ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ބޮޑު މޮޅަކާ އެކު ޓީސީން އެއް ވަނައިގައި ލީޑު ދަމަހައްޓައިފި

ޓީސީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ ބުރުގެ ފަހު މެޗުން މިރޭ ށ. ފޯކައިދޫ އަތުން 4-0 އިން ހޯދި ބޮޑު މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފަ އެވެ.

ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު ޓީސީ އެއް ވަނައިގައި އޮތީ 24 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 20 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މާޒިޔާގެ އޮތީ 19 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް 18 ޕޮއިންޓް ލިބުނުއިރު ފަސް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ.

ހަ ވަނައިގައި އޮތް ވިކްޓަރީ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި ފޯކައިދޫ އަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. އަށް ވަނައިގައި އޮތް ނިލަންދޫ އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ބ. ފެހެންދޫ ނުވަ ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ތ. ތިމަރަފުއްޓަށް ލިބުނީ އެންމެ ޕޮއިންޓެެކެވެ. ލީގުގެ ދެ ވަނަ ބުރުގައި ކުޅޭނީ ގަދަ އަށް ޓީމެވެ. އެހެންކަމުން ފެހެންދޫ އާއި ތިމަރަފުށި ވަނީ ރެލިގޭޓްވެފަ އެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް އަވަސް ކުޅުމެއް ފެނިގެންދިޔައިރު ޓީސީން ވަނީ މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގައި ވެސް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. މެޗުގެ ތިން ވަނަ މިނިޓްގައި އިބްރާހިމް ވަހީދު (އިއްބެ) ނަަގައިދިން ހުރަހަކުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވޮލީ އަކުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން މެޗުގެ ނުވަ ވަނަ މިނިޓްގައި އަލީ އަޝްފާގު (ދަގަނޑޭ) ހުސްކޮށްލާފައި އިއްބެ އަށް ޖައްސާލި ބޯޅަ އޭނާ އަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

މެޗުގެ 16 ވަނަ މިނިޓްގައި ފޯކައިދޫގެ މިސްރު މިޑްފީލްޑަރު ހަލީލް ޖަމާލް ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ މިނިޓެއް ފަހުން ޓީސީން ވަނީ ފޭދޫ އިއްބެގެ ގޯލުން ލީޑުނަގައިފަ އެވެ. އަރިމަތިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް އޭރިއާ ކައިރިން ފޭދޫ އިއްބެ ގޯލަށް ބޯޅަ ވައްދާލީ ހަނި އޭންގަލުންނެވެ. ފޯކައިދޫގެ ކީޕަރު ޕާކިސްތާނުގެ ހަނީފް ސާގިބް ހުރީ ފޭދޫ އިއްބެ އެ ބޯޅައިން ހުރަހެއް ނަަގާނެ ކަމަށް ވިސްނައިގެންނެވެ.

ފޯކައިދޫގެ ދެ އަތިމަތިން ކުޅެމުން ދިޔަ މުހައްމަދު ޖައިލަމް (އޮގީ) އާއި އަހުމަދު އުސާމަށް ލިބޭ ބޯޅަތަކުގެ އެންމެ ރަނގަޅު ބޭނުމެއް ހިފޭގޮތެއްނުވި އެވެ.

އޭގެ ފަހުން ދެ ޓީމުގެ ފަރާތުން ފުރަތަމަ ހާފުގައި މާ ނުރައްކާތެރި ހަަމަލާތަކެއް ނުފެނެ އެވެ. ދެ ޓީމުގެ ފަރާތުން ގިނަ ފައުލުތަކެއް ފެނުނުއިރު، ރެފްރީ ޒައީމް އަލީގެ ނިންމުންތަކާ މެދު ދެ ޓީމުގެ ބެންޗުން ވެސް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ޓީސީން ދެ ވަނަ ހާފަށް ނުކުތީ އަހުމަދު ރިލްވާން (ބެން)ގެ ބަދަލުގައި މުހައްމަދު އައްޒާމް ޓީމުގައި ހިމަނައިގެންނެވެ. ބެން ބަދަލުކުރިއިރު އޭނާ އަށް ފުރަތަމަ ހާފުގައި ރީނދޫ ކާޑެއް ވަނީ ދައްކައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ޓީސީގެ ސައްޓު އުފާފާޅުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މެޗުގެ 51 ވަނަ މިނިޓްގައި އޭރިއާ ބޭރު ރޮނގުކައިރިން ޓީސީ އަށް ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު ސާމިރު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ދިހަ މިނިޓް ފަހުން އިޝާން އިބްރާހިމް (ސައްޓު) ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ފޭދޫ އިއްބެ ބޮލުން ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ.

ފޯކައިދޫ އަށް މައްސަލަ ދިމާވީ އަނިޔާގެ ސަބަބުން އެ ޓީމުގެ ފަހަތަށް ކުޅެމުންދިޔަ ދެ ޑިފެންޑަރުން ބަދަލުކުރި ހިސާބުންނެވެ. ޓީސީން ވަނީ އޭގެ ފަހުން ތިން ގޯލު ޖަހައިފަ އެވެ.

ޓީސީގެ ދެ ވަނަ ލަނޑު މެޗުގެ 79 ވަަނަ މިނިޓްގައި ކާމިޔާބުކުރީ ސައްޓު އެވެ. ފޯކައިދޫގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ސައްޓު އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އޭގެ މިނިޓެއް ފަހުން ދަގަނޑޭ ހުސްކޮށްލާފައި ދިން ބޯޅައަކުން ސައްޓު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މެޗު ނިމެން ދެ މިނިޓަށްވެފައި ހުއްޓައި ޓީސީގެ ހަތަރު ވަނަ ލަނޑު ޖެހީ ދަގަނޑޭ އެވެ. ކޯނަަރަކުން އައްޒާމް ނަގައިދިން ބޯޅައަކުން އޭރިއާ ރޮނގުމަތީގައި ހުރި ދަގަނޑޭ އަށް ލިބުމުން އޭނާ ވަނީ އެއް ފަހަރުން ޖަހައި ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ ދަގަނޑޭ އަށެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ވަރަށް ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭއިރު އަނިޔާގެ މައްސަލަތައް ދިމާވުމުން ފޯކައިދޫ ކަހަލަ ޓީމަކަށް ވަރަށް އުނދަގޫވާނެ ކަމަށާއި މި މެޗުގައި ވެސް ފަރަގު އެހާ ބޮޑުވީ މުހިއްމު ދެ ޑިފެންޑަރުންނަށް އަނިޔާވި ހިސާބުން ކަމަށެވެ. އަދި މި ނަތީޖާ އަކީ އެންމެ އުއްމީދުކުރި ނަތީޖާއެއް ނޫން ކަމަށް ބުންޏެވެ.

"މެޗުތައް ކައިރި ކައިރީގައި ކުޅެން ޖެހުނީމަ ކުދިކުދި ސްކޮޑުތަކަށް ވަރަށް އުނދަގޫވާނެ. ފަސް ވަރަކަށް މެޗު މި ކުޅެވުނީ ވަރަށް ކައިރިކައިރީގައި. ކުރިއަށް އޮތްތަން ވެސް އޮތީ އެހެން. މި ޓީމު އެކުލަވާލައިފައި އިންގޮތުން އެއްވެސް މެޗަކަށް ނުނިކުންނަން ފަހަތަށް ޖެހިގެން ކުޅެން. ކޮންމެ މެޗެއް ވެސް މޮޅުވާން ކުޅެނީ އެ ވިސްނުމުގައި ކުޅޭ ޓީމަކަށް މި ސްކޯ ވަރަށް ޑިސަޕޮއިންޓިން،" ނިސްތާރު ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗަށް ނުކުތްއިރު ވެސް މިއީ އުނދަގޫވާނެ މެޗެއްކަން އެނގޭ ކަމަށާއި ފޯކައިދޫ އިން ދެއްކި ކުޅުމަށް ތައުރީފްކުރާ ކަމަށެވެ.

"އިދިކޮޅަށް ކުޅުނު ފޯކައިދޫ ޓީމަށް ތައުރީފް ހައްގު. ވަރަށް ރަނގަޅު މެޗެއް. އަށްޑިހަ މިނިޓާ ހަމައަށް ފޯކައިދޫ ވަރަށް ރަނގަޅަށް ކުޅެފި. އެނގޭ މެޗު އުނދަގޫވާނެކަން. ވަރަށް ރަނގަޅަށް ދިޔައީ ކުރީކޮޅުގައި ލަނޑު ޖެހުނީމަ. ދެން ހަމަ އެ ވާނުގައި ވެއްޓުނަނުދީ ހިފެހެއްޓީމަ އެންމެ ފަހު ގަޑީގައި އިތުރު ލަނޑުތަކެއް މި ޖެހުނީ. އެވްރެޖްކޮށް މިއީ ވަރަށް ރަނގަޅު މެޗެއް،" ނިޒާމްބެ ބުންޏެވެ.

ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ.

6 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހެހެހހެެހެބބއބބއބއ

21 October 2018

ދަގަނޑޭ ފޯކައިދޫ އައް ގެން ގޮއްސިއްޔާއޮއްނާނީ އެއްވަނައިގަ ޖޭވިޔަސް ބޮދުވަރު ތީ އިނގޭ

The name is already taken The name is available. Register?

ސުޒޭން

20 October 2018

ދަގަނޑޭ ޓީސީ ހަލާކުކުރުމުގެ ކުރިން ގެންދެބަ ފޯކައިދޫއަށް ޕްލީޒް

The name is already taken The name is available. Register?

ހެކކއކކއކއކކއ

21 October 2018

މީ ސެންޓޭ މެން ލިޔާ އެއްޗެހި

The name is already taken The name is available. Register?

ބަބަބަބަފފގފ

23 October 2018

(ސުޒޭން ދަގަނޑޭ ޓީސީ ހަލާކުކުރުމުގެ ކުރިން ގެންދެބަ ފޯކައިދޫއަށް ޕްލީޒް) ސުޒޭން އައްބުނެލަން އޮތީ އިއްޔެ ވިކްޓްރީ ކޮޅައް ޓީސީ ޖެހި 4 ގޯލަކީ ދަގޭ ޖެހި 4 ގޯލޭ އަދި ހެޓްރިކް ވެސް ހަދާފަ އެއޮތީ ދަގޭ ޓީސީ އައް ދިޔަފަހުން އެއްވަނާގަ އެއޮތީ އިންސާﷲ ކުރިއައް

The name is already taken The name is available. Register?

މެންޗެސްޓާރ ޔުނައިޑެޓް

19 October 2018

ޓީސީއަށް ވެސް މާލީދަތިކަން އޮތްވާހަކަ ކޯޗްބުނި. އެކަމް ދަނޑް މަށްޗަކުން އެކަމެއް ނުދަށްކާ. ނިއު ގެ ކޯޗް އަބަދުބުނާނި މާލީދަތިކަން ދަޑުމަތިން ފެންނަނި. އެހެންނެންނޫންވަނީ ކޯޗަން ކުޅުންތެރިން ގެން ގުޅެންވެސް ނޭގެނި..ތިބުނާ ފުދިގެން ބަރާބަރަށްު މުސާރަ ދޭބަޔަކު ނެތް.

The name is already taken The name is available. Register?

މެންޗެސްޓާރ ސިޓީ

19 October 2018

ދޮންކަލޯ ޓީސީގެ ކުޅުންތެރިންނަށް މުސާރަ ނުދެވިފައިއޮތީ އެއްމަސް ނުވަތަ ދެމަސް. އެވެސް މަދު ކުޅުންތެރިންތަކަކަށް. ގިނަ ކުޅުންތެރިންނަށްދަނީ މުސާރަދެމުން. އަނެއްކާ ޓީސީއިން ކުޅުންތެރިން ކުޑަ އަގުގައި ގަނެފައި ދެނީވެސް ވަރަށް ބޮޑު ނޫނަސް އެކަށީގެންވާވަރުގެ މުސާރައެއް. އެކަމަކު ނިއުގެ ބެންޗުގައި ހުންނަ ކުޅުންތެރިޔަކަށްވެސް ޓީސީގެ ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިޔަކަށްވުރެ ބޮޑު މުސާރައެއް ކަނޑައަޅާފައިވޭ. އެހެންވީމާ ނިއުއަށް މުސާރަ ނުދެވޭނެތާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454