ކުރީގެ ރައީސް ރާޖަޕަކްސާ އަށް ސިރިސޭނާ ރޭ ވަނީ ބޮޑު ވަޒީރުކަން ދެއްވައިފައި. --ފޮޓޯ:އޭއެފްޕީ
27 އޮކްޓޯބަރ 2018 - 15:01
ކޮލަމްބޯ (އޮކްޓޯބަރު 27) - ސްރީ ލަންކާ ޕާލަމެންޓް ރައީސް މައިތުރިޕާލާ ސިރިސޭނާ މިއަދު ސަސްޕެންޑް ކުރުމުން ގައުމުގެ ސިޔާސީ ހާލަތު އިތުރަށް ގޯސްވެއްޖެ އެވެ.
ޕާލަމެންޓަރީ އޮފިޝަލުން ބުނީ ސިރިސޭނާ ވަނީ 225 މެންބަރުން ހިމެނޭ ޕާލަމެންޓުގެ ހުރިހާ ބައްދަލުވުންތަކެއް ނޮވެމްބަރު 16 އާ ހަމައަށް ސަސްޕެންޑްކޮށްފައި ކަމަށެވެ.
ޕާލަމެންޓް ސަސްޕެންޑް ކުރި އިރު ބޮޑު ވަޒީރުކަމުގެ މަގާމުން ރޭ ދުރުކުރި ރަނިލް ވިކްރަމަސިންހަ ވަނީ ޕާލަމެންޓުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ ބައްދަލުވުމުގައި އޭނާގެ ޕާޓީ އަށް މެޖޯރިޓީ އޮތްކަން ދައްކައިދޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރަނިލް ގެންދަވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުންނެވެ. އޭނާ ވިދާޅުވީ ރައީސް އަށް ބޮޑު ވަޒީރު މަގާމުން ދުރުނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ޕާލަމެންޓަށް ކަމަށެވެ.
ލަންކާ ޕާލަމެންޓުގެ ބައްދަލުވުންތައް ފަށަން ކުރިން ހަމަޖެހިފައި އޮތީ ނޮވެމްބަރު މަހު 5 ވަނަ ދުވަހު އެވެ. ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިޔާ ވަނީ ހުރިހާ ފަރާތްތަކަކުން ވެސް ހަމަޖެހުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
ލަންކާގައި ތިބޭ ހުޅަނގުގެ ޑިޕްލޮމެޓުން ވެސް ވަނީ ގައުމުގެ ހަމަޖެހުން އިސްކުރުމަށް ގޮވާލައިފަ އެވެ.
ބޮޑު ވަޒީރުކަމުގެ ހުވާ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ރޭ ކުރެއްވުމާ އެކު އެމަނިކުފާނުގެ ސަޕޯޓަރުން މީޑިއާ ހައުސްތަކަށް ވަދެ ސްޓާފުންނަށް ބިރު ދައްކަމުންދާ ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެކޭމީހާކިޔާމީހާ
28 October 2018
ރީތިއިލޮށިގަނޑެއް ފޭއްސައިފިއެވެ. ދެރަކަމަކީ ތިފޭހޭއިލޮށިގަނޑު ލޮލަށްވަންނާނީ ކިހާއަވަހަކަށްކަން ނޭނގޭތީއެވެ.
ގާސިރު
28 October 2018
އިންޑިޔާއާއި ހުޅަނގުން ރާވައިގެން ރާޖަ ޕަބްސާގެ ވެރިކަން ވައްޓާލީ،،، އެއަށްފަހު ޤައުމު ދިޔައީ އިނދަޖެހެމުން.. އެހިސާބުން ސިރިސޭނާއަށްވެސް އަދި ރައްޔިތުންނަށްވެސް ރޭކާލީ،، އެހެންވީމާ އަލުން ކުރީގެ ޙާލަތައް ބަދަލު ކުރެވޭތޯ މަސައްކަތް ކުރަނީ... ރާއްޖޭގައިވެސް ވާނީ ހަމަ މިހެން..
ފަޤީރުކަލޯ!
27 October 2018
ލަންކާގެ ކަންތައްތައްވެސް އެދަނީ ޤާނޫނާ ޚިލާފަށެވެ. އެހެން އެވަނީ އެކަން ކުރަން މަބޫރު ވެގެން! ބޭރުގެ ނުފޫޒް ވަދެ އެތެރޭގެ ހުރިހައި ކަމެއްގެ މައްޗަށް ނުފޫޒް ފޯރުވަން ފެށީމާ ޤައުމުދެކެ ލޯބިވާ ޤައުމުގެ ދަރިންނަށް މަޖުބޫރުވޭ ބޭރުގެ ނުފޫޒު ކަނޑުވަން ބައެއްފަހަރު ޤާނޫނާ ޚިލާފު ޢަމަލުތައްވެސް ކުރަން! ރާޖަޕަކުސަ ތަމަޅައިންގެ އުނދަގުލުން ލަންކާ ސަލާމަތް ކުރުމަށްފަހު ޗައިނާގެ ސަބަބުން ލަންކާ ކުރިއަށް ދުއްވައި ގަތީމާ އިންޑިޔާ އެއުޅެނީ ހަޖަމުނުކުރެވިގެން!
ފެހި ގާނޫނު
27 October 2018
ލަންކާގަ ވެސް ސިޔާސީ ކަންތައްތައް އެދަނީ ބޭއިންސާފުން ގާނޫނާ ގަވާއިދާ ޙިލާފަށް.
ފަޤީރުކަލޯ!
27 October 2018
ތީ ޔެލޯ ޤާނޫނު!
ކިއްލިބާޝާ
27 October 2018
އަނެއްކާ މިމީހުން ބޮޑު ފައިޓަކަށްދާންއުޅޭހެން ހީވަނީ. ދެން އަނެއްކާ ޓައިގަރުންފަދަ ވަކިވެގަންނަންއުޅޭ ޖަމާއަތެއް ނޫފެދޭނެބާއޭ މަ ހިތަށް އަރަނީ.