ޚަބަރު / ރާއްޖެ-އެމެރިކާ

އެމެރިކާގެ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތުން ދެ ގައުމުގެ ދިރުން ހުރި ގުޅުން ދައްކުވައިދޭނެ: ރައީސް

ރައީސް މުއިއްޒު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން ‌‏އެފެއާޒް ޑޮނާލްޑް ލޫއާ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބައްދަލުކުރައްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި އެމެރިކާގެ ޚާރިޖީ ގުޅުމަށް އަންނަ އަހަރު 60 އަހަރު ފުރޭ މުނާސަބަތު ވާނީ ދެ ގައުމުގެ ދިރުންހުރި ގުޅުން ދައްކުވައިދޭނެ ދުވަހަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕަށާއި އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ޓެގު ކުރައްވައި، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެމެރިކާގެ ރައްޔިތުންނަށް މިނިވަންކަމާއި ކުރިއެރުމަށް އެދިވަޑައިގަންވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ މުނާސަބާ ވާނީ ދެ ގައުމުގެ ދިރުންހުރި ގުޅުން ދައްކުވައިދޭ މުނާސަބަތަކަށް ކަމަށެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ އެޕްރީލް 9، 1966 ގަ އެވެ.

13 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 5%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 37%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

05 July 2025

"ތި އެއްޗެއް ބައު ކުރައްވައިފިއްޔާ އައު ނުކުރައްވާން ދޭވެއެވެ. ކުުރު ކުރައްވައިފިއްޔާ ދިގުނުކުރައްވާން ދޭވެއެވެ." މިއީ ސުލްހަ ހުދައިބިއްޔާ އައު ކުރަން މުޝްރިކުންގެ ސަފީރު މަދީނާ އަށް ދިޔުމުން އޭނާ އަށް ލިބުނު އެއް ޖަވާބެވެ.

The name is already taken The name is available. Register?

ޖަރުމީ

05 July 2025

އިސްލާމްދީނާ އިދިކޮޅަށް އެމެރިކާއިން ހިނގާ ލާއިންސާނީ ޖާރީމާއަށް މި ގައުމުވެރިން ކަނުތަ.

The name is already taken The name is available. Register?

މޮ

05 July 2025

ޒަޔޯނިސް އެޖެންޑާޔާ ނުލާ ތިކަހަލަ ކަމެއް ކޮއްބަލަ. މަޖާ ތަންކޮޅަކީ އެމީހުންގެ ފަސްޓް ޕްރިއޮރިޓީ އަކީ އެމީހުންގެ އަމިއްލަ ގައުމެއްވެސް ނޫން ކަން!!

The name is already taken The name is available. Register?

ފަލަސްޠީން

05 July 2025

ފަލަސްޠީން ރައްޔަތުން މަރާހުސް ކުރަނީ އެހުންވެތޯ؟؟

The name is already taken The name is available. Register?

ވެންގަބޯ

05 July 2025

އަޅުގަނޑު މިއެދެނީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުން މިއެދޭނީ މަނިކުފާނުގެ އަރިހުގާ އެމެރިކާގެ ރައީސް ޓްރަމްޕަށް ދަންނަވާ ދެއްވާދެއް ޔަހޫދީން ފަލަސްތީނަށް ހަމަލާތައް ވަގުތުން ހުއްޓާލުމަށް ބުނެލަދީ ފަލަސްތީ ނަކީ ދިވެހި ރާއްޖެއާއި މުސްލިމުންގެ މިލްކީޔާތެއް ވީމާ ރާއްޖެޔާ ގުޅުން ބަދަހިިކުރަން ބޭނުމިއްޔާ ޓްރަމްޕް ކައިރީގައި ބުނެލަދީީ ޔަހޫދީން ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލުމަށް އަންގާ ދެއްވާ ޓްރަމްޕް

The name is already taken The name is available. Register?

ށސ11

05 July 2025

ބަލަ އެމެރިކާއާއި އިޒުރޭލާ ދެބައިމީހުންވެގެނޭ ފަލަސްތީނު ތަޅާ ސުންނާފަތިކުރަނީ. މުޖުރިމުންނާ ޖެހޭނީ ގުޅުންކަނޑަން

The name is already taken The name is available. Register?

ކޮންކޯޑު

05 July 2025

އެބެސީބަންދުކޮފަ ތިސޮރުފޮނުވާލާ

The name is already taken The name is available. Register?

ވެންގަބޯ

05 July 2025

އަޅުގަނޑު މިއެދެނީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުން މިއެދޭނީ މަނިކުފާނުގެ އަރިހުގާ އެމެރިކާގެ ރައީސް ޓްރަމްޕަށް ދަންނަވާ ދެއްވާދެއް ޔަހޫދީން ފަލަސްތީނަށް ހަމަލާތައް ވަގުތުން ހުއްޓާލުމަށް ބުނެލަދީ ފަލަސްތީ ނަކީ ދިވެހި ރާއްޖެއާއި މުސްލިމުންގެ މިލްކީޔާތެއް ވީމާ ރާއްޖެޔާ ގުޅުން ބަދަހިިކުރަން ބޭނުމިއްޔާ ޓްރަމްޕް ކައިރީގައި ބުނެލަދީީ ޔަހޫދީން ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލުމަށް އަންގާ ދެއްވާ ޓްރަމްޕް

The name is already taken The name is available. Register?

ޜރރރ

05 July 2025

ފަލަސްޠީނު މިނިވަންކޮށްދޭން އެދުނުނަމަ ރަނގަޅުވީސް

The name is already taken The name is available. Register?

ހހުސްހޮޅި

05 July 2025

އިސްލާމް ދީނާދެކޮޅު ދުނިޔޭން މުސްލިމުންމަރަން ގުޅުންބަދަހިކުރާ ބަެއްތި ޓެރެރިސްޓު އެމެރިކާ

The name is already taken The name is available. Register?

މަރުހަބާ60

04 July 2025

މެދުއިރުމައްޗަށް ބަލާލުމުން އެމީހުންގެ އަސްލު ސޫރަ ފެންނާނެ.

The name is already taken The name is available. Register?

ނޫނީ ޖެހޭނީ ފައިބަން.

04 July 2025

ވެރިޔަކަށް މިއަންނަ އެކަކަށްވެސް ނުފެންނާނެ.

The name is already taken The name is available. Register?

ހަމްދާ

05 July 2025

މުސްލިމުން މަރާ ބަޔަކު ތަމްސީލު ކުރާމީހަކާއި ބައްދަލު ކުރުމަކީ އެމީހުންނާއި އެއްބައިވުންނޫން ދެން ކޮންކަމެއްތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454