އެމްޕީއެލުން އިއްޔެ ގެނައި ޑަބަލް ޑެކާ ބަސް: މިއީ 90 މީހުންގެ ޖާގައިގެ ބަހެއް
09 އޮކްޓޯބަރ 2018 - 13:09
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު ހުރަސްކޮށް ކުރާ ބަސް ދަތުރުތަކުގައި ބޭނުންކުރުމަށް ޑަބަލް ޑެކާ ބަހެއް އެމްޕީއެލުން ގެނެސްފި އެވެ.
އެމްޕީއެލުން ބުނީ ސިނަމާލެ ބްރިޖްގައި ދޭ ބަހުގެ ހިދުމަތް ފުޅާކުރުމަށް، އިއްޔެ ގެނައި މި ބަހުގައި 90 މީހުންގެ ޖާގަ އޮންނާނެ ކަމަށެވެ. މިހާރު ދުއްވާ ބަސްތަކުގައި ގިނަ ވެގެން ދަތުރު ކުރެވެނީ 70 މީހުންނަށެވެ.
އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވިދާޅުވީ ބްރިޖްގެ ދަތުރުތަކުގައި މީގެ އަށް ބަސް ބޭނުން ކުރާނެ ކަމަށާއި ފުރަތަމަ ގެނައި ބަސް ދަތުރުތަކުގައި ބޭނުންކުރުމަށް އެ ބަސް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"މި ބަސް ރަޖިސްޓްރީ ކުރުމަށް އަޅުގަނޑުމެން މި ހަފުތާތެރޭގައި ޓްރާންސްޕޯޓަށް ހުށަހަޅާނަން. އަދި އެކަން ނިމުނުހާ އަވަހަކަށް ހިދުމަތް ދޭން ފަށާނަން،" އޭނާ ވިދާޅުވި އެވެ.
އިއްޔެ ގެނައި ޑަބަލް ޑެކާ ބަސް
ބްރިޖްގައި ދަތުރު ކުރުމަށް އެމްޕީއެލުން މިހާރު ނުވަ ބަސް ބޭނުން ކުރެ އެވެ. އެއީ މީހުން އަރުވައިގެން ދަތުރު ކުރާ، ސިޓީ ބަހުގެ ހަތް ބަހާއި މުދާ އުފުލޭ ދެ ކޯޗް ބަހެވެ.
ހަލީމް ވިދާޅުވީ ޕީކް ގަޑިތަކުގައި، ވަރަށް ގިނަ ބަޔަކު ބަހުގައި ދަތުރުކުރާ ކަމަށާއި އެ ނޫން ވަގުތުތަކުގައި ވެސް، މަދުނުވާ ވަރަށް މީހުން ބަހުގައި ދަތުރު ކުރާ ކަމަށެވެ. އެހެންވެ، ޑަބަލްޑެކާ ބަހުގެ ބޭނުން ވެސް ގިނަ ބަޔަކު ހިފާނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ.
އެމްޕީއެލްގެ އަމާޒަކީ ދަތުރުތަކުގައި 22 ބަސް ބޭނުންކުރުމެވެ. އަދި އަންނަ އަހަރު މާލޭގައި ބަހުގެ ހިދުމަތް ދޭން ފަށާއިރު، އެ އަދަދު 35 އަށް އިތުރުވާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖް ހުރަސްކޮށް، ހުޅުލެ އާއި ހުޅުމާލެއަށް ދިޔުމަށް ކުރާ ދަތުރުތަކަށް އަދި ފީ ނަގާކަށް ނުފަށަ އެވެ.
އެމްޕީއެލުން ބުނީ ބަހުގައި ދަތުރުކުރުމަށް، އެންމެ އެކަށީގެންވާ ފީ ކަނޑައަޅައި ޓްރާންސްޕޯޓް އޮތޯރިޓީ އަށާއި ރައީސް އޮފީހުގައި އޮންނަ "ބްރިޖް ކޮމެޓީ"އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އަދި އެ އިދާރާތަކުން ފައިނަލް ކުރިހާ އަވަހަކަށް، ފީ ނަގަން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާބަހޭ
09 October 2018
ޝުކުރިއްޔާ އެމްޕީއެލް، ރައީސް ޔާމީން އަދި އެމަނިކުފާނުގެ ސަރުކާރަށް.
12345
09 October 2018
މިހާރު އެމްޕީއެލްގަ ތިބި މީހުންނަށް ކާނެވަރަކަށް ކެވިއްޖެ މި 5 އަހަރު ތެރޭގަ. ދެން އަލުން އާބަޔަކު ގެނެސް އަނެއް 5 އަހަރު ކާން ފަށަން ވީ.. ކޮރަޕްޝަން އަށް ނިމުމެއް ނެތް.
މުރާސިލު
09 October 2018
ފައްކާ ވެހިކަލްތަކާ އެއްޗެހި ގެނެސް ޕަބްލިކް ޓްރާންސްޕޯރޓް ފުރިހަމަވެއްޖެނަމަ އެކަމުގެ ފަސޭހަކަން އެންމެނަށްވެސް ލިބޭނެއެވެ. އެކަމަކު ޓްރާންސްޕޯރޓާބެހޭ ކުންފުންޏެއް އޮއްވާ ބަނދަރާއިބެހޭ ކުންފުނިން އެކަން ކުރަންޖެހެނީ ކީއްވެތޯ އެއީ އުފެދޭ ސުވާލެކެވެ.
ސުކުން
09 October 2018
ސަރުކާރުން އެގޮތަށް ނިންމީ، މާލީގޮތުން އެކަން ކުރެވޭނެ ބަޔަކާ ހަވާލު ކުރަންވެގެން. ސޯޝަލް ސާރވިސް އެއީ މަންފާއެއް ލިބޭކަމެއްނޫން ވީމަ
މިލިޓަރީ
09 October 2018
މި ދިވެހި ރައްޖެގެ ކުންފުނިތަ. އިންޑިޔާއަ ނުވިއްކީޔާ ރަގަޅު ކިތަމްމެހާވެސް. ހެދީ ކޮންކަހަލަ ޑީލްތަކެއް ކަމެއްނޭގެ އަދި.
މަންޑޭލާ
09 October 2018
މިހާތަނަ އެރި ހުރިހާ ރައިސްސުންނައްވުރެ. ޔާމިން މި ޤައުމަ ގެނައިތަރައްގީ ރަގަޅު މީދޮގެއްނުން.
ޝޮކްތެރަޕީ
09 October 2018
ޔާމިންގެ ތަރައްގީ ރަގަޅު މަސްސަލައަކީ ރަގަޅުކަމެއްކުރިޔަސް ބައެއްމީހުން އިދިކޮޅަ ކޮމެންޓްކުރާތީ.
ދީދީ
09 October 2018
ތީ ތާރީހީ ބަހެއް، ޓުރޭމް ތައާރަފް ކުރުން މުހިއްމު
ހުސޭނުބެ
09 October 2018
މިހިރަ މިހިރަ ޑީލްތަކުން ހާދަހާވާ ބޮޑެތި މަންފާ ލިބޭނެއެވެ.
ިއިހުސާން
09 October 2018
ހުޅުމަލެ ގިމަތައިގަ ފެންގަނޑުހިންދޭ ގޮތް ހަދާލަބަލަ.
ވޮޗްޑޯގް
09 October 2018
ތިޔަ ބަހަށް އެންމެ ފުރަތަމަ އަރާ ސެލްފީއެއް ނަގާލަން ވާނެ. ކިއު ޖައްސަން ފަށަނީ ކޮން އިރަކު؟
ހަލީލްބެ
09 October 2018
ކިޔޫގަ ކިތައްމެ އިރެއްވިިޔަސް އަދި މިހާބިމުނުޖެހޭވަރަށް ފިތިގެންވެސް ތިބަހުގެ ފުރަތަމަ ދަތުރުކޮށްލަން ބޭނުން.