ގާސިމް މިއަދު މާލެ ވަޑައިގަތުމުން، އިންތިޚާބީ ރައީސް އިބޫ މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
04 އޮކްޓޯބަރ 2018 - 14:02
ޖަރުމަނުން ސިޔާސީ ހިމާޔަތް ހޯއްދެވި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ރާއްޖެ ވަޑައިގަތުމުން އޭނާ އަށް ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
އަހަރަކަށް ވުރެ ގިނަ ދުވަހު ގާސިމް ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު، ރާއްޖެ ވަޑައިގަތުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މަރުހަބާ ދެންނެވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އޭގެ އިތުރުން، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން ގާސިމަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގަތެވެ.
ގާސިމްގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވެސް މިއަދު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމްގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ ސެޕްޓެމްބަރު 6، 2017 ގަ އެވެ. ސިންގަޕޫރުން ބޭސްފަރުވާ ކުރެއްވުމަށް ފަހު، އޭނާ ވަކި ހިސާބަކުން ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދެވި ގޮތަށް އުޅުއްވަނީ ޖަރުމަނުގަ އެވެ.
ގާސިމް މިއަދު މާލެ ވަޑައިގަތުމުން، އިންތިޚާބީ ރައީސް އިބޫ މަރުހަބާ ދަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ގާސިމް ޖަރުމަންވިލާތުގައި ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ގިނަ ދުވަސްތަކެއް އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމަށް ނިންމެވީ، ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރު ކުރުމާ ގުޅިގެންނެވެ. މި ނިންމުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް ކުރިން ވިދާޅުވެފައި ވަނީ ނުހައްގުން ބަންދުކޮށްފައި ތިބި ބަޔަކު ދޫކޮށްލުމަކީ ޝަރުއީ ނިޒާމް މިނިވަންކަމާ އެކު ހިނގަން ފެށި ކަމުގެ ހެއްކެއް ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި އޭނާ ރާއްޖެ އިން ބޭރުގައި ހުންނެވީ ބޭސްފަރުވާގެ ކަންކަން ނުނިމިގެންނެވެ. އޭނާ އަކީ އަދިވެސް ގަވާއިދުން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި ޖަލުގައި ނުހުންނެވޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދެވީ، 2015 ވަނަ އަހަރުގެ މޭމަހު މާލޭގައި ބޭއްވި "މޭޑޭ" ބޮޑު މުޒާހަރާ އަށް ފަހު ޖަލު ބަންދުގައި ދުވަސްކޮޅަކު ހޭދަކުރެއްވުމަށް ފަހުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭނާ
06 October 2018
ގާސިމް އޭ؟
މޮންދީ
05 October 2018
މީދެން ބަލާވެރިކަން ޖެހުނީ
ވީގޮތް
05 October 2018
އަސްލު ބުޅަލަށް ވަދެހުރެވުނީ ސިންގާ ކޮށްޓަކްށް ..
ބާއްޖަވެރި ..
05 October 2018
ގުޑެން ޓާގް !
ނަން
04 October 2018
ރަންނަމާރި އެރީ ދޯ؟
އިންޓެރެސްޓް
04 October 2018
މިފަދަ އިދިކޮޅު ފަރާތްތަކަށް އީޔޫގެ ގައުމު ތަކުން ޔާމީނާ ދެކޮޅަށް ސިޔާސީ ހިމާޔަތް ދޭ ސަބަބަކީ ކޮބާބާވެއޭ ހިތައް އަރާ.
ރޭހޭ
05 October 2018
އޮޓޮކްރެޓިކްވެރިކަމާ ޔޫރަޕް ދެކޮޅުވާނެ، އެކަމަކު ޔާމީނަށްވެސް ހިމާޔަތްދޭނެ ޔޫރަޕުން، ސަބަބަކީ އެއީ ހުޅުވިފައިވާ ވިސްނުމެއްގެ ބަޔަކަށްވާތީ. ޔޫރަޕްގެ ބައެއްގައުމުތަކުގެ ގާނުނުގައި އެހެންގައުމުތަކުގެ ސިޔާސީ ކުއްވެރިންނަށް ހިމާޔަތް ދިނުން ލާޒިމް ކުރޭ. އޭގެ ހެއްކެއް އިނގިރޭސިވިލާތް، ދިވެހި ކޮންމެ ޕާޓީއަކަށް ނިސްބަތްވާ މީހަކު ހިމާޔަތް ހޯދިޔަސް އެމީހުން ހިމާޔަތްދޭ. (ބަލާ މޫސާއަންވަރު)
ކްރޫސޭޑާޒް
06 October 2018
ދެން މިސްރުގެ މުސްލިމް ބްރަދާހުޑްގެ މޫރްސީ އާއި ފަލަސްތީނުގެ ހަމާސް ރައްޔިތުންގެ ވޯޓުން ހޮވީމަ ކީއްވެގެން ގަބޫލު ނުކުރީ؟ ދެން ޔޫރަޕްގައި އޮތް ހަންގޭރީގެ ރައްޔިތުން އަތުން ވޯޓުލުމުގެ ހައްގު މިދާކަށް ދުވަހު އީޔޫގެ ބާރުގެ ބޭނުންކޮއްގެން ނިގުޅައިގަތީ ކީއްވެގެންތޯ. ހެޔޮނުވާނެ ހުޅަނގުގެ ގައުމުތައް ނަމޫނާ ބަޔެއް ކަމަށް ހަދާފަ ނުދައްކާ. ދުނިޔޭގެ ތާރީހުން ފެންނަން އެއޮތީ އެމީހުން ހިންގާފައިވާ ލާއިންސާނީ ޖަރީމާތައް. އަދި ތިއުޅެނީ އެމީހުންގެ މަކަރުވެރިކަމާ
ޢެޓޮމް
04 October 2018
ގާސިމާ އަލީވަހީދައް ދަންނަވަން ބަސްބުނުމުގެ ކުރިން 6 ފަހަރުވިސްނުމަށް. ޢެހެންނޫނީ ރައީސް އިބޫ ގެންނަވަން އުޅުއްވާ ފޮނިމީރުކަން ރައްޔިތުންނަކަށް ނުލިބޭނެ.
މިޓޮމް
06 October 2018
ވަރަށްކަރުބުޑު ސާފުކޮއްގެންހުންނަވައްޗޭ. ދޭރަހާގަ ވަރަށްއަސަރުހުންނާނެ
ބްލާބޮލާ
04 October 2018
ދެން އިބޫ ދާންޖެހޭ ކޮންމެތާކަށް. އެންމެންނާއެކީ ފޮޓޯ ނަގާ އަންނަހާ މީހަކާ އަރަބި ސަލާމްކޮށް. އެފަކީރު ޤައުމު ހިންގަންވިސްނާނީ ކޮންއިރަކު
ޝޮކްތެރަޕީ
04 October 2018
ޤާސިމް ސިޔާސީ ދާއިރާ ދޫކޮއްލަންވެއްޖެ.
ބްލާބޮލާ
05 October 2018
ޤާސިމް އަށް ވެރިކަން ލިބެންދެން އޭނާ އެހެން އުޅެ އުޅެހުއްޓާ ރައްބީގެ ގޮވާލެއްވުން ވެސް އަންނާނީ
ގާސިމް
04 October 2018
އުފާވެރިކަން