ޖަޒީރާ ހޮޅުއަށި ބައްދަލުުވުމުގައި އިންތިހާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ
06 ނޮވެމްބަރ 2018 - 00:42
ޖަޒީރާވަންތަ ގޮތަށް ރާއްޖެ ތަރައްގީކުރެވޭނީ މާލެއަކީ ހިތްފަސޭހަތަނަކަށް ހަދައިގެން ކަމަށް އިންތިހާބީ ރައީސް އިބުރާހީމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްްޖެ އެވެ.
"ޖަޒީރާ ހޮޅުއަށި" މި ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ދަރުބާރުގޭގައި މިރޭ ފެށި ފުރަތަމަ ބައްދަލުވުުމުގައި އިބޫ ވިދާޅުވީ މާލެ ހިތްފަސޭހަ ކުރެވޭނީ ލާމަޒުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކޮށްގެން ކަމަށެވެ. ދިވެހިވަންތަ ނުވަތަ ރަށްރަށަށް ލިބޭ އާމްދަނީން އެ ރަށެއް ތަރައްގީކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގައި، ރާއްޖެ ތަރައްގީ ކުރަން ގެންގުޅުއްވި ކޮންސެޕްޓެވެ.
"އެނގިވަޑައިގަންނަވާނެ، ލާމަރުކަޒީ ރާއްޖެއެއް، ޖަޒީރާ ރާއްޖެއެއް ތަރައްގީކުރުމަށްޓަކައި މާލެ އެބަ ޖެހޭ ހިތްފަސޭހަ ތަނަކަށް ވާން. މާލެ ހިތްފަސޭހަ ތަނަކަށް، ރަނގަޅު ދިރިއުޅުމެއް އުޅެވޭ ތަނަކަށް ވާނީ ލާމަޒުކަޒީ ނިޒާމަކުން ރާއްޖެ ތަރައްގީ ކުރެވިގެން،" އިބޫ ވިދާޅުވި އެވެ.
އިބޫއާ އެކު އެ ބައްދަލުވުމުގައި ކޯލިޝަން ސަރުކާރުގެ ބައިވެރިން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން، އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
އިބޫގެ ކުރު ވާހަކަފުޅަށް ފަހު، އެ ބައްދަލުވުމުގައި ބައިވެރިވި އާއްމުންގެ ތެރެއިން ނަން ނޯޓްކޮށްފައިވާ މީހުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނެވެ. އެގޮތުން މާލޭގެ މަގުތަކުގައި ކުރިމަތިވާ ބޮޑެތި މައްސަލަތައް ފާހަގަކޮށް އެ މައްސަލަތަކަށް ހައްލުތަކެއް ހުށަހެޅި އެވެ. ޓްރެފިކް ބާރު ބޮޑުވުމާއި ޕާކްކުރާނެ ތަންތަން ނެތުމާއި އިމާރާތްތަކުން މަގުތަކަށް ފެން ފޭބުމާއި މަގުމަތީގައި މުދާ ބެހެއްޓުން ފަދަ މައްސަލަތައް ހައްލުކުރަން އެކި އެކި ރައްޔިތުން ހިޔާލުފާޅުކުރި އެވެ.
މިރޭ ހުށަހެޅި ހިޔާލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ހިޔާލުތަކުގެ ތެރޭގައި އިސްލާމީ މަރުކަޒުގެ ދެފަރާތުން އޮތް ދެމަގު އަލުން ހުޅުވުމާއި އެ މަގު ފުޅާކުުރުން ހިމެނެ އެވެ. އޭގެ އިތުރުން ވެސް މާލޭގައި ފުޅާ ކުރެވެން ހުރި އެހެން މަގުތައް ވެސް ފުޅާކުރުމަށް އެކަކު ހުށަހެޅި އެވެ. ބޭރުން ގެންނަ މުދަލުގެ ތެރެއިން ބޮޑުބައެއް ހުޅުމާލެއަށް ބޭލޭނެ އިންތިޒާމް ހަޖައްސައި މާލެއަށް ބާލާ މުދަލުގެ އަދަދު މަދުކުރަން ވެސް ހުށަހެޅި އެވެ. އަތޮޅުތަކުން އަންނަ ބޯޓު ފަހަރު ގާތްކުރާ ސަރަހައްދުގައި ޖެޓީތަކެއް ހިއްކައި އެ ތަންތަނުން މުދާ އަރުވާ ގޮތަށް ހަދަން ވެސް ބައިވެރިއަކު ހިޔާލު ހުށަހެޅި އެވެ.
ވަގުތުކޮޅު ކުޑަކަމުން، މިރޭގެ ބައްދަލުުވުން ނިންމައިލި އިރު ހިޔާލު ހުށަހަޅަން ނަންނޯޓް ކުރި އެތައް ބަޔަކަށް ފުރުސަތު ނުލިބި ތިއްބެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީހީ ޖޯކް
06 November 2018
ތި ފޯރަމް ބަލަން އިން އިރު މަގޭ ހަނދާންވީ ރައީސް ނަޝީދަށް ވެރިކަން ލިބުމުން ފުރަތަމަ ވެސް ވަޑައިގެން ސަލްޓަން ޕާކް ވަށާ ހުރި ނަރުދާތަށް ކޮށާ ލެއްވި ހަނދާނެއެވެ.
ނަން
06 November 2018
ކޮންމެ ވެރިއެވެސް މަާލެ ޔާހެދި...........
ޢަލި
06 November 2018
ރައްޔިތުންގެ ބައިވެރި ވުމާއިއެކު ވެރިކަން ކުރަން ނުދަންނަ ބަޔަކަށް ޖަޒީރާ ކޮންސެޕްޓް ހަޖަމް ކީއްކުރަން ނުވެސް ވިސްނޭނެ. ސަލާމް.
ޖަޒީރާ ތަރައްގީ
06 November 2018
ކަމެއްގަ ހުރިވަރު އެނގޭނީ ކުރަން ފެށުމުންތާއެވެ.
ނިހާދު ހިތަދޫ
06 November 2018
ނަސީބު ރަނަގަޅުކަމުން ދުނިޔޭގެ އެއްމެ ކުރިއަރާފައިވާ ގައުމުތަކަށް ދެވިފައިވެއެވެ. އެގައުމުތަކުގެ ކެޕިޓަލް ސިތީ ތަކުގެ އިތުރުން އެހެނިހެން ސިޓީ ތަކަށް ދެވިފައިވޭ.. އާދޭ! އެމެރިކާގެ ވެރި ރަށަކީ ވޮޝީންގޓަންޑީ ސީ. ކެލިފޯނިއާގެ ލޯންގބީޗް ލަންޑަން ބުރިސްޓޯލް ލިވަރޕޫލް،ގުލާސްގޯ، ނިއުދިއްލީ ބޮމްބާއި، އަޅުގަނޑު ނުދެކެން ވެރިކަންކުރާ ސިޓީ އޭކިޔައި ދައުލަތް ހަފުސްކުރާތަން. ނިއޠޯރކުސިޓީ މާވަރުގަދަ އަދި ބޮމްބޭއިވެސް އެހާމުއްސަނދި. މާލެ އަކާއި ހެދިގެން ހަލާކު
ބިންބި
06 November 2018
ތިބުނާ ގައުމުތަކުގައި އޮންނަނީ ލާމަރުކަޒީ ނިޒާމެއް. ރާއްޖޭގައި ކުރިން އޮތީ މަރުކަޒީ ނިޒާމެއް. އެހެންވެ ވަރަށް ގިނަ މީހުން ވަނީ މާލޭގައި ދިރިއުޅެން ފަށާފަ. ކޮންމެ ގޮތެއްވިއަސް މިތާ އުޅޭ ބަޔަކަށްވެސް ރަނގަޅު މާހައުލެއް ގާއިމުކޮށްދޭންޖެހޭ.
ޕާކޭ
06 November 2018
އިބޫގެ ވައުދެއް ޕާކިންސްޓިކާ ނުޖެހުން. މަގުމެދުގައިވެސް ޕާކުކުރަންވީ. މީހުން ތަރައްގީ ނުވާ ގައުމެއްގައި ގާނޫނާ ގަވައިދުތައް އުވާލީމާ ދެންއޮންނާނީ ޖަންގަލީގެ އުސޫލު. ޕާކުކުރާނެ ތަނެއް ނެތް.
ަވަންނާށި އަފީފު
06 November 2018
ތިއޮތީ ވަރަށް ބޮޑަށް އޮޅިފަ! އިބޫ ވިދާޅުވީ ޕާރކްކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެ ވާހަކަ. ވަރަށް ވެދުން.ލުލް
ފ. އަތޮޅު
06 November 2018
މާލޭއަށް މުދާ ނުބާލަންވެގެން ތިލަފުށީގައި ސަރަހައްދީ ފެންވަރުގެ ބަނދަތެއް ތަރައްގީކުރަން މިސޜުކާރުން އުޅުނު. ޕްރޮޖެކްޓެއް އަންނަންއުޅޭހެން ހީވާއިރަށް ހޯބޯލައްވާތީ ކަންކަން ނުވަނީ.
ހައްލު
06 November 2018
ޓްރެފިކް މަސްއަލައިގެ ބަހުސަކީ އުފެދުމުގާ ބާތިލް ބަހުސެއް. ހިސާބު ނަންބަރުތަކުން ނެރެންޖެހޭ ފޯމިއުލާއަކުން ނިންމަންޖެހޭ ކަމެއް. 2000 ވެހިކަލް ކިރިޔާ ބޭއްވޭ ވަރުގެ އެރިއާއެއްގާ އެވެހިކަލްތަ މޫވްކުރަންވެސް އޮންނަނީ ހަމަ އެވެހިކލް ބެހެއްޓޭނެ ސަރަހައްދެ. ދެން މިކަމަށް އޮތްހާ ހައްލަކީ އެއެއްޗިހި ބޭރުކުރުން ނުން ހައްލެ ހޯދަން ވާހަކަ ދެއްކުމަކީ ފިރިހެނަކު ވިހެއުން ކަހަލަ ކަމެއް.
މަޔާޝް
06 November 2018
މާލެ މިހާރުވެސް ފައިސާވެރީންނަށާއި ސިޔާސީ ގޮތުން ކަރަޕްޓު ލާރިގަނޑު ކާލާފައިތިބޭ މީހުންނައް ވަރައް ހަމަ ހިތްފަސޭހައެވެ. ދެންތިބި ބަޔަކު މިޖެހެނީ އެއްވެސް ކޮންޓުރޯލެއް ނެތި ބަޔަކުމީހުން ކިޔާހާ މަހުކުލިއެއް ދައްކަން މަރުދަން ޖެހެމުން ދެލޯ ނިއްކުރިއައް ލައިގެން އެއްވެސް ކުރިއެރުމެއްނެތި ގައިގެ ވަރުދޫވެ މީހާގެ ސިއްހަތު ހަލާކުވަންދެން ގަނަތެޅޭށެވެ.
ޗަލްކާ
06 November 2018
އިބޫ އެވެ. ދިވެހިރާއްޖޭގައި ދިރިއުޅޭ ހަތަރުލައްކައް އެއްހާ މީހުންނާއި އަދި ކޮންމެ އަހަރަކު ރާއްޖެއައް އަންނަ އަށެއްކަ ލައްކަ ފަތުރުވެރީންނައް ބޭނުންވާ ޚިދުމަތްތައް ފުރިހަމައަށް ދެވޭނީ ދުނިޔޭގެ އެހެން ގައުމުތަކުންވެސް ތަރައްގިއްޔައް މަސައްކަތް ކުރާ އުސޫލްތަކާއި އަސާސްތަކުގެ މަތީން މަސައްކަތް ކޮއްގެންނެވެ. ހަމަ ޖަޒީރާއޭ އަނެކެއްޗެކޭ ކިޔައިގެން ގޮސް ހިންގޭ ނޭއްގާނީ އަމަލަކުން އަހަރެމެން އެންމެން ހަލާކުވެދާނެއެވެ.