ދުނިޔެ / ބަންގްލަދޭޝް

ޚާލިދާ ޒިޔާ އަށް އަނެއްކާވެސް ހަތް އަހަރުގެ ޖަލު ހުކުމެއް

ހުކުމް އިއްވި އިރު ވެސް ޚާލިދާ ޒިޔާ އަށް ގެންދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން.

ޑާކާ (އޮކްޓޯބަރު 29) - ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު އަދި އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ އަށް ހަތް އަހަރުގެ އިތުރު ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.

ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ޒަމާންވީ ސިޔާސީ ވާދަވެރިޔާ އަށް މިދިޔަ ފެބްރުއަރީ މަހު ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ދެ މައްސަލާގައި ވެސް ހުކުމް އިއްވާފައި ވަނީ ކޮރަޕްޝަނުގެ ކުށުގަ އެވެ. އެންމެ ފަހުން ހުކުމް އިއްވި މައްސަލާގައި ފަނޑިޔާރު ވަނީ ޗެރިޓީ ފަންޑެއްގެ ފައިސާ އިން، އުމުރުން 73 އަހަރުގެ ޚާލިދާގެ ވެރިކަމުގައި ބާރާއި ނުފޫޒުން 31.5 މިލިއަން ޓާކާ (375،000 ޑޮލަރު) ގަވާއިދާޚިލާފަށް ބޭނުންކޮށްފައިވާ ކަމަށް ކަނޑައަޅައިފަ އެވެ.

ޚާލިދާ ޒިޔާގެ ވަކީލުން ގެންދަނީ މިއީ ސިޔާސީ ގޮތުން ބަދަލު ހިފުމެއް ކަމަށް ވިދާޅުވަމުންނެވެ. ޑާކާގެ ސެންޓަރުގެ ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ގެންދާ ޚާލިދާގެ ސިއްހީ ހާލަތު ގޯސްވުމުން ދާދި ފަހުން ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ. ހަތް އަހަރުގެ ޖަލު ހުކުމް މިއަދު އިއްވި އިރު ވެސް ޚާލިދާ އޮންނެވީ ހޮސްޕިޓަލުގަ އެވެ.

ޚާލިދާ ޒިޔާ ސިޔާސީ ދާއިރާ އަށް 1980 ގެ އަހަރުތަކުގައި ވަދެވަޑައިގަތީ ފިރިކަލުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ.

4 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 19%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިބެއްޔާ

30 October 2018

ތި ޚާލިދާ ޒިޔާ އާއި ޝެއިޚް ޙަސީނާ ދެމީހުންނަކީ އަވައްޓެރި ބަނގްލަދޭޝަށް ޖެހިފައި އޮތް ބޮޑު މުސީބާތެއް.. އެގައުމުގަ ވެރިކަން ކޮށްލާނެ ފިރިހެނަކު ނެތް. އެކަކު ވެރިކަން ކޮށް ދައުރު ހަމަވާއިރަށް އަނެކަކު..

The name is already taken The name is available. Register?

ރާއްޖެ

29 October 2018

ހާލިދާ އަށް ކޮންމެ ކަމެއް ކުރިޔަސް އެކަމާ އަޅާލާނެ ބަޔަކު ނުވާނެ. މިހާރު ވެރިކަމުގެ ހުރި ހަސީނާ އަކީ މޮދީ އާއި އިގިރޭސީންގެ ޕަޕެޓެއް.

The name is already taken The name is available. Register?

ނާއިންސާފު

29 October 2018

އެކަމަނާ ކަށްވަޅުގާ ވެސް އޮތަނުދޭތި.

The name is already taken The name is available. Register?

ސފދސފދފ

29 October 2018

ވެިރިކަން ބަދަލުކޮއްގެން ތިކަން ރަގަޅުވާނެކަމަށް ފެނޭ. އޭރަށް ހާލިދާ ޖަލަށް ލެވިފައިވަނީ ފުރިހަމަކުރަންޖެހޭ އިޖުރާތުތައް ފުރިހަމަ ނުކޮށް ކަމަށް ބަލާ ހުކުމް ބާތިލް ކުރާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454