އިމްރާންއާ އިބޫ ބައްދަލު ކުރެއްވުމަށް ފަހު އެ އާއިލާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން: އިމްރާންގެ މައްސަލަ ސުޕްރީމް ކޯޓުން ބާތިލް ކުރާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އަދާލަތު ޕާޓީން ބުނޭ -- މިހާރު ފައިލް ފޮޓޯ
23 އޮކްޓޯބަރ 2018 - 14:36
އަދާލަތު ޕާޓީގެ ލީޑަރު ޝައިޚް އިމްރާން އަބްދުﷲގެ މައްޗަށް ކޮށްފައިވާ 12 އަހަރުގެ ޖަލު ހުކުމް ބާތިލު ކުރުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވާނީ ގާނޫނާއި ގަވާއިދާ ހިލާފަށް އިމްރާންގެ މައްޗަށް ހުކުމްކޮށްފައިވާތީ އެކަން ބާތިލު ކޮށްދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް އުއްމީދު ބޮޑު މި މައްސަލައިގައި ކާމިޔާބު ލިބޭނެ ކަމުގެ. އިމްރާނަށް ހުކުމް ކުރިއިރު އެ މައްސަލަ އަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބެލެވޭ. އަދި ފަހުން އދ. އިން ވެސް އެ ވަނީ ބުނެފައި އިމްރާންގެ މައްޗަށް ހުކުމްކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް،" އަލީ ޒާހިރު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އިމްރާންގެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ނަމަވެސް ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ.
ދިގު މުއްދަތުގެ ޖަލު ހުކުމެއް އިމްރާނަށް އިއްވީ، މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ.
އިމްރާނަށް ހުކުމް އިއްވީ ބޭއިންސާފުން ކަމަށް ބުނެ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅުމުން އެ ގްރޫޕުން ނިންމާފައި ވަނީ އިމްރާނާ އެއްކޮޅަށެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުވުމާއެކު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ އިމްރާނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އިމްރާނާއެކު ސިޔާސީ ހުރިހާ ލީޑަރުން ދޫކޮށްލުމަށް މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަށް އިބޫ ވަނީ ގޮވާލައްވައިފަ އެވެ.
ރިޝްވަތު ދިން ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކޮށްފައި އޮތް ހުކުމް އާދީއްތަ ދުވަހު ހައި ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. އަދި އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ހުކުމް ވެސް މިދިޔަ ހަފުތާގައި ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަކީނާ
23 October 2018
މިއޮތީވާ އިންސާފެއް... ވާސަރީ
ނަންރީތިކަޅޭ
23 October 2018
މިހާރު ހުއްނެވި އުއްތަމަފަޑިޔާރު ކުރައްވަންވީ ކަމަކީ 1 ފެބްރުއަރީ ގައި ނެރުނު ހުކުމް ގެ ބައިތައް މުރާޖާކޮއް އޭގެތެރެއިން ސަސްޕެންޑް ކުރިބައިތަށް އަލުން ނިއްމެވުން. ކެރޭނެތޯ؟
ވާލުސޮރު
23 October 2018
ކެތްތެރިކަމަކީ މާތް ސިފައެއް. ވެރިކަމުގެ ފުރަތަމަ ދުވަހު ހުރިހާ ސިޔާސީ ކުށްވެރިން މިނިވަންކުރާނެ ކަމަށް އިންތިޚާބީ ރައީސް ވަނީ ވައުދުވެފަ! އެހެންކަމުން މިހިސާބުން އުފެދޭ ސުވާލަކީ ސިޔާސީ ބޭފުޅުން މިހާ ކެތްތެރިކަން ކުޑަވެގެން މިއުޅެނީ ކީއްވެބާއޭ؟ އެއް ނަޒަރަކުން ބަލާއިރު މިއީ ޝަރުޢީ ދާއިރާ އާ ތަންފީޒީ އިދާރާތައް "ޓެސްޓްކޮށްލަން" ކުރާކަމެއް. ދެވަނަ ނަޒަރަކުން ބަލާއިރު މިއީ "ކޯލިޝަން ރޫޅާލުމަށް ރައީސް ޔާމީނާ ގުޅިގެން ބަޔަކު ރާވައިގެން ކުރާކަމެއް"!
އެހެންތާ ؟
23 October 2018
ތި ހުކުމްތައް ކުރިން ނެރުނުމީހުން ކޮބާ ؟؟
ފާސްނުވާ ޑރ
23 October 2018
ހުކުން ލިޔުނުމީހާ އެބަހުރި ހީވަނީ އިބޫ ހުވާކުރުމުގެ ކުރިން ފިލާނެހެން...
ގޮނާސަކް
23 October 2018
އިމްރާންގެ ޖަލު ހުކުމް ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި ކޮންމެވެސް އެހެން ސިޔާސީ ލީޑަރު ކުށްވެރި ނުވާ ކަމަށް ހުކުމް ކޮށްފި މީއޭ ސެޕްޓެމްބަރު 23 ގެ ފަހުން ރާއްޖޭގެ މީޑިއާ ތަކަށް ގެންނާން ފެންނަ ޚަބަރު ތަކަކީ މީ އިބޫ އަށް ވެރިކަން ކުރަން ހަވާލު ވުމުގެ ކުރިން ހޯމް ވާރކް ހަދަން ލިބުނު ރަނުގެ ފުރުސަތެކޭ އެ ފުރުސަތު މި ނަގާލަނީއޭ މިޒާތުގެ ކަންކަމުގައި އެމްޑީޕީން ދީސް އާރ ދަ ތިންގްްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ...
ފާސްނުވާ ޑރ
23 October 2018
ފުރަތަމަ ވައުދު އިންސާފު.. މިހާރު އެދަނީ އިންސާފު ލިބެމުން ހުވާނުކުރަނިސް... ގޮނާސަކް ކުރަންވި ކަމަކީ ހަޖަމް ކުރަން ދަސްކުރަންވީ...
ފާސްނުވާ ޑރ
23 October 2018
އިމްރާންއަށް ސުވާލެއް.. ދީނައްޓަކައި ގައުމައްޓަކައި ތިބޭފުލުން ގެނައި ސަރުކާރު ކިހިނެއް... ރައީސް އިބޫއާ ދެކޮލައް ނުތެދުވާނެކަމަށް ހީކުރަން މިނިވަން ވިޔަސް...
އަބްދުއްﷲ
23 October 2018
ތެދުވަންވީމައި ތެދުވާނެ ކާސިމެއް ، ފާތުމައެއް މަރިޔަނބެއް ނެތި ، ގޯސްވީމައި ތެދުވާނެ އެއީ މީހަކު ބުނެގެން އަދިނުބުނެގެން ކުރާކަމެއްނޫން
މޮޔަ ޔމނ
23 October 2018
ތެދުވީ ހަމަ ގޮޅި... މިފަހަރު ހިތްތިރި އެއްނުވާނަން...