ފަސޭހައިން ލަފާކުރެވޭ ޕާސްވޯޑްތައް ބޭނުންކުރުން މަނާކުރަން ކެލިފޯނިއާ އިން ވަނީ ނިންމާފައި
07 އޮކްޓޯބަރ 2018 - 07:10
ޑިވައިސްތަކުގައި ހުންނަ ޑިފޯލްޓް ޕާސްވޯޑްތަކާއި އާންމު ޕާސްވޯޑްތައް ބޭނުންކުރުން، އެމެރިކާގެ ކެލިފޯނިއާގައި މަނާކުރަން ނިންމައިފި އެވެ.
ކެލިފޯނިއާ ސްޓޭޓުން މިހާރު ވަނީ އެ ސަރަހައްދުގައި އުފައްދާ އަދި ވިއްކާ، އިންޓަނެޓާ ގުޅައިގެން ބޭނުންކުރާ ޑިވައިސްތަކުގައި، "admin" އަދި "password" ފަދަ، ބަސްތައް، ޕާސްވޯޑްގެ ގޮތުގައި ބޭނުންކުރުން 2020 ވަނަ އަހަރުގެ ނިޔަލަށް މަނާކުރާ ގާނޫނެއް ފާސްކޮށްފަ އެވެ.
މި ގާނޫނުން ލާޒިމްކުރަނީ ކޮންމެ ޑިވައިސްއަކަށް ވެސް ވަކި ޕާސްވޯޑަކާ އެކު އެ ޑިވައިސްއެއް ވިއްކުމަށެވެ.
މިއީ ފަސޭހައިން ލަފާކޮށްލެވޭ ޕާސްވޯޑްތައް ބޭނުންކުރުމުގެ ސަބަބުން، ސައިބަ ހަމަލާތައް ގިނަވެ، އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
"އިންފޮމޭޝަން ޕްރައިވެސީ: ކަނެކްޓެޑް ޑިވައިސަސް ބިލް" ގައި، ކޮންމެ ޑިވައިސްއެއްގައި އެކަށީގެންވާ ފެންވަރެއްގެ ސަލާމަތީ ފިޔަވަޅުތައް ހުރުން ވެސް ލާޒިމްކުރެ އެވެ. އަދި ޑިވައިސްއެއްގެ ރައްކާތެރިކަމުގެ ފިޔަވަޅު ދަށްވުމުގެ ސަބަބުން ކަސްޓަމަރަށް ގެއްލުމެއް ވެއްޖެ ނަމަ އެ ޑިވައިސްއެއް އުފެއްދި ކުންފުންޏަކާ ދެކޮޅަށް ދައުވާކޮށް ބަދަލު ހޯދުމުގެ ގާނޫނީ ބާރު ވެސް މި ގާނޫނުން ލިބިދެ އެވެ.
މި ގާނޫނާ ބެހޭ ގޮތުން ވާހަކަ ދެއްކި ބައެއް ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި، ސައިބަ ހަމަލާތައް، އާދައިގެ ޕާސްވޯޑްތައް ބޭނުންކުރުމުން އިތުރުވުމަށް ވުރެ ނުރައްކަލީ އަޕްޑޭޓް ނުކުރެވޭ ފެންވަރު ދަށް ޑިވައިސްތައް ބޭނުންކުރުމެވެ. އެހެންވެ މި ގާނޫނުގެ ސަބަބުން މި ދެ މައްސަލަ އަށް ވެސް އެދެވޭ ހައްލެއް އަންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަޖީ ތަކުރުފާނު
07 October 2018
ހުވާ ސަހާދެ މިޤާނޫނު ހަދާ ޢަމަލުކުރަން މާބޮޑަސް ލަސްވެއްޖެ......... އަސްލު ކެލ.ިފޯނިޔާގަ ޢަމަލު ކުރުމުގެ މުދައްްތު މާއަވަސް.... އަސްލު ހަދަންވީ 3021ވަނަ އަހަރާއި ހަމައަށް. ހަމަ އެކަނި ކެލިފޯނިޔާގައެއް ނޫން މިޤާނޫނު ހަދާ އަލަމަލު ކުރަންވީ....... ގުލޯބަލުކޮށް މިޤާނޫނަށް ޢަމަލުކުރަންވެއްޖެ.