ވިޔަފާރި / އެޑްވަޓޯރިއަލް

ދުނިޔޭގެ މަޝްހޫރު ބްރޭންޑް "ދި އޯގޭނިކް ފާމަސީ" ރާއްޖެ އަށް

28 އޮކްޓޯބަރ 2018 - 12:00

5 comments

"ދަ އޯގަނިކް ފާމަސީ"ގެ އުފެއްދުންތަކަކީ ކިމް އަދި ކްލޯއި ކާޑޭޝިއަން، ރީޓާ އޯރާ، ޓޭލާ ސްވިފްޓް، މައިލީ ސައިރަސް އަދި މެޑޯނާ ފަދަ މަޝްހޫރު އެތައް ތަރިންނެއް ބޭނުންކޮށް އެ ފަރާތްތަކުގެ އިތުބާރާއި ލޯބި ހޯދާފައިވާ އުފެއްދުންތަކެކެވެ. އެކަމުން ވެސް، އެ އުފެއްދުންތަކުގެ ކޮލެޓީ ރަނގަޅުކަން އެނގިގެންދެ އެވެ. އޯގަނިކް ފާމަސީގެ އުފެއްދުންތައް ރާއްޖެ ހިމެނޭ ގޮތަށް 36 ގައުމެއްގައި މިހާރު ވެސް އަންނަނީ ވިއްކަމުންނެވެ. މާލޭގެ އިތުރުން ސިކްސް ސެންސަސްގެ ހުރިހާ ރިސޯޓަކާއި ޝަންގްރިއްލާގެ ރިސޯޓުތަކުގައި އެ ފާމަސީގެ އުފެއްދުންތައް ވިއްކަ އެވެ.

އިނގިރޭސި ވިލާތުގެ "ދަ އޯގަނިކް ފާމަސީ" އިން ދޭ އިތުބާރަކީ މިއީ އެވެ؛ އެ ބޭނުންކުރުމުން ހަންގަނޑަށް އަދި ހަށިގަނޑަށް ވެސް ގެއްލުމެއް ނުލިބޭނެ އެވެ. އޭގެ ބަދަލުގައި ގުދުރަތީ އުފެއްދުންތަކާއި ހަމަށް ކެންސަރު ޖެހޭ ފަދަ އެއްވެސް މާއްދާއެއް ނުހިމަނާ ތައްޔާރުކުރާ، "ދަ އޯގޭނިކް ފާމަސީ"ގެ އުފެއްދުންތަކުގެ ފައިދާ ކުރެ އެވެ. އެހެންކަމުން އޯކިޑް މަގުގައި ހުންނަ "އޮން ވީ" ފިހާރަ އިން ލިބެން ހުރި މި ޕްރޮޑެކްޓުތަކުގެ ފައިދާ އަވަހަށް ހޯދާލާށެވެ.

"އޮން ވީ" ފިހާރައިގެ އެތެރެ: އޯކިޑްމަގުގައި ހުޅުވާފައި ހުންނަ އެ ފިހާރައިން ހަންގަނޑަށާއި ހަށިގަނޑަށް ރަނގަޅު އުފެއްދުންތައް ލިބޭ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެ ފާމަސީގެ ޓްރެއިނިން މެނޭޖަރު ލައިލާ އާސިދު ވަނީ، އެތަނުގެ އުފެއްދުންތަކާ ބެހޭ ޓްރެއިނިން އެއް ދިނުމަށް މި މަހުގެ ކުރީކޮޅު ރާއްޖެ ވަޑައިގެންފަ އެވެ. އެ ދަތުރުގައި "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ 'ދަ އޯގޭނީކް ފާމަސީ' އިން އުފައްދާ ފަދަ ޕްރޮފެޝަނަލް އުފެއްދުންތައް ބޭނުންކޮށްގެން މީހާގެ ހަންގަނޑަށް ބޮޑު ބަދަލެއް އަންނަ ކަމަށެވެ. އެގޮތުން މިފަހުން އެންމެ ބޮޑު ސަމާލުކަމެއް ދީގެން އުފައްދާފައިވަނީ އެންޓި އޭޖިން ނުވަތަ ހަންގަނޑު ވީހާ ވެސް ޒުވާންކަންމަތީ ބެހެއްޓޭނެ ފަދަ ޕްރޮޑަކްޓެކެވެ. އެ އުފެއްދުމަށް ވެސް ރަނގަޅު ތަރުހީބެއް ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ 'ދަ އޯގޭނިކް ފާމަސީ'ގެ އުފެއްދުންތައް ގަންނައިރު އެ އުފެއްދުމާ ބެހޭ ފުރިހަމަ މައުލޫމާތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އޭގެ ސަބަބުން ފުރިހަމަ ޔަގީންކަމާއެކު އެ އުފެއްދުންތައް ބޭނުންކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ލައިލާ ވިދާޅުވި ގޮތުގައި 'ދަ އޯގޭނިކް ފާމަސީ' އިން އެއްޗެހި ތައްޔާރުކުރާއިރު އެންމެ ސަމާލުކަން ދެނީ ގުދުރަތީ މާއްދާތަކުގެ ގޮތުގައި ބޭނުންކުރާ މާއްދާތައް އެންމެ ޕިއޯ (ފަސްޓް ޕްރެސްޑް) ކޮލިޓީގައި ބޭނުންކުރުމަށެވެ. މިގޮތަށް 'ފަސްޓް ޕްރެސްޑް' ކޮލިޓީގެ ތަކެތި އުފެއްދުންތަކުގައި ބޭނުންކުރުމުން، އުފައްދާ ތަކެތީގެ ފައިދާ އެންމެ މަތީ ދަރަޖައަށް އެ ބޭނުންކުރާ ފަރާތްތަކަށް ކުރާތީ ގިނަ ބައެއްގެ ތަރުހީބު މި އުފެއްދުންތަކަށް ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި 'ދަ އޯގޭނިކް ފާމަސީ'ގެ އުފެއްދުންތައް ތައްޔާރުކުރާ ފެކްޓްރީއަކީ ވަރަށް ސާފުތާހިރު ތަނެއް ކަމަށާއި އެތަނުގެ ސާފުތާހިރުކަމުގެ މިންގަނޑު ހުންނާނީ ޔޫރަޕާއި، އިގިރޭސިވިލާތުގެ ސިއްހީ ރެގިއުލޭޝަނާއި އެއްގޮތަށް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

ހަންގަނޑަށް ހާއްސަކޮށްގެން ދި އޯގޭނިކް ފާމަސީން އުފައްދާފައިވާ ފާމިން ކްރީމް

"މި އުފެއްދުންތަކުން އެއްވެސް ސައިޑް އިފެކްޓެއް ނެތި، ވަރަށް އަވަހަށް އެ އުފެއްދުންތަކުގެ ނަތީޖާ ފެންނަން ފަށާނެ،" ލައިލާ ވިދާޅުވި އެވެ.

'ދަ އޯގަނިކް ފާމަސީ'ގެ އެންޓި އޭޖިން ފާމިން ކްރީމްއަކީ ހަށިގަނޑުގައިވާ ޓިޝޫތަކުގެ ބާރު ދެރަވެގެންނާއި އެހެނިހެން ކަންކަން ދިމާވެގެން ވަރު ދޫވެފައިވާ މަސްތަކުގައި ވަރު ޖައްސައިދީ ވާން ކޮށްދޭ ކްރީމެކެވެ. މި ކްރީމަކީ މަޝްހޫރު މޮޑެލް ކިމް ކާޑޭޝިއަން ހަށިގަނޑުގެ ވަނާތައް ރީތިކޮށް ބެހެއްޓުމަށްޓަކައި ބޭނުންކުރާ އޭނާ ވަރަށް ގަޔާވާ އަދި ޔޫރަޕްގައި މަޝްހޫރު ކްރީމެއް ވެސް މެ އެވެ. އަދި މި ކްރީމް ގަންނަން އަންނަ ދިވެހިން ވެސް އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށް 'އޮން ވީ' ފިހާރައިން މައުލޫމާތު ދެ އެވެ.

ސަންފްލާވާ ތެލާއި ލަވެންޑާ އަދި ވިޓަމިން އީ ފަދަ އެއްޗެހި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސްޓްރެޗް މާކް ފިލުވުމަށް ހާއްސަ ތެލަކީ މާބަނޑު މީހުންނަށާއި، ވިހާފައި ތިބޭ މީހުންނަށާއި އެކިއެކި ކަންކަން ދިމާވެގެން ގައިގަ ސްޓްރެޗް މާކް ލާފައިވާ ފަރާތްތަކުން އެ މާކްތައް ފިލުވުމަށް ބޭނުންކުރާ ހާއްސަ ކްރީމެކެވެ. މި ކްރީމް ބޭނުންކޮށްފައިވާ ދިވެހިންގެ ފަރާތުން ލިބިފައިވަނީ ރަނގަޅު ފީޑްބެކްތަކެކެވެ.

ދަ އޯގޭނިކް ފާމަސީގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ، ޑްރައި ހަންގަނޑަށް ހާއްސަ ކްރީމް ހިމެނެ އެވެ. އެލޮއިވެރާ އާއި ނީމް ފަތް ފަދަ އެއްޗެހި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެ ކްރީމް ބޭނުންކުރުމުން މީހާގެ ހަންގަނޑު ތާޒާވެ އިތުރަށް ރީތިވެގެންދާކަމަށާއި ހަންގަނޑުގައި މޮއިސްޗަރައިޒްކަން ދިގު ދެމިގެންދާކަމަށް މަޝްހޫރު ގިނަ ތަރިންގެ ރިވިއުސް ލިބިފައިވެ އެވެ.

"ދި އޯގޭނިކް ފާމަސީ" އިން އުފައްދާ ބައެއް ޕްރޮޑަކްޓުތައް.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މަރުވެފައި ހުންނަ ހަން ހުރުމުގެ ސަބަބުން ވެސް ބައެއް ފަހަރު މީހާގެ ރީތިކަން ގެއްލެ އެވެ. އެކަމަށް 'އޮން ވީ' އިން ދޭ ހައްލަކީ ކެރޮޓް ބަޓާ ކްލެންސާ އެވެ. ބާމެއް ޒާތުގެ އެ އެތި ބޭނުންކުރުމުން ހަންގަނޑުގެ ތެރެއަށް އެ ވަދެ، ހަންގަނޑު ސާފުވެ މަރުވެފައިވާ ހަންތައް ނައްތާލާ ހަންގަނޑު އުޖާލާކޮށްލަ އެވެ. ކެރެޓާއި ރޯޒްމެރީ ލެވެންޑާ ފަދަ އެއްޗެހި ބޭނުންކޮށްގެން އޯގޭނިކް ފާމަސީން ތައްޔާރުކޮށްފައިވާ މި އުފެއްދުންތައް ވެސް 'އޮން ވީ' ފިހާރައިން ލިބޭނެ އެވެ.

ލައިލާ އާސިދު ރާއްޖެ އަށް ކުރެއްވި މި ޒިޔާރަތުގައި ވަނީ އެ ފާމަސީގެ އުފެއްދުންތައް ބޭނުންކޮށްގެން ރާއްޖޭގެ މަޝްހޫރު ބައެއް ފަރާތްތަކުގެ ފޭޝަލް ހަދައިދީފަ އެވެ. މި ފޭޝަލް ހެދި ކުދިންގެ ފަރާތުން އެނގުނު ގޮތުގައި، ފޭޝަލް ހެދިއިރު ވަގުތުން ހަންގަނޑަށް ބަދަލުތަކެއް އައިކަން ފާހަގަކުރެވުނެވެ. މޫނުމަތި ތާޒާވެ، ހަންގަނޑު މަޑުވެ މޫނުމައްޗަށް ލުއިކަން އައިކަން އިހުސާސްކުރެވުނު ކަމަށް އެ ކުދިން ބުނެ އެވެ.

"ދި އޯގޭނިކް ފާމަސީ"ގެ އުފެއްދުންތައް ބޭނުންކުރަމުން އަންނަ ދުނިޔޭގެ މަޝްހޫރު ބައެއް ތަރިން

މި އުފެއްދުންތަކުގެ އިތުރުން 'އޮން ވީ' ފިހާރައިން ވިއްކާ ބާވަތްތަކުގެ ތެރޭގައި ޝޭމްޕޫ، ކޮންޑިޝަނާ، ލޯޝަން، ސްކްރަބް، މާސްކް، އެންޓި ރިންކްލް ކްރީމް، ޑިއޯޑޮރައިޒަ، ޕައުޑަ، މަސާޖް އޮއިލްސް ހިމެނެ އެވެ. އަދި މޫނު ދޮވުމަށް ހާއްސަ އެއްޗިއްސާއި ކޮންސީލަ، ލިޕްސްޓިކް، މަސްކަރާ އާއި ކުޑަކުދިންނަށް ހާއްސަ އޯގަނިކް ޝޭމްޕޫ، ބޮޑީ ވޮޝް، ބޮޑީ ލޯޝަނާއި ވައިޕްސް އަދި ޑިޒައިނާ ބްރޭންޑްގެ ދެ ޖިންސްގެ ޕާފިއުމްއާއި ޕާފިއުމް ގިފްޓް ސެޓްސް އާއި ޕާފިއުމް އޮއިލް (އަތަރު) ހިމެނެ އެވެ.

އެތަނުން ވިއްކާ ސާމާނު، އެ ފިހާރާގެ ނަންބަރު 7375959 އަށް ގުޅުމުން ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.

The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިބެއްޔާ

29 October 2018

އަބަދުވެސް ރައްޔިތުން ވަލުވައްދާ ފެލާނެ ކޮންމެސް މޮޅު ގޮތެއް. ހަމަ މިގޮތަށް އިންވެސްޓު ކޮށް ރައްޔިތުންގެ އަތްމަތި ތަނަވަސް ވާނެ ކަހަލަ ފުރުސަތުތަކެއް ވެސް ހޯދަދީބަލަ. އޭރުންތާ ހަރަދު ކުރާން ފައިސާއެއްވެސް ހުންނާނީ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

29 October 2018

މިއީ ނިކައް ގައުމެކޭ! ލައްފިލުވާ ނުވަތަ ފާހާނާ ސާފުކޫރާ ފުޅި ސިލެންޖައް އަޅައިގެން ކެޔޮގަނޑައް ޖަހާދޮންކޮއް ގެންކައިގެން؛ ތިފަދަ ބުރޭންތައް ބޭނުއް ކުރީމަ އެއްވެސް ބައްނުޖެހޭނޭތޯ؟ ބާޒާރުގަ ވިއްކާތަރުކާރީ ފަދަތަކޭތީގަ ކެންސަރައް މަގުފަހީވާ މާއްދާހުރީ ކިހާވަރައް ކައްތޯ ބާލާބަޔަކުނެއް ސުމާރެއް ނުބަލަ ގަސްތަކައް ބޭސްޖަހަނީ

The name is already taken The name is available. Register?

‫ބޯހަރު

28 October 2018

މެންސް ފޭޝަލް ވޮޝް ވަރަށް ސަޅި... އަލްޓްރާ ޑްރައި ސްކިން ކްރީމް ވެސް ވަރަށް ކަމުދިޔަ (މަގޭ ޑްރައި ސްކިން އަށް ވަރަށް ފައްކާ) - ވޯތް ދަ ޕްރައިސް އޭ މަބުނާނީ...

The name is already taken The name is available. Register?

އަމީލް

28 October 2018

މިފަދަ ކުންފުނިތައް އައުމުން ސަރުކާރު ހިއްސާވާ ކުންފުނި ތަކަށާއި އަމިއްލަ ކުންފުނި ތަކަށް ފައިދާ ކުރޭ. ހަމަ ގައިމުވެސް ދިވެހި އާންމު ކުންފުނި ތަކާއި ހިލާފަށް އިންޝުއަރެންސް ނަގާނެ، މަސައްކަތްތަށް އައުޓްސޯސް ކުރާނެ، ވިޒީފާ ތައް ހުޅުވާލަނެ، އިސްތިހާރު ކުރާނެ.

The name is already taken The name is available. Register?

ނަންނު

28 October 2018

އަގު އަތްފޯރާފަށުގައި ހުރިއްޔާ ކިތަންމެހާވެސް ރަގަޅު. ވިޒިޓް ކޮށްލާނަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454