ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ބައެއް މެމްބަރުންނާ އެލައިސް މިއަދު ބައްދަލު ކުރައްވަނީ --- ފޮޓޯ/ސޯޝަލް މީޑިއާ
10 އޮކްޓޯބަރ 2018 - 13:08
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިޔާ އެލައިސް ވެލްސް ރާއްޖެ ވަޑައިގެންފި އެވެ.
ރާއްޖެ އާއި ސްރީ ލަންކާ އަށް އެލައިސް ކުރައްވާ ދަތުރުގައި އޭނާ ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. އޭނާ ވަނީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނާ މިއަދު ބައްދަލު ކުރައްވައިފަ އެވެ. އޭގެ ތެރެއިން، ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މި ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ.
އެލައިސްގެ ދަތުރުގައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ސަރުކާރުގެ އިސްވެރިންނާއި މަދަނީ ބައެއް ޖަމްއިއްޔާތަކާ ވެސް ބައްދަލު ކުރައްވާނެ އެވެ.
އެމެރިކާއިން ޖޯޑަން އަށް ކުރިން ކަނޑައަޅާފައިވާ ސަފީރުގެ މަގާމު ވެސް އަދާ ކުރެއްވި އެލައިސް، ދެކުނު އަދި މެދުތެރޭ އޭޝިއާގެ ކަންކަން ބަލަހައްޓާ ބިއުރޯގެ އިސްވެރިއަކަށް ހަމަޖެއްސީ މިދިޔަ އަހަރު އެވެ. އެ މަގާމަކީ އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްގެ ސީދާ ބެއްލެވުމުގެ ދަށުން އޮންނަ މަގާމެކެވެ.
އެލައިސް ރާއްޖެ ވަޑައިގަތްއިރު، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ މިދިޔަ ހަފުތާގައި ވަނީ އިބޫއަށް ގުޅުއްވައި، މަރުހަބާ ވިދާޅުވެފަ އެވެ.
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު، ބޭރުގެ ބައެއް ގައުމުތަކާއި ޖަމާއަތްތަކުގެ ސަފީރުންނާއި ވަފުދުތައް ރާއްޖެއަށް ވަނީ ޒިއާޔަތްކޮށް، އެކި ފަރާތްތަކާ ބައްދަލުކޮށްފަ އެވެ. ދާދިފަހުން ޔޫރަޕިއަން ޔޫނިއަން އާއި އިނގިރޭސިވިލާތުގެ ވަފުދެއް ވެސް ރާއްޖެއަށް ޒިއާޔަތްކޮށް، ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުންދާ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭލާ ވިސްނާ
10 October 2018
މާދުރު ކަރައެއްގެ ތިބި ބަޔަކު މިތާ ޑިމޮކްރަަސީ އާއި އެވެރިން އެމާނަ ކުރާ 'އިންސާނީ ހައްގުތައް' ގާއިމު ނުކޮއްގެން ހީވަނީ އެހެންފަދަ ކަމެއްހެން.
ކަންހުރިގޮތް
10 October 2018
އިސްލާމީ ޤައުމެއްވީމަ މިތަންފަސާދަ ކުރަން އުޅޭބަޔެއްތިއީ..
ދއނ
10 October 2018
އެމްޑީޕީގެ ވެރިކަން ވީއްޔަ ދެން މި އަންނަނީ. ....އަނެއްކާ ކެރެފާ ނަސީމް އުޅޭނެ ކަންނޭގެ އިޒްރާއިލް އާ ގުޅުން ބަދަހި ކުރަން....ވަރަށް ދެރަ ކަމެއް...ވެރިކަން ލިބުނީމަ ހަދާނެއް ނުހުރޭ ކުރި ވައުދު ތަކެއް ...
ބޮޑޭގެ ބޭބެ
10 October 2018
އެމެރިކާގެ ނުފޫޒުން މިރާއްޖެ ސަލާމަތްކުރަންވެއްޖެ.
ކިއްލިބާޝާ
10 October 2018
ދެންވައްތާލީ ޓްރަންޕު ތޯއްޗެ.
ހިދާޔަތު
10 October 2018
އެމެރިކާ، ސައުދީ، އިންޑިޔާ، ޗައިނާ ފަދަ ގައުމުތަކުގެ ނުފޫޒްތަކުން މިންޖުވެ، ގައުމުގަ ތިބި ކިޔަވައިގެން ތިބި މީހުންގެ ވިސްނުމާއި މަޝްވަރާއިން ގައުމު ހިންގަންވެއްޖެ!
އަހުމަދު އަޅި
10 October 2018
އެމެރިކާ، ސައުދީ، އިންޑިޔާ އަކީ ޗައިނާ ގެ ދުޝްމަނުން ފާޅުގައި ނުކީކަމުގައިވިޔަސް. ރާއްޖެއަކީ މިމީހުންގެ ސޭންޑްވިޗްގެ ކެބެޖް ކޮޅެއް، ޗައިނާގެ އިންޓަރެސްޓް ނަގާ ކޮންމެތަނަކަށް ޗައިނާ ކޮންޓެއިން ޕޮލިސީ އެމެރިކާއިން އެޕްލައި ކުރާނެ، ސިރީލަންކާ ގޮތައް ރާއްޖެމީ މިހާރު ޕޮލިސީގައި ލައްވާލާ ޤައުމެއް. އިންޑިޔާއަކީ އެމިރިކާގެ މިސަރަހައްދުގެ އެމެރިކާގެ ބޭސް.