ޚަބަރު / ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސް ކަމަށް ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ދެންމެ އިންތިޚާބުކުރި ގާސިމް.---ފޮޓޯ: މިހާރު

01 ނޮވެމްބަރ 2018 - 21:42

16 comments
01 ނޮވެމްބަރ 23:33

ގާސިމް: ރައްޔިތުންނާއި ދައުލަތާއި ދިވެހި ސަރުކާރާއި އިސްލާމްދީނަށް ވަފާތެރި ވާނަން. ރައްޔިތުންނަށް ނާއުއްމީދު ވާ ގޮތަށް ކަންތައްތަކެއް ނުކުރަން މަސައްކަތް ކުރާނަން.

01 ނޮވެމްބަރ 23:33

ގާސިމް މީޑިއާއާ ވާހަކަފުޅު ދައްކަވަނީ.

01 ނޮވެމްބަރ 23:20

ރައްޔިތުންގެ މަޖިލީހުގެ އާ ރައީސަކަށް، 62 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން އިންތިހާބުކުރި ގާސިމަކީ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އިސްލާހުކުރި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަން ފުރުއްވާފައިވާ ބޭފުޅެއް. އޭނާ މަޖިލީހުގެ މެމްބަރުކަން ކުރައްވާތާ 18 އަހަރު ވަނީ ވެފައި.

01 ނޮވެމްބަރ 23:12

މަޖިލީހަށް އާ ރައީސަކު އިންތިޚާބު ކުރުމުގެ ޖަލްސާ ނިންމާލައިފި.

01 ނޮވެމްބަރ 23:10

މަޖިލީހުގެ ރައީސް ކަމަށް ގާސިމް އައްޔަން ކުރި ކަން ރިޔާސަތުން އިއުލާން ކުރުމާ އެކު މެމްބަރުން އަތްތިލަބަޑި ޖައްސަވަން ފެއްޓެވި. ގާސިމްގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިނިތުންވުން

01 ނޮވެމްބަރ 23:08

މަޖިލީހުގެ ރައީސްކަމަށް ގާސިމް ހޮވައިފި. ލިބިވަޑައިގަތީ 62 ވޯޓު. އަދުރޭ އަށް 16 ވޯޓު. އަދި ބާތިލްވީ ދެ ވޯޓު.

01 ނޮވެމްބަރ 23:04

ވޮޓު ގުނައި ނިމިއްޖެ.

01 ނޮވެމްބަރ 22:55

ވޯޓު ލެއްވީ 80 މެމްބަރުން. ވޯޓު ގުނުމުގެ މަސައްކަތް ފެށުމަށް ޓަކައި ފަސް މެމްބަރުންގެ ކޮމެޓީ ވޯޓު ގުނާ މޭޒަށް ވަޑައިގެންފި

01 ނޮވެމްބަރ 22:53

ހުރިހާ މެމްބަރުން ވޯޓު ލައި ނިމިއްޖެ.

01 ނޮވެމްބަރ 22:28

ވޯޓު ލާން ފަށައިފި، ކޮންމެ މެމްބަރެއްގެ ނަން ރިޔާސަތުގެ މޭޒުން ގޮވާލުމާ އެކު އެ މެމްބަރަކު ވަޑައިގެން ވަކިން ހުންނަ މޭޒެއް ކައިރިއަށް ވަޑައިގެން ވޯޓު ކަރުދާހުގައި ފާހަގަ ޖައްސަވައި ވޯޓު ފޮއްޓަށް ވައްޓާލައްވާ.

01 ނޮވެމްބަރ 22:22

މަޖިލީހުގެ ރައީސަކު އިންތިޚާބު ކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކޮމެޓީގެ މެމްބަރުން މަސައްކަތުގައި.

01 ނޮވެމްބަރ 22:20

މަޖިލީހުގެ ރައީސަކު އިންތިޚާބު ކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކޮމެޓީގެ މެމްބަރުން މަސައްކަތުގައި.

01 ނޮވެމްބަރ 22:20

މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ވޯޓަށް އަހަން ތައްޔާރުވެއްޖެ

01 ނޮވެމްބަރ 22:12

ވޯޓު ލުމުގެ ކަންތައްތައް ކުރިއަށް ނުގޮސް މި ވަގުތު އޮތީ ވޯޓު ކަރުދާސްތައް ޗާޕް ކުރަމުން ދާތީ. ވޯޓު ކަރުދާސްތައް ޗާޕް ކުރަނީ ދެ ކެނޑިޑޭޓުންގެ ނަން ޖަހައިގެން.

01 ނޮވެމްބަރ 22:11

ރައްޔިތުންގެ މަޖިލީހަށް އާ ރައީސަކު އިންތިޚާބު ކުރުމަށް މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބައެެއް މެމްބަރުން.

01 ނޮވެމްބަރ 22:09

މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު، މަޖިލީހުގެ ނައިބު ރައީސް މޫސަ ބަލަހައްޓަވާއިރު، އަމީން އާންމު ފާތިމަތު ނިއުޝާ އިދާރީ މޭޒުގައި.---ފޮޓޯ: މަޖިލިސް

01 ނޮވެމްބަރ 22:01

މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ ނަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ހުށަހަޅުއްވައިފި. އަދި އެ ނަމަށް ތާއީދުކުރެއްވީ އިނގުރައިދޫ ދާއިރާގެ އިބްރާހިމް ފަލާހު

01 ނޮވެމްބަރ 22:00

މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އިންތިޚާބު ކުރަން ވަނީ ހުށަހަޅާފައި.---ފޮޓޯ: މަޖިލިސް

01 ނޮވެމްބަރ 22:00

މަޖިލީހުގެ ރައީސަކަށް ގާސިމް އިންތިޚާބު ކުރަން އިދިކޮޅު ކޯލިޝަނުން ވަނީ ހުށަހަޅާފައި.---ފޮޓޯ: މަޖިލިސް

01 ނޮވެމްބަރ 21:59

މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަން ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހަންމަދު ސޯލިހު ހުށަހަޅުއްވައިފި. އެ ނަމަށް ތާއީދު ކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް

01 ނޮވެމްބަރ 21:58

ހަތްދިހަ ނުވަ މެމްބަރުންގެ އިއްތިފާގުން ކޮމެޓީ ފާސްކޮށްފި

01 ނޮވެމްބަރ 21:55

ކޮމެޓީގައި ހިމެނި ވަޑައިގަންނަވަނީ ވިލިމާލޭ ދާއިރާގެ އަހުމަދު ނިހާން އާއި، މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް، ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒް، ކެނދިކުޅުދޫ ދާއިރާގެ އަލީ މައުރޫފު އަދި މަކުނުދޫ ދާއިރާގެ އަނާރާ ނައީމް

01 ނޮވެމްބަރ 21:51

ކޮމެޓީ އެކުލަން ޖެހެނީ، ގަވައިދު ބުނާ ގޮތުން މަޖިލީހުގައި ތަމްސީލު ކުރާ ގޮތުން ސިޔާސީ ހުރިހާ ޕާޓީއެއް ވެސް ހިމެނޭ ގޮތަށް.

01 ނޮވެމްބަރ 21:50

ވިލުފުށީ ދާއިރާގެ މެމްބަރުން ރިޔާޒް ރަޝީދު ފަސް މެމްބަރުންގެ ކޮމެޓީއެއް ހުށަހަޅުއްވައިފި. އަދި މީދު ދާއިރާގެ ރޮޒެއިނާ އާދަމް އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވައިފި.

01 ނޮވެމްބަރ 21:47

ރައްޔިތުންގެ މަޖިލީހަށް އާ ރައީސަކު އިންތިޚާބު ކުރުމުގެ ޖަލްސާ ކުރިއަށް ގެންދަނީ.---ފޮޓޯ: މަޖިލިސް

01 ނޮވެމްބަރ 21:44

މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު. ފަސް މެމްބަރުންގެ ކޮމެޓީ އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

01 ނޮވެމްބަރ 21:42

މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ތިއްބެވީ 47 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް އާ ބޭފުޅަކު އިންތިޚާބު ކުރުމުގެ ޖަލްސާ ދެންމެ ފަށައިފި އެވެ.

މަޖިލީހުގެ ރައީސްކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހަށް ރައީސަކު އިންތިޚާބު ކުރާނީ މެމްބަރުންގެ މެދުގައި ބާއްވާ ސިއްރު ވޯޓަކުންނެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުން ނަން ހުށަހަޅުއްވާނީ އެކަމަށް ހާއްސަކޮށް ބާއްވާ މަޖިލީހުގެ ޖަލްސާ އަށެވެ. އިންތިހާބު ކުރިއަށް ގެންދާނީ މަޖިލީހުން ހޮވާ ފަސް މެމްބަރުނންގެ ކޮމެޓީއަކުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު މިހާރު އޮތީ އިދިކޮޅު ކޯލިޝަންގަ އެވެ. އެ ކޯލިޝަނުން ނިންމާފައި ވަނީ މަޖިލީހުގެ ރައީސް ކަމަށް ގާސިމް ހޮވުމަށެވެ.

16 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 11%
icon angry icon angry 47%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސައީދު އަލީ

02 November 2018

މަށައް މިއަދު ތި އެންމެނަށްވުރެން އަދުރޭ ރަނގަޅު ވެއްޖެ، ސަބަބަކީ އޭނަގެ ކިބައިން ކޮންމެވެސް ވަރެއްގެ އީޚްލާސް ތެރިކަމެއް ފެނިއްޖެ، ބުނާ ބަހާއި ޢަމަލު ދިމާ ކޮސްފި އޭނަ.

The name is already taken The name is available. Register?

ގެދާނޯމޮސް

01 November 2018

އިންސާނާގެ ހިތްސީދާވެއްޖެ އުމަށް ދާންދެން އެމީހާގެ އިމާކަން ސީދާނުވާހުއްޓެވެ. އެމީހާގެ ދޫސީދާވެއްޖެ އެމަށް ދާންދެން އެމީހާ ހިތްސީދާނުވާ ހުއްޓެވެ.

The name is already taken The name is available. Register?

ކަދުރޭ_

01 November 2018

ވޯޓުތައް ބަދަލުވެ ފާހަގަތައް ތަންތަނެއް ފުންމައިގެން ގޮއްސަ ތިޔައޮތީ!

The name is already taken The name is available. Register?

މރހބ

01 November 2018

މަރުޙަބާ އނރބލ ޤާސިމް އިބުރާޙިމް

The name is already taken The name is available. Register?

އަޖީތު

01 November 2018

އަސްލު ސައިޒަކީ 16 ދޯ؟ ލަދެއް ނުގަނޭ؟

The name is already taken The name is available. Register?

ހުތާ

01 November 2018

މަރުހަބާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް، ރައްޔިތުންނަށް ހަރާމްކޯރުނުވާނެކަމަށް އުންމީދު ކުރަމެވެ. އަމިއްލަ މަސްލަހަތު އިސްނުކޮށް ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވި މީހުން ޖަވާބުދާރީ ކުރުވާނެކަމަށް ޔަގީން ކުރަމެވެ.

The name is already taken The name is available. Register?

ތުނިޔަ

01 November 2018

މަރުޙަބާ ގާސިމް އިބްރާހީމް! މާދަން އަދުރޭ ކޯޓަށް ނުދާނެބާ ވޯޓު އޮޅުވާލީއޭ ކިޔާފަ!

The name is already taken The name is available. Register?

މޮޔަ ސޮރު

01 November 2018

ޤާސިމް ތިހިސާބުން ހުއްޓާލާ، ތިއަށްވުރެ މައްޗަށް ދާން ނުވިސްނައްޗޭ

The name is already taken The name is available. Register?

ގާޒީ

01 November 2018

ތިޔަހަރެގެންފެންނަނީ ޕީޕީއެމްގެ ސައިޒު އަދުރޭ ޖަހާނެ ރަގަޅު ހިސާބެއް!

The name is already taken The name is available. Register?

ޙުސޭން

01 November 2018

އަދުރޭ ހިތްވަރުކޮށްފި. ޔާމީން ދެން ފައިބާ. މަރުހަބާ ގާސިމް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454