ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
30 ސެޕްޓެމްބަރ 2018 - 16:54
ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގެން ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ މައްޗަށް ކުރެއްވި ދައުވާ އަނބުރާ ނަގައިފި އެވެ.
އެމަނިކުފާނު އަބުރުގެ ދައުވާ ކުރެއްވީ، ރާއްޖޭން ބޭރުގައި ގަވާއިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނާ ދިވެހި ކުންފުންޏަކާ، ރައީސް ޔާމީނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައި އެކަމާ ބެހޭގޮތުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ދެއްކެވި ވާހަކަތަކުގެ ސަބަބުންނެވެ.
މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ހަސަން ލަތީފަށާއި އަނަސް އަބްދުއްސައްތާރުގެ މައްޗަށް އަބުރު ގެއްލުމުގެ ދައުވާ ކުރަން ސިވިލް ކޯޓަށް ހުށަހެޅީ މި މަހުގެ 19 ވަނަ ދުވަހެވެ.
ޑިސްޕިއުޓް މަރުހަލާގައި އެ މައްސަލަ ބެލުމަށްފަހު އެ ކޯޓުން މިިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައި ބުނީ އަބުރާ ބެހުމުގެ މައްސަލަ މިވަގުތު އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ވިދާޅުވެ އެ މައްސަލަ ބާތިލްކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލްކުރުމަށްފަހު އެ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ހުކުމުގައި ބުންޏެވެ.
އަބުރު ގެއްލުމުގެ ބަދަލު ހޯދަން ހަސަން ލަތީފާއި އަނަސްގެ އިތުރުން އެމްޑީޕީގެ މައްޗަށް ވެސް ދައުވާކުރި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް ޔާމީން ކެމްޕެއިނަށް އެ ނޫސްވެރިންގެ ބައްދަލުވުމުގެ ސަބަބުން ހުރަސްތަކެއް އެޅުނު ކަމަށް ބުނެ އެ މައްސަލަ ވެސް ހައި ކޯޓަށް ހުށަހެޅި އެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައެއް ނުގަނެ އެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ އިދިކޮޅު ކޯލިޝަނުން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހެވެ. އޭނާއަށް 134،705 ވޯޓު އަދި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
01 October 2018
މާބޮޑު ޢަބުރުފުޅެއް އޮތްކަމަށް ދެކިގެން އެކޮޅުކޮޅުން ޖޭހޭވަރުގެ އަބުރު ފުޅެއް މަނިކުފާނުގެ އެބައޮތްތޯ ؟ ތިކަމުންވެސް ފައިސާ ފޮއްޗެއް ލިބިދާނެ ކަމުގެ އުއްމީދު އޮތީތޯ ؟ އަވަހަށް ބުރޯޑްކޮމް އަށް ހުށަހަޅާ ލާށެވެ. އެތަނުގަ އަބުރުފުޅު މެޝިން ހުންނާނީ. އޭރުން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްލީމަ ފައިސާކޮލެއް ފަހަރުގަ ލިބިދާނެ.
ދައްތަ
01 October 2018
ލަދުން ބޯހަލާކު
800މިލިޔަން
01 October 2018
އެހެންވީމަ ތިގަބޫލުކުރެއްވީތޯ
ގެއްލުނު އަބުރު
30 September 2018
ވެރިކަން ގެއްލި، އަބުރުވެސް ގެއްލުނީއެވެ. ދެން އެންމެ އަވަހަށް ގެއްލޭނީ ޕާރޓީ ހެން ހާދަ ހީވެޔޭ
ހާދާލު
30 September 2018
މީނަ މީ އަބުރެއް އޮންނަ މީހެއްބާ؟؟؟؟
ރަބަރޭސް
30 September 2018
ދެން ލަލަލާ.
ބެއްޔާ އައްޑޫ
30 September 2018
އިބުރަތަކަށް ނުވޭތޯ؟ ވެރިކަން ގެއްލި ބާރު ކެނޑުނީމާ ބިރު ދެއްކުން ހުއްޓާލަން މަޖުބޫރުވީ ކަމީ ދެބަސްވެވެން ނެތް ހަގީގަތެއް. ގަޓު ކަން ކަޓު ކަމަށް ބަދަލުވެ އިސާހިތަކު މަންޒަރު ބަދަލުވާ މަންޒަރަކީ ބުއްދީގެ އަހުލުވެރީނަށް އިބުރަތެއް
ގަމަރު
01 October 2018
މީގެންް އިބްރަތް ތިމާވެސް ޙާޞިލްކުރަންޖެހޭ. އެހެންމީހުންނަށް އަންގާފަ ތިމާ ފުއްޕާފައެއް ނުހުރެވޭނެ. ވެރިކަމަކީ އަބަދު އެއްބައެއްގެ އަތްމަތީގަ އޮންނައެއްޗެއްނޫން. މިކަން ހަނދާން ބަހައްޓާތި
ހަމަވިސްނާ
30 September 2018
މައްސަލަ އަނބުރާ ތިޔަ ގެންދެވީ އަބުރާއެކީގަތޯ؟
ފާފު ޔާ
30 September 2018
ޝުކުރިއްޔާ ރައީސް ޔާމީން!
އަޙްމަދު5
30 September 2018
މަށައް ހީވަނީ މިހާރު މި ހޮވުނު ސަރުކާރާއި ކޮންމެވެސް ޑޭލެއް ހަދައިގެންހެން މި އުޅެނީ! އެހެންޏާ، ޖަލައްލީ އެންމެންވެސް ބަރިބަރިއަށް ދޫކުރަމުންވިއްޔާ އެދަނީ. ކޮންމެވެސް ގޯހެއް އެބަހަދާ.