އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު (މ) ގެންދަވަނީ މުސްލިމް ނަންތައް ބަދަލު ކުރަމުން. --ފޮޓޯ:އޭޕީ
17 އޮކްޓޯބަރ 2018 - 14:02
އިލާހްއާބާދު (އޮކްޓޯބަރު 17) - އިންޑިއާގެ އެންމެ ބައިބޯ ސްޓޭޓުގައި ހިމެނޭ ތާރީޚީ ސިޓީއެއް ކަމަށްވާ އިލާހްއާބާދުގެ މުސްލިމް ނަން ބީޖޭޕީން ހިންދޫ ނަމަކަށް ބަދަލުކޮށްފި އެވެ.
އުއްތަރަ ޕްރަދޭޝް (ޔޫޕީ) ގައި ހިމެނޭ ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ދިރިއުޅޭ އިލާހްއާބާދަށް ދެން ކިޔާނީ ޕްރަޔަގްރާޖް ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ބުނެފަ އެވެ.
ޔޫޕީގެ ހެލްތު މިނިސްޓަރު ސިދާތު ނާތު ސިންގް ވިދާޅުވީ ސިޓީގެ ނަން ބަދަލު ކުރީ ކެބިނެޓުން ފާސްކޮށްގެން ކަމަށެވެ. ނަން ބަދަލު ކުރަން ހުށަހެޅީ ސްޓޭޓުގެ ޗީފް މިނިސްޓަރު ޔޯގީ އަދިތިޔާނާތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފާދިރީއެއް ކަމަށްވާ އަދިތިޔަނާތު މިދިޔަ އަހަރު ވެރިކަމަށް އައި ފަހުން ވަނީ ސްޓޭޓުގެ އެކި ތަންތަނަށް ކިޔާފައި ހުރި މުސްލިމް ނަންތައް ބަދަލު ކުރަން ފަށައިފަ އެވެ. ޔޫޕީ ސްޓޭޓުގެ 220 މިލިއަން މީހުންގެ ތެރޭން 19 ޕަސެންޓަކީ މުސްލިމުންނެވެ.
އިންޑިއާގެ ފުރަތަމަ ބޮޑު ވަޒީރު ޖަވާހަރްލާލް ނެހުރީ ނިސްބަތްވާ ސިޓީ އޮންނަނީ ވެރިރަށް ނިއު ދިއްލީގެ އިރު ދެކުނުން 650 ކިލޯ މީޓަރު ދުރުގަ އެވެ. އެ ސިޓީ އަށް އިލާހްއާބާދުގެ ނަން ދީފައި ވަނީ 16 ވަނަ ގަރުނުގައި ވެރިކަން ކުރި މުސްލިމް ވެރިންނެވެ.
އިލާހްއާބާދުގެ މުސްލިމް ނަން ބަދަލުކޮށްފައި މި ވަނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ޕާޓީން އިންޑިއާގެ ތާރީޚާ އާއި އައިޑެންޓީ އަށް ބަދަލު ގެންނަކަމަށް ތުހުމަތު ކުރާ ދުވަސްވަރެއްގަ އެވެ.
މޯދީގެ ބީޖޭޕީން ޔޫޕީގެ ކޮންޓްރޯލް މިދިޔަ މާޗް މަހު ނެގީ ވަރަށް ތަފާތު ބޮޑު ކޮށެވެ. އެއީ 1977 ވަނަ އަހަރުގެ ފަހުން އެ ސްޓޭޓުގައި ޕާޓީއަކުން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
އިންޑިއާގެ 1.3 ބިލިއަން މީހުންގެ އާބާދީގައި ހިންދޫންގެ ނިސްބަތަކީ 80 ޕަސެންޓެވެ. ސާދަ ޕަސެންޓަކީ މުސްލިމުން ކަމަށްވާ އިރު ދެން ހިމެނެނީ ކްރިސްޓިއަނުންނާއި ސިކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2222
18 October 2018
ދެން އަންނަ ދައުރެއްގައި މޮޑީ ނުހޮވޭނެ. މި ކޮމެންޓް ސޭވްކޮށްލާ
ނައިބުތުއްތު
18 October 2018
މިހުރިހާކމެއް ރާއްޖެއާއި މިގުޅުވަނީ ކީތްވެގެންތޯ؟ މާޒީގައި މިރާއްޖެއާއި ސިޔާސީގުޅުން އިންޑިޔާ އަދި ޗައިނާއާއިވެސް އޮތެވެ. އަދި އެހެން ޤައުމުތަކާވެސް އޮތެވެ. ނަމަވެސް ދިވެހިންގެ ތެރެއިން މަދު ބަޔަކު މީގެ ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކުރާތީ އެކަމުގެ ފައިދާ ނަގަން ޚާއްސަކޮށް ކުރިސްޓިއަން މުޖުތަމައުތަކުން މަސައްކަތްކުރަނީ. އަޅުގަނޑުމެންގެ ކަންކަން ކުރުމަށް އަޅުގަނޑުމެން ދަސްކުރަންވީ. ކްރިސްޓިއަން ފާދިރީންގެ ފަރާތުން މަދަދަށް އެދުން ހުއްޓާލަންވީ.
ވަތުބަތާނަ
18 October 2018
ބޮނޑު ޑިމޮކްރެސީގެ ޑިމޮކްރަސީކަން ފަތުއަޑުކިޔާފަ އެދަނީ ފަޅުވަމުން. ވީއިރު އެމީހުން މިގައުމާއި މިޤައުމުގެ ރައްޔިތުންނާއި މެދުވާ ލޯތްބަކީ ބުޅާ މަސްކިބައާއި ވާލޯބި ނޫންތޯ؟
މުސްލިމުން
17 October 2018
ތަނެއްގެ ނަމަކުން ނޫން އިސްލާމް ދީން އޮއްނަނީކީ ނުވަތަ މީހަކު ވެރިކަމަށް އައުމަކުން ނޫން އިސްލާމް ދީން އޮއްނަނީކީ އެހެން ނޫން ނަމަ އަޅުގަނޑު މެންގެ ސާހިބާ ކީރެތި ރަސޫލާ އަވަާރަވުމުން އިސްލާމް ދީން ފޮހެވުނީސް މީހަކަށް ހިތެއް ބަދަލެއް ނުކުރެވޭނެ އަދި ﷲ މަގުދައްކަވައިފި އަޅަކު މަގު ފުރައްދާނެ އެއްވެސް މީހަކުނުވާނެ.. ޢެއީ ޔަގީން ކަމެއް...
ތެދުބަސް
18 October 2018
ގައުމެއްގައި އިސްލާމް ދީން އޮންނަނީ އެތަނެއްގެ ވެރިކަމަށް ވަކިމީހަކު އައުމަކުންނެއްނޫނޭ ކިޔައިގެން މިވާހަކަ ދައްކާ ފަރާތްފަރާތުގެ ވިސްނުން ތިހުންނަނީ "....އަލިރަސްގެފާނެކޭ އަނދިރިރަސްގެފާނެކޭވެސް ވާނީ އެއްވަރޭ...." ބުނި މީހާގެ ވިސްނުމާ އެއްގޮތަށް.
ފައިސަލް
17 October 2018
ދެން ދުވަހަކުވެސް މި ކޯލިޝަން އަކަށް މަށެއް ވޯޓެއްނުދޭނަން. މި އިންޑިޔާގެ ވެރިންނަކީ ހާދަ ގޮތްކުޑަ , އިސްލާމްދީނަށް ޒާތީވެގެން އުޅޭ ބަޔެކޭ. ހަމަ ހައިރާންވެއްޖެ!
ބަނާނާ މޭން
18 October 2018
ރަނގަޅީ ތިކަހަކޮހުން ޕިންކީން ފަހަތުން ދިޔައީ އާ. މިކަމާ ކޯލިޝަންނާ ހުރި ގުޅުން އެނގުނުލެއް ބޮޑުކަމުން މިހެން ބުނަން މިޖެހުނީ. ތިގޮތައް ޗައިނާގަ މުސްލިމުންނައް ރޯދަހިފުން މަނާކުރި އެތާސަރުކާރުން، ދެން އެމީހުންނައްވެސް ވޯޓުނުލާނީތަ؟. ފައިސަލްގެ ވޯޓު އޭރުން އޮޓޯއިން ބާތިލްތާ އެވީ. ކޮޅަކުން ލައްވާނުލައިގެން.
ހެވަލޮކް
18 October 2018
ފައިސަލް ހީކުރީ ކަލޭ ނުލީމަ ނުހޮވޭނެ ކަމަށްތަ؟ 38000 މީހުން އަދިވެސް އެބަ ތިބި ކަލޭ ނުލައިވެސް. ތިކަހަލަ ޕްލާސްޓިކް، ނުވިސްނޭ، ނާތަހުޒީބު މީހުން ބޭނުމެއްވެސް ނެތް!
ދެން
17 October 2018
ދެން ބަދަލު ކުރާނީ ރާއްޖޭގެ ރަށެއްގަ އިސްލާމް ދީން
ފިލި އަންނި
17 October 2018
އިންޑިއާގެ ހިންދީ ވަގުން ދަނީ އިންޑިއާގައި ހުރި މުސްލިމް ތަރިކަތަށް ނައްތާ އިސްލީ ނަންތަށް ނައްތާލަމުން. މިއީ މޯދީ ، ޔޯގީ ހިންދީ ވަގުން ކުރާކަމެއް.