ޑރ. ޝީޒާ: އޭނާއަކީ މެޑިސިން ސްކޫލުގެ ފުރަތަމަ ޑީން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
09 އޮކްޓޯބަރ 2018 - 11:12
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އަލަށް އުފެއްދި މެޑިސިން ސްކޫލުގެ ފުރަތަމަ ޑީނަކަށް ޑރ. ޝީޒާ އަލީ މިއަދު އައްޔަންކޮށްފި އެވެ.
އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، ޑީންގެ މަގާމުގެ ލިޔުމުގައި ޝީޒާ އަދި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފު ވަނީ ސޮއިކުރައްވައިފަ އެވެ.
މީގެ 23 އަހަރު ކުރިން އެމްބީބީއެސް ފުރިހަމަކުރެއްވި ޝީޒާ ވަނީ އޭގެ ފަހުން ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާޒް ވެސް ފުރިހަމަކުރައްވައިފަ އެވެ.
ކުރިން އައިޖީއެމްއެޗާއި އައި ކެއާގައި ލޮލުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޝީޒާ ވަނީ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
މަގާމުގެ ލިޔުމުގައި ސޮއިކުރެއްވުމަށްފަހު މެޑިސިން ސްކޫލުގެ ޑީން ޑރ. ޝީޒާ އަދި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ފަވާޒު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ޝީޒާ ވިދާޅުވީ މެޑިކަލް ސްކޫލްގެ އެމްބީބީއެސް ކޯހަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ބަލައިގަންނަ ކޯހަކަށް ހައްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަލަށް ފަށައި ކޯހަކަށް ވުމުން ގޮންޖެހުންތަކާ ދިމާވިޔަސް އުއްމީދަކީ ސްޕެޝަލިސްޓް ޑޮކްޓަރުން ވެސް ތަމްރީނުކުރާ ތަނަކަށް މެޑިސިން ސްކޫލު ހެއްދެވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފަވާޒު ވިދާޅުވީ އަންނަ ހަފުތާގައި 37 ދަރިވަރުންނާ އެކު އެމްބީބީއެސްގެ ފުރަތަމަ ބެޗުގެ ކިޔަވަން ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މެޑިސިން ސްކޫލުގައި މި ވަގުތު ފުލްޓައިމް ގިނަ މުވައްޒަފުންނަކީ ބިދޭސީންނެވެ. އޭގެ ސަބަބަކީ މިވަގުތު އެ މަގާމަށް ދިވެހިން ލިބުން ދަތިވުން ކަމަށް ވެސް ވިދާޅުވި އެވެ.
ފަވާޒު ވިދާޅުވި ގޮތުގައި އެމްއެންޔޫގެ އުއްމީދަކީ ހަމައެކަނި ކިޔަވައިދޭ ތަނެއްގެ ބަދަލުގައި ސިއްހީ މައްސަލަތަކަށް ޖަވާބު ހޯދޭ ތަނަކަށް ވެސް މެޑިސިިން ސްކޫލް ހެއްދެވުމެވެ.
"އެމްބީބީއެސް ޕްރޮގްރާމް ކިޔަވައިދިނުމުގެ އިތުރުން، އަޅުގަނޑުމެންގެ ތެރޭގައި ފުންނާބު އުުސް ޑޮކްޓަރުން އެބަ އުޅުއްވާ، އެ ބޭފުޅުން އެތައް އަހަރުތަކެއް ކުރައްވައިފި. އެ ދިރާސާގެ އަލީގައި ވަރަށް ގިނަ ސިއްހީ މައްސަލަތަކަށް ހައްލަކަށް ވެގެންދާނެ،" ފަވާޒު ވިދާުޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަމީން
09 October 2018
ޥަރަށް ރަގަޅު
ރަންބުއްދި
09 October 2018
ދިވެހިރާއްޖޭގެ މެޑިކަލް ކައުންސިލުން ގާނޫނެއްގެ ދަށުން ޖެހޭ މެޑިކަލް ކޮލެޖުގެ މަގާމްތަކަޢް މުވައްޖަފުންނާ ޓީޗަރުން އައްޔަނުކުރުމުގެ މިންގަޑެއް އެކުލަވާލަން.މިރީޖަނުގަވެސް މެޑިކަލް ކޮލެޖުެއްގެ ޕްރިންސިޕަލް/ޑިން އަށް އަޔަނު ކުރަން ޖެހެނީ ޕޯސްޓްގުޖުއޭޓް ވުމަށްފަހު 10 އަހަރު ކިޔަވައިދިނިމުގަ ޕްރޮފެސަރު/އެސޯސިއޭޓް ޕުރޮފެސަރު/ރީޑަރު ފެންވަރުގަ އުޅެ ތަޖުރިބާލިބި އަދި މީގެތެރއިން 5 އަހަރު ޕްރޮފެސަރު ކަމުގަ އުޅެ ކިޔަވައިދީފަ ތިބި އެޗްއޯޑީ ފެންވަރު މީހުން
ދީދީ
09 October 2018
ޑރ ޝީޒާ ސަޕޯޓު ކުރައްވަނީ ޕީޕީއެމް އައްތޯ ސާފުކޮއްދެއްވަބަލަ. ޢެމްޑީޕީގެ ވެރިކަން ހަރާބުކޮއްލީ ހިއްތިރިކޮއްފަ ޖެއްސުން ކުރާޒާތުގެ މީހުން އިސް މަގާމުތަކުދަ ބޭތިއްބީމަ
ތުނިޔަ
09 October 2018
ޝީޒާޔަކީ ކިޔަވައިގެން އައީއްސުރެ ހެލްތު މިނިސްޓްރީގައި އިދާރީ މަސައްކަތް ކުރި ކަނބަލެއް! ތިއަށްވުރެ އަމަލީ ތަޖުރިބާގައި ލިބި ޚިދުމަތުގައި ތިއްބެވި ބޭފުޅުން ނޫންތޯ އެކަށީގެންވަނީ!
ތުނިތުނި
10 October 2018
އިދާރީ މަސައްކަތްވެސް އެނގިގެން ތަނެއް ހިންގޭނީ. މިމަގާމަށް ތިބުނާ ތަޖުރިބާ ލިބިފައި ތިބި މީހުން ނުލީ ކީއްވެބާ؟
ޝައުކަތު
09 October 2018
ސުބުހާނަﷲ. ނޫސްތަކުގަ ކޮމެންޓް ކުރާ ކުދިންގެ އެޕްރޫވަލް ނުހޯދާތަ ތިއައްޔަން ކުރީ؟ ވަރަށް ބޮޑު މައްސަލައެއް ތިޔަ
މުގާބޭ
09 October 2018
ސުބުހާނަﷲ ، މިއީކާކޫ. މިއީ ހެލްތް މިނިސްޓްރީގައި އުޅުނު އެއްކަލަ ސީޒާދޯ. ތިޔަ، މިގާމު މީނައާއި ހަވާލުކުރުމަށްވުރެ ކެޔޮޅަކާ ހަވާލުކުރިޔަސް މާ ރަނގަޅުވާނެކަން ޔަގީން. މަގޭ ދަރިޔަކު ނުފޮނުވާނަން ތިތާކަށް.
އެހެންތޯ
09 October 2018
މިކުރަން އުޅޭ ކަން ބާއްވާފައި ކުރާ މީހާއާއި ދިމާ ކޮށްލާނީ ތަންދޮރު ނުދަންނަ ގައުމަށް ހެޔޮ ނޭދޭ މީހުން...އަމިއްލައަށް މުގާބޭ ކިޔަނީވެސް އެހެންވެ ކަންނޭނގް
ފޮނިޓައްޕު ހަސަނު
09 October 2018
ކޮބައިތަ މިއުޅޭ ދަރުބާރޭމެން ލާރި ކޮޅުދީން ކޮމެންޓަށް ޑިސްލައިކު ކުރަން ގެންގުޅޭ މީހުން.
ޢަބްދުﷲނާފިޒް
09 October 2018
މެޑިސިން ސްކޫލުގައި މި ވަގުތު ފުލްޓައިމް ގިނަ މުވައްޒަފުންނަކީ ބިދޭސީންނެވެ. އޭގެ ސަބަބަކީ މިވަގުތު އެ މަގާމަށް ދިވެހިން ލިބުން ދަތިވުން ކަމަށް ވެސް ވިދާޅުވި އެވެ. ދިވެހިން ލިބުން ދަތިކަމުން ރިސޯޓުތަކުގަވެސް ބިދޭސީން ގިނައީ، ހުނ..........................
ދީދީ
09 October 2018
ދިވެހިން ލިބުން ދަތި ކަމުން ރިސޯޓް ތަކަށް ދިވެހިން ހޯދަން ދަތީ... ތި ބުނީ ހަމަ ރަނގަޅަށް!!! ރިސޯޓްތަކަށް މިއަންނަ ކުދިންގެ މައްސަލައަކީ އެއްފަހަރުން އަރާ މަތީ ފަންތީގައި ޖެހެން ބޭނުންވުން.. ކުރިއަށް ދާނީ ކެތްތެރިވެ ކަންކަން ދަސްކޮށް އެމީހެއްގެ ގާބިލް ކަމާއި، މަސައްކަތައް ފަރުވާތެރިކަމާއި، ޕޮސިޓިވް ވިސްނުމެއްގައި މަސައްކަތް ކޮށްގެން.. 2 މަސް ކޮށްލާފައި ދެން ތިމަންނަޔަކަށް ނުވާނޭ ކިޔާފަ ދިޔަކަސް ނުވާނެ..
ހައްހައްހާ
09 October 2018
ޑީން އަކަށް ސިޔާސީ މީހަކު ކަމަކުނުދޭ.. ވަރަށް ބައެސްޑް މީހެއް
ދަރިވަރު
09 October 2018
ރާއްޖޭގަ ވާނެ ތިކަންތައް. މި އިންޑިޔާ ތަންތާ މެޑިކަލް ސްކޫލް ހިންގަނީކީ ކޮންމެހެން މާ މޮޅުތަކެއް ވެގެންނެއްނޫން. ބޭނުންވަނީ ރަނގަޅު ސިލަބަހެއް. އަދި ފުދޭވަރަކަށް ދަރިވަރުން ބިރު ގަންނުވާލާފަ ބޭތިއްބުން. އޭރުންދެން ކުދިން ވައިވާ އެއްޗިއްސައް ހެސްކިޔާފަ ކިޔަވާނެ. ހަމަ ހުވާމިބުނީ މީ އިންޑިޔާ ތަންތާ ކުދިން ކިޔަވާ ގޮތަކީ. އެކަމަކު ޑީން އަކަށް ލާންވާނީ އެކަޑަމިކް ތަޖުރިބާ ހުރި މީހެއް.