03 އޮކްޓޯބަރ 2018 - 10:27
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެ ޕާޓީގެ ރައީސް އަލީ ވަހީދު މާލެ ވަޑައިގަންނަވާނީ މާދަމާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީން ބުނިގޮތުގައި ކުރިން މިއަދު މާލެ ވަޑައިގަންނަވަން ހަމަޖެހިފައި އޮތް ނަމަވެސް ބައެއް ގާނޫނީ ކަންކަން ހަމަޖައްސަން ޖެހުމުން މާދަމާ އަށް އެ ދަތުރު ފަސްކޮށްފައިވާ ކަމަށެވެ. އެއީ އެ ބޭފުޅުންނަކީ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން، ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވަމުން ގެންދަވާ ބަޔަކަށް ވާތީ، ރާއްޖެ ވަޑައިގަތުމުގެ ކުރިން ނިންމަންޖެހޭ ގާނޫނީ ކަންތައްތަކެއް ކަމަށް އެ ޕާޓީން ބުނެ އެވެ.
އެ ދެ ބޭފުޅުން މާލެ ވަޑައިގަންނަވަނީ މާދަމާ މެންދުރެވެ.
ގާސިމާ އެކު މިއަދު މާލެ ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިހާރު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ނިންމަވާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ރިޝްވަތުގެ މައްސަލައެއްގައި ތިން އަހަރުގެ ހުކުމެއް އިއްވާފައިވާ ގާސިމް ޖަރުމަނުވިލާތުގައި ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމަށް ނިންމެވީ، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދެވީ، 2015 ވަނަ އަހަރުގެ މޭމަހު މާލޭގައި ބޭއްވި "މޭޑޭ" ބޮޑު މުޒާހަރާ އަށް ފަހު ޖަލު ބަންދުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީ
03 October 2018
ތިއޮތީ ކަންތަކާޖެހިފަ. އަހަރެމެންނަށް މިހިތްދަތި ހަތްއަހަރު ކުރިމަތިކުރުވުމުގެ މުގުލުގައިހުރި ގާސިމް ދެންވެސް ބަގާވާތް ނުކުރާނެކަމުގެ އެއްވެސް ޔަގީންކަމެއްނެތް. އަދިމިފަހަރު އެއްންނަނީ ރާއްޖެގައި މިހާރުތިބި އެންމެ ފަނިބޮޑު ދެމީހުން ކަމަށްވާ ޖަމީލުއާ އަލީވަހީދުވެސް ގޮވައިގެން. އަނެއްކާވެސް ދެއަހަރުފަހުން ޔާމީނަށް ފާޚާނާސާފުކޮށްދޭން ޖެހުނަސް ހެވޭކިޔާފަ ބޮޑާނުހޭކިއްޔާ ކިތަންމެހާވެސް ރަނގަޅު. އިބޫގެ ވެރިކަމެއްގަ ވާގޮތެއްވެސް ބަލަންތިބެމާ. އާހް.
މަހާތުމާ
03 October 2018
އަވަހަށް އަވަހަށް އަވަހަށް ވަޑައިން 3 މަސް ދުވަސްނުކޮށް ޖެހޭނެ މިފަހަރު ވެރިކަންލިބޭތޯ އުޅެން ގާސިމްބޭ ގަދަވާނެ ހުރިވާ ވެރިން ހޮވާއިރު އެއްބާރުލުންދޭ މީހާ ރިހަކައްކާއިރު ރަހަ މީރުކުރަން ހިކަދިފަތްވެސް ލައެއްނު އެކަމަކު ކާއިރު އޮންނާނީ އެއްކައިރީގައި ބައްވާފަ އަތްވެސް ނުލާނެ
ޢަލިބިޔާއްކަލޯ
03 October 2018
ކަލޯގެއާ ހަމައެކޮޓަރި އެގޮތުގަ އެބަހުރި އަދިވެސް ކަލޭ އެތަނައްނުވައްނަންޔާ ދެންމިގައުމުގެ އެކަކުވެސް އެތަނައްވައްދާކައްނުކެރޭނެ
ހޯރަފުށީ ޗާލުނަޔާ
03 October 2018
ދަރިފްޅު ދޫނީ އަވަހަށް އާދޭ ދަރިފުޅު ދެކޭހިތުން މިހުރީ ކެންމަދުވެފަ.
ބައިރޯ
03 October 2018
އައިސް އަވަހަށް އަނެއް ބަޢާވާތް ރާވާ
ނަސީދު
03 October 2018
ވަރިހަމަނަޔަސް މޑޕ ގެވެރިކަމެއް މިފެށުނީ
ކެންޑްރިކް
03 October 2018
އާދޭ އާދޭ އެންމެން އާދޭ. އުދުހިފަ އާދޭ. ބިރަކާ ނުލާ އާދޭ. ކަނބާފަވެސް އާދޭ
ހާޖަރާ
03 October 2018
އާދޭ އާދޭ އެންމެން އާދޭ. އައިސް ހަދާއެއްޗެއް ހަދާ.
އަސްރަފް
03 October 2018
އަނެއް ބަގާވާތް
ނަޖީބުލްލާ
03 October 2018
ކޯޓުތައް ދޮވެ ސާފުކުރެވޭނީ ރައްޔިތުންގެ މަޖްލިސް ގެ މެޖޯރިޓީލިބިގެން. ތި މަސީހް ބޭރުކުރެވިގެން.
ދދދދ
03 October 2018
މެޖޯރިޓީ ލިބެން ޖެހޭނީ ރައްޔިތުންނަށް. ވަކި ޕާޓީއަކަށް ނޫން. ތިޔަ ޕާޓީތަކަކީ ޕާޓީއަށް ޓަކަ ގައުމު ވިއްކާލލި ބައިގަނޑު!