ކުރީގެ އަޑުއެހުމަކަށް ނާޒިމް ކޯޓަށް ވައްދަނީ: އޭނާގެ އިސްތިއުނާފް ބަލައިނުގަތް މައްސަލަ ރިވިއު ކުރުމާ މެދު ގޮތެއް ނިންމުމަށް އިޖްރާއީ އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައި --ފޮޓޯ/މިހާރު
29 އޮކްޓޯބަރ 2018 - 18:56
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ނާޒިމްގެ ފަރާތުން ހުށަހެޅުމުން އެކަމާ މެދު ގޮތެއް ނިންމުމަށް އިޖްރާއީ އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން މިރޭ ނިންމައިފި އެވެ.
ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި އޭނާ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން 2016 ގައި ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.
އިޖްރާއީ އަޑުއެހުމަކީ ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލައެއް ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ބާއްވާ އަޑުއެހުމެކެވެ. އެ މައްސަލައެއް ބަލައިގަތުމާ މެދު ނިންމާނީ އެ އަޑުއެހުމަށް ފަހު އެވެ.
ނާޒިމްގެ މައްސަލަ ރިވިއު ކުރުމުގެ އިޖުރާއީ އަޑުއެހުމެއް ބާއްވަން ނިންމި އިރު، ނާޒިމް މިވަގުތު ހުންނެވީ ބޭސްފަރުވާ އަށް މެލޭޝިއާގަ އެވެ.
ނާޒިމްގެ މައްސަލަ މުރާޖައާ ކުރުމާ މެދު ގޮތެއް ނިންމުމަށް އިޖްރާއީ އަޑުއެހުމެއް ބާއްވަން ނިންމި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ޖަލު ހުކުމް ރިވިއު ކުރަން ހުށަހެޅި މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިރޭ ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުލު އިންސާޕް
29 October 2018
ބާރު ހުރި ކޮޅަކަށް އެނބުރި ފަހިވާގޮތަށް ކުރާ ޝަރީއަތަކީ އަދި އިންސާފެއްނޫން. ޙަގީގަތަކީ މީގެން އެކަކުވެސް ޖަލުގަ ހުންނަން ނުޖެހޭތާ ކިތަންމެ ދުވަހެއް
1828
29 October 2018
މިއީ އިންސާފް ލިބެންޖެހޭ މީހަކީ. 'އެ ފިސްތޯލް' މައްސަލާގައި ސުވާލު އުފެދޭނެ އެތައް އެތައް ކަމެއް. އަދީބް ގެ ފިންގަރ ޕްރިންޓް އަހަރެއް ފަހުން ފެނުން.
ކަލޯގެއާ
29 October 2018
ހުކުމް ވަރައް ސާފު! ނާޒިމް މިނިވަންވާނެކަމާދޭތެރޭ %100 ޔަގީން. ނާޒިމް މިނިވަންވުމަކުން ނުފުދޭ! ނާޒިމް މިހާދުވަހު ޖަލުގައި ބެހެއްޓި ބަޔަކު އެކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ. އެވަރިހަމަ ސުޕްރީމް ކޯޓަކަސް. އަދި އެބަޔަކައް އޭގެ އަދަބުވެސް ދޭންޖެހޭނެ. އަދި އެބަޔަކުއަތުން ލިބުނުގެއްލުމުގެ ބަދަލްވެސް ހޯދަންޖެހޭނެ.
ހަކީމް
29 October 2018
ފަނޑިޔާރުން އެއްވެސް ވަރަކަށް ލަދު ނުގަންނަނީބާ ... ހަމަ ބޭނުންވާއިރަސް ހުކުންތަށް މިހިރަ އަނެއް ފުށުން ޖެހެނީ ... ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ހާލަތު.
ޢަލިދީދީއައްޑޫސިޓީ
29 October 2018
ސުޕްރީމް ކޯޓުން 01 ފެބްރުއަރީ 2018 ގައި ނެރުއްވި ޙުކުމް 05 ފެބްރުއަރީ 2018 ގައި ބާޠިލުކޮށް އަނެއްކާ ފަހަރަކު ބައެއް ނިއުޅެމުން ފުރޮޅެމުން ގޮސް 12 އެމްޕީ އިން ފެށިގެން ސިޔާސީ ލީޑަރުން މިނިވަންވެ ނިމޭއިރު 01 ފެބްރުއަރީ 2018 ގައި ޙުކުމް ނެރުއްވި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރަކު ޖަލުގައި އޮންނެވުމަކީ ޖަވާބުނެތް އަރަތެއް.