ޗެލްސީގެ ތަރި އެޑެން ހަޒާޑް.-- ފޮޓޯ: އޭއެފްޕީ
09 އޮކްޓޯބަރ 2018 - 08:56
ލަންޑަން (އޮކްޓޫބަރު 9) - ރެއާލް މެޑްރިޑަށް ކުޅުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށާއި އެކަމަކު މުސްތަގުބަލާ ބެހޭގޮތުން ވަކި ގޮތެއް ނުނިންމާ ކަމަށް ޗެލްސީގެ ތަރި އެޑެން ހަޒާޑް ބުނެފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ހަޒާޑް ހޯދަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އޭރު ޗެލްސީން ކިޔާ އަގުބޮޑުވުމުން ރެއާލުން ވެސް ގަންނަން ބޭނުންނުވި އެވެ. އަނެއްކޮޅުން ޗެލްސީގެ ކޯޗުކަމާ މަައުރީޒިއޯ ސާރީ ހަވާލުވިއިރު، އޭނާ އޮތީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަޒާޑާއި ވިލިއަން ވިއްކާނުލަން ޝަރުތުކޮށްފަ އެވެ. އެއީ އެ ދެ ކުޅުންތެރިންނަކީ އޭނާގެ ޕްލޭނުގެ މުހިއްމު ކުޅުންތެރިން ކަމަށްވާތީ އެވެ.
މި ސީޒަނުގައި މިހާތަނަށް ހަޒާޑް ވަނީ ހަތް ގޯލު ކާމިޔާބު ކޮށްފަ އެވެ. ފްރާންސްގެ ލިލް ދޫކޮށް 2012 ވަނަ އަހަރު ޗެލްސީއާ ގުޅުނު ހަޒާޑް މިހާރު އެ ޓީމުގެ ކޮންޓްރެކްޓްގައި ހުރީ 2020 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށެވެ.
"އަހަރެން ބޭނުމެއް ނެތް ސޮއިކުރާނަމޭ ކިޔާފައި ނުކޮށް ހުންނާކަށް. އެ ގޮތަށް އަހަރެން ކަންތައް ނުކުރާނަން،" ޗެލްސީއާ އެކު އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ހަޒާޑް ބުންޏެވެ.
އޭނާ ބުނީ ގޮތެއް ނިންމާއިރު ބަލާނީ ހަމައެކަނި އޭނާ އަށް އެންމެ ރަނގަޅު ގޮތެއް ހޯދުން ނޫން ކަމަށެވެ.
"އަހަރެން މީގެ ބަލަނީ ހަމަައެކަނި އަހަންނަށް ރަނގަޅު ގޮތެއް ނޫން. މި ކްލަބް (ޗެލްސީ) އަށް ރަނގަޅު ގޮތެއް ހޯދުން ވެސް މުހިއްމު. އެއީ މި ޓީމުން އަހަންނަށް ވަރަށް ގިނަ ކަންތައްތަކެއް ކޮށްދީފި. އަހަންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ދީފި،" އުމުރުން 27 އަހަރުގެ ހަޒާޑް ބުންޏެވެ.
"ބައެއް ފަހަރު އަހަރެން ހެނދުނު ހޭލާއިރު އެބަ ބޭނުންވޭ އާ ފެށުމަކާ އެކު ކުރިއަށްދާން އެހެން ކްލަބަކަށް ބަދަލުވާން. ދެން ހިތަށް އަރާ މަޑުކުރަން ވެސް. އަހަރެންގެ ނިންމުން ވަރަށް އަވަހަށް ހިއްސާކުރާނަން."
ހަޒާޑް ވަނީ ރެއާލަށް ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށް ބުނެފަ އެވެ.
"އަހަރެން ދޮގެއް ނުހަދާނަން. ރެއާލަކީ ދުނިޔޭގެ އެންމެ ބޮޑު ކްލަބް. އެ ޓީމަށް ކުޅުމަކީ ކުޑައިރުއްސުރެ އަބަދުވެސް ހުވަފެނެއް،" ހަޒާޑް ބުންޏެވެ.
އޭނާ ބުނީ ކޮންމެ ދުވަހަކު މި ވާހަކަތައް މީޑިއާގައި ދެއްކުމަކީ އެންމެ ރަނގަޅު ކަމަކަށްނުވާނެ ކަމަށާއި ގޮތެއް ނިންމުމަށް ފަހު އަވަހަށް މި ވާހަކަތައް މަޑުޖައްސާލުމަކީ ހުރިހާ ފަރާތަކަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީގެ ކީޕަރު ތިބައު ކޯޓުއާ ވަނީ ރެއާލަށް ބަދަލުވެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރެއާލުން ވަނީ އެ ޓީމަށް ކުޅޭ މަޓެއޯ ކޮވަޗިޗް ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ދޫކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ
09 October 2018
މަވެސް އެ ހުވަފެން ދެކެމު. #މީޓޫ
ޗެލްސީ
09 October 2018
ކުޅުންތެރިން އަބަދުވެސް އެއްކުލަބުން އަނެއްކުލަބަށް ބަދަލުވާނެ.. ޗެލްސީ މިހާރުދާ މިސްރާބައް ދުވަސްކޮޅަކު ހިފަހައްޓާލެވިއްޖެނަމަ ހަޒާޑް ވ.ގިނަ ކާމިޔާބު ޗެލްސީގައިވެސް ހާސިލްވާނެ.. ހުވަފެން ހަޤީގަތަކަށް ހެދުމަކީވެސް ތަބީޢީކަމެއް..
ހަސަންމަނިކުފާނު
09 October 2018
މުލުން ލުހެލައިގެން ރިއަލް އައް ގެންނާނަން! އަދި ވަގުތު ނުޖެހެނީ! ބޭލް ބެންޒީމާއަށް އިތުރު ވަގުތު ބެނުންވާކަމަށް ފެންނާޓީ މަޑުކޮށްލައިގެން މިތިބީ!