ބީއެމްއެލްގެ މުވައްޒަފުންގެ ދަރިން ގެނެވޭގޮތަށް "ބްރިންގް ޔޯ ކިޑްސް ޓު ވޯކް ޑޭ"އެއް ބީއެމްއެލުން ހާއްސަ ހަރަކާތްތަކެއްް މިއަދު ކުރިއަށް ގެންގޮސްފި -- ފޮޮޓޯ: ބީއެމްއެލް
03 އޮކްޓޯބަރ 2018 - 20:16
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންގެ ދަރީންނަށް ވަރަށް ހާއްސަ ހަރަކާތްތަކެއް މިއަދު އެ ބޭންކުން ހިންގައިފި އެވެ.
އެ ބޭންކުގެ މުވައްޒަފުންގެ ދަރީންނަށް މަރުހަބާ ކިޔުމަށް އެ ބޭންކުގެ އޮފީސްތައް މިއަދު ހުރީ ކުލަ ކަރުދާހާއި އެކި ބާވަތުގެ ފުއްޕާހަމުން ޒީނަތްތެރިކޮށްފަ އެވެ. މުވައްޒަފުން ކުރާ މަސައްކަތް އެމީހުންގެ ދަރީންނަށް ދައްކާލުމަށް "ބްރިންގް ޔޯ ކިޑްސް ޓު ވޯކް ޑޭ"ގެ ނަމުގައި ހިންގި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް އެ ބޭންކުން ބުންޏެވެ.
އެ ބޭންކުން ބުނި ގޮތުގައި މުވައްޒްފުންގެ ދަރީން އޮފީހަށް ގެނެވޭނެ ދުވަހެއް ފާހަގަ ކުރީ އެ ތަނުގެ މުވައްޒަފުން މަސައްކަތް ކުރަން ބޭނުންވާނެ ފަދަ މާހައުލެއް ގާއިމުކޮށްދިނުމަށެވެ. ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިއަދަކީ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ދުވަހެއް ކަމަށެވެ.
"ބީއެމްއެލްގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންނަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުން. އެ މުވައްޒަފުންގެ ހިދުމަތްތަކަކަކީ އަގު ވަޒަން ކުރެވޭ ވަރަށް ވުރެ ބުރަ މަސައްކަތެއް،" ޝަރީފް ވިދާޅުވި އެވެ.
އަދި އެ މީހުންގެ ދަރީންނަށް ހިތްގައިމު މާހައުލެއްގައި ވަގުތު ހޭދަކުރުމުން ލިބޭ އުފަލަކީ ބީއެމްއެލްގައި މަސައްކަތްކުރާ އެންމެންނަށް ވެސް ލިބޭ އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ "ބްރިންގް ޔޯ ކިޑްސް ޓު ވޯކް ޑޭ"ގައި އެ ބޭންކުގެ މުވައްޒަފެއް ދަރިއަކު އުރާލައިގެން ބޭންކުގެ ތެރޭގައި. -- ފޮޮޓޯ: ބީއެމްއެލް
ތަފާތު ކުޅިވަރުތަކާއި ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކަކާ އެކު ފާހަގަ ކުރި މި ފޯރިގަދަ ދުވަހުގެ އުފަލުގައި ބައިވެރިވި ބީއެމްއެލް މުވައްޒަފަކު ބުނީ މިއަދު ވަރަށް ތަފާތު އިހުސާސްތަކެއް ކުރެވުނު ކަމަށެވެ.
"އަޅުގަނޑުމެންް އޮފީހުގައި ކުރާ މަސައްކަތް ކުދިންނަށް އެބަ ދައްކައިދެވޭ. މިއީ މަސައްކަތް ބުރަ އޮފީހެއް. އެކަމަކު އާއިލާގެ ފަރާތުން ލިބެމުން އަންނަ ލޯބިން މަސައްކަތްކުރުމަށް އިތުރު ހިތްވަރެއް ލިބޭ،" އޭނާ ބުންޏެވެ.
ބީއެމްއެލް އަކީ އޭޝިއާގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރަން އެންމެ ރަނގަޅު ކުންފުނިތަކަށް ދޭ އެވޯޑް ޖެހިޖެހިގެން ދެ އަހަރު ހޯދައިފައިވާ ބޭންކެކެވެ. ޖުމްލަ 950 މުވައްޒުން މަސައްކަތް ކުރާ މި ބޭންކަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަރާސަރު
03 October 2018
ބަރާބަރު
މަރޭމިތުރާ
03 October 2018
މައިންގެ މޫނުން އެފެންނަނީ ޔަގީނުންވެސް ލޯބީގެ ހިނިތުންވުން..... މައިންފަދައިން ދަރިންގެ މޫނުންވެސް އެފެންނަނީ އަހުވަންތަ ހިނިތުންވުން.
ބަފާބެ
04 October 2018
މޯ ލައިކް ސެލްފީ ހިނިތުންވުން ...
މަރޭމިތުރާ
03 October 2018
ދަރިންނާއެކު މަސައްކަތް ކުރަންލިބުމީ ވަރަށްވެސް އުފާވެރިކަމެއް!........................................... ދަރިންގެ އިތުރުން މުޅިދިވެހިންވެސް ހިނިތުންވެލާ ހިތްހެޔޮކަމެއް!