެ.
ދޮންނޭ
30 September 2018
އެންމެ ވަރުގަދަ ބާރު ނޭނގޭ ލާދީނީން މި ގައުމުގަ މާ ވަރަކަށް ވިއްޔަ މިތިބީ. މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރިނަމަ ގައިމު ކަންފުޅެއް ހުރީސްތާ
އަހުމަދުބޭ
30 September 2018
ސާބަހޭ މަހްލޫފް، ތިގޮތުގައި މަސައްކަތް ކޮއްފިނަމަ މާލަސްތަކެއްނުވެ އެވެރިން ބަލިވެ މައުމޫން ގެއަށް ބަދަލް ކުރާނެއެވެ، އަޑުއިވޭގޮތުގައި ގައުމީ މަޖްލިހުން ނިންމިނިންމުން އިލެކްސަނުން ބަލައިނުގަނެގެންނޯ މައުމޫން ދޫނުކޮއްގެން މިއުޅެނީ،،
އަޒީޒު
30 September 2018
ދިވެހިންނަށް ހާދަ މަލާމާތެކޭ މަހުލޫފު މިކުރީ. ބަލަ ވޯޓްދިނީ ހަމައެކަނި ކުށްވެރިން ދޫކުރަންތަަ. ހޭބަލިނުވާނެތަ. ޔާމީންގެ އެއްވެސް މައްސަލައެއްނެތިއްޔާ ވޯޓްހޯދަން ކަލޭމެން ފެތުރީ ދޮގުކަަމަށް ނިންމާ ދެން ދުވަހަކުވެސް ތިކޮޅަކަށް ވޯޓެއްނުދޭނަން. މިހާރުވެސް ޝައްކެއްގެ ފަހު ޝައްކެއްގެ މަތީގައި މިހުރީ. ބުނި ވޯޓް އޮޅުވާނެ. ދެން ބުނި ވެރިކަން ނުދޭންވެގެންނޯ އުޅެނީ. ބޮޑަށް ލަދުގަތީ މިއޮތް އިންޑިޔާގެ މީހުން މިހާސަރުތަށް ނޫސްތަކުގައި މިވާހަކަ ލިޔެ ނަގާތީ.
ޢަލްލާމްް
30 September 2018
ކޮންއިރަކުތޯ ވޯޓުދިނީ؟ ކޯޑިނޭޓަރު....ވަރަށް ފޫހިވޭ
ނުކިޔަވާ މިހާ
30 September 2018
މަޚްްލޫފު އުއްތަމަ ފަޑިޔާރުގެ މަޤާމަށް ވަޑައިގެންފައި އެ ޙުކުމް އުވައިލައްވައިފައި މައުމޫން މިނިވަން ކޮށްލައްވަންވީނުން! ނޮވެމްބަރ 17 ގައި ހަމަޖެހޭނެ ދޮގެއްތޯ؟؟؟؟؟
ޕޮކަންޑިމަން
30 September 2018
މައުމޫން ޖަލެއްގައި ނުހުންނާނެ. އެއްކޮޓަރީގެ ލަގްޒަރީ އެޕާޓްމަންޓެއްގައި އާއްމު ރައްޔިތަކަށް ނުލިބޭހާ މަތީ ފެންވަރުގެ ކެއިންބުއިމާއި ހިދުމަތްތަކާއިއެކު ހުންނާނީ. މިކަން މައުމޫންގެ އާއިލާގެ ފަރާތުންވެސް ދޮގެއް ނުކުރާނެ.
ތުނޑު ހަސަނު
30 September 2018
ޖަލު ވާނީ ޖަލަށެވެ. މިނިވަންކަމާއެކު އުދުހިއުޅުނު ދޫންޏެއް ރަނުން ކޮށްޓެއް ހަދާފައި ލިޔަސް އެސޮރަށް ލިބޭނެ އުފަލެއް ނޯންނާނެއެވެ. އަދި ތަފާތެއްވެސް އިހްސާސެއް ނުވާނެއެވެ.