ސިގަނީ ވީވާ: "އެވެޓާ" ގެ ކުރިއަށް ހުރި ފިލްމުތަކުން ވެސް ފެންނާނެ.
30 އޮކްޓޯބަރ 2018 - 07:37
ޖޭމްސްގެ ކެމެރަން 2009 ގައި ގެނެސް ދިން ވަރުގަދަ ފިލްމު "އެވެޓާ" ގެ އިތުރު ބައިތައް ކުރިއަށް ހުރީ އެވެ. މި ފިލްމުގެ ދެވަނަ ބައި 2020 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، ދެވަނަ ބަޔާއި ތިން ވަނަ ބައިގެ ޝޫޓިން ވެސް މިހާރު ވަނީ ނިންމާލައިފަ އެވެ.
"އެވެޓާ"ގެ ފުރަތަމަ ބައިގައި ވެސް މުހިއްމު ރޯލެއް ކުޅުނު އަދި ކުރިއަށް ހުރި ބައިތަކުން ވެސް ފެނިގެންދާ ބަތަލާ ސިގޯނީ ވީވާ ހޮލީވުޑް ރިޕޯޓާ އަށް ދިން އިންޓަވިއުއެއްގައި ވަނީ ފިލްމުގެ ތަޖުރިބާތައް ހިއްސާކޮށްފަ އެވެ.
އޭނާ ބުނީ "އެވެޓާ" ގެ ދެވަނަ ބަޔާއި ތިން ވަނަ ބައިގެ ޝޫޓިން މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. ކެމެރަން ބުނެފައިވާ ގޮތުގައި މި ސީރީޒްގެ ކުރިއަށް ހުރި ފިލްމުތަކުގެ ވާހަކަ ބޮޑަށް ބިނާވަނީ ފެނުއަޑިށެވެ. އެހެންވެ މީގެ ކުރިން ފިލްމަކުން ނުފެންނަހާ ތަފާތު އަދި އާދަޔާހިލާފު އަޖައިބު ކުރުވަނިވި ކަނޑު އަޑީގެ މަންޒަރުތަކެއް ބެލުންތެރިންނަށް ސްކްރީނުން ތަޖުރިބާކޮށްލަން ލިބޭނެ އެވެ.
"Avatar" sequelthakuge bodu bai kandu adeegai
The most trusted news source in the Maldives
Mihaaru
"އެވެޓާ" ގެ ކުރިއަށް ހުރި ބައިތައް ކަނޑު އަޑިއަށް ހާއްސަ ވާނެ.
އެކަމާ ބެހޭ ގޮތުން ސިގޯނީ ބުނީ ފިލްމު ޝޫޓިން އަށް ތައްޔާރުވުމުގެ ގޮތުން އެންމެ ބޮޑަށް ކުރަން ޖެހުނު ކަމަކީ ފަތަން ދަސްކުރުން ކަމަށެވެ. އަދި "އެވެޓާ" ގެ ކުރިއަށް ހުރި ބައިތައް ޝޫޓްކޮށްފައި ވަނީ ވަރަށް ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއްގެ އެހީތެރިކަމާ އެކު ކަމަށް ބުންޏެވެ.
"މި ފަހަރު މުޅިންހެން އަންޑަވޯޓާގައި އުޅެން ޖެހުނީ. އަހަރެން ބުނާނީ ކުރިއަށް ހުރި ފިލްމުތަކުން ބެލުންތެރިން އަންތަރީސްކޮށްލާ ވަރުގެ މަންޒަރުތަކެއް ފެންނާނޭ،" ސިގޯނީ ބުންޏެވެ. "އަހަރެމެން މީގެ ބޮޑު ބައި ޝޫޓް ކުރީ އިޓަލީގެ ރޯމްގައި."
އޭނާ ބުނި ގޮތުގައި "އެވެޓާ" ގެ ކުރިއަށް ހުރި ބައިތަކަކީ ސިނަމާ އަށް އިންގިލާބުތަކެއް ގެނުވާނެ ފިލްމުތަކެވެ.
"އެއް ކަމަކީ ސީކްއެލްތަކުގެ ސްކްރީންޕްލޭ މާ ބޮޑަށް ވެސް ފުރިހަމަވުމުން. އަނެއް ކަމަކީ ފިލްމު މޭކިންގައި މީގެ ކުރިން ބޭނުން ނުކުރާ ޒާތުގެ ޓެކްނޮލޮޖީތައް އެވެޓާގެ ކުރިއަށް ހުރި ބައިތަކުގައި ބޭނުންކޮށް، އެ ތަފާތު ބެލުންތެރިންނަށް ސްކްރީނުން ތަޖުރިބާކޮށްލަން ލިބުން،" އޭލިއަން ފަދަ ފިލްމުތައް ކުޅެފައިވާ 69 އަހަރުގެ ބަތަލާ ބުންޏެވެ. "އަހަރެން ބުނާނީ އެވެޓާގެ ކުރިއަށް ހުރި ފިލްމުތަކުން ބެލުންތެރިންނަށް ވަރަށް އިބުރަތްތެރި މެސެޖްތަކެއް ވެސް ފޯރުކޮށް ދޭނޭ އިންތިޒާރު ކުރާށޭ."
"Avatar" ge sequel thakuge castah Kate Winslet
ކޭޓް އާއި ކެމެރެން އެންމެ ފުރަތަމަ މަސައްކަތް ކުރީ 1997 ގައި ރިލީޒް ކުރި "ޓައިޓޭނިކް" ގައި.
Mihaaru
"އެވެޓާ" ގެ ކާސްޓްގައި މި ފަހަރު ކޭޓް ވެސް ހިމެނޭނެ.
"އެވެޓާ" ގެ ހަތަރު ފިލްމެއް ކުރިއަށް ރޭވިފައި އޮތް އިރު، ވީވާ ބުނީ މީގެ ވާހަކަ އެއްކޮށް ފުރިހަމަވެގެން ދާނީ 4 އާއި 5 ވަނަ ބަޔާ ވެސް އެކުގައި ކަމަށެވެ.
"އެވެޓާ 2" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު، 18، 2020 ގަ އެވެ. ތިން ވަނަ ބައި ސިނަމާ އަށް ގެންނާނީ ޑިސެމްބަރު 17، 2021 ގަ އެވެ. ހަތަރު ވަނަ ބައި ޑިސެމްބަރު 20، 2024 ގައި ގެނެސް ދިނުމަށް ފަހު، ފަސް ވަނަ ބައި ރިލީޒް ކުރާނީ ޑިސެމްބަރު 19، 2025 ގަ އެވެ.
ޑިސެމްބަރު، 10، 2009 ގައި ޕްރިމިއާ ކުރި "އެވެޓާ" އަކީ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދުމުގެ ރިކޯޑް ވެސް އޮތް ފިލްމެވެ. "ޓައިޓޭނިކް" ވެސް ގެނެސް ދިން ކެމެރަންގެ މި ފިލްމަށް ބޮކްސް އޮފީހުގައި 2.788 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy