"ޒީރޯ" ގެ ޕޯސްޓަރެއް: ފިލްމު އަންނަ މަހުގެ 21 ގައި ރިލީޒް ކުރާނެ.
07 ނޮވެމްބަރ 2018 - 07:35
އަންނަ މަހުގެ 21 ގައި ރިލީޒްކުރާ، ޝާހްރުކް ހާންގެ ފިލްމު "ޒީރޯ" ގައި އިންޑިއާގެ ސިކުންގެ ގަދަރު ކުޑަވާ ގޮތަށް ފިލްމުގެ ޓްރެއިލާ އާއި ޕޯސްޓަރުގައި މަންޒަރުތަކެއް ހިމަނާފައިވާ ކަމަށް ބުނެ ނިއު ދިއްލީގެ ނޯތު އެވެނިއު ޕޮލިސް ސްޓޭޝަނަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ހޯމަ ދުވަހު އެ މައްސަލަ ހުށަހެޅީ ދިއްލީ ސިކް ގުރުދުވާރާ މެނޭޖްމަންޓް ކޮމިޓީ (ޑީއެސްޖީއެމްސީ) އިންނެވެ. އެ ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ މަންޖިންދަރު ސިންގް ސިސްރާ ފުލުހުންނަށް މައްސަލަ ހުށަހެޅީ "ޒީރޯ" ގެ ޑައިރެކްޓަރު އާނަންދު އެލް ރާއީ އާއި އެކްޓަރު ޝާހްރުކްއާ ދެކޮޅަށެވެ.
ހުށަހެޅި މައްސަލާގައި ބުނީ ފިލްމުގެ ޕޯސްޓަރުގައި ވަރަށް "ނިކަމެތި" ކޮސްޓިއުމެއްގައި ޝާހްރުކް ދައްކައިލި އިރު އޭނާގެ އަތުގައި ސިކުންގެ ހަށިރައްކަލަކަށް އާންމުކޮށް ގެންގުޅޭ ހަތިޔާރެއް ކަމަށްވާ ކިރްޕާންއެއް (ކޮޅު ބަޅުކޮށްފައި އޮންނަ ވަޅިއެއް) އޮންނަ ތަން ދައްކުވައި ދިނުމުގެ އިތުރަށް "ޒީރޯ" ގެ ޓްރެއިލާގައި ވެސް ސިކުންގެ ކޮމިއުނިޓީ އަށް އިހުތިރާމު ކުޑަވާ ކަހަލަ މަންޒަރުތައް ހިމަނާފައިވާ ކަމަށެވެ.
އެހެންވެ ޑީއެސްޖީއެމްސީން ހުށަހެޅި މައްސަލާގައި ވަނީ އެފަދަ މަންޒަރުތައް ފިލްމުން އުނިކޮށް ދޭން އެދިފަ އެވެ.
"މިކަމާ ގުޅިގެން ސިކުންގެ ފަރާތުން އަހަރެމެންނަށް ދަނީ ވަރަށް ގިނަ ޝަކުވާތަކާއި ކަންބޮޑުވުންތައް ލިބެމުން. އެއްވެސް ބައެއްގެ ހުރުމަތް ކަނޑާލައި ގަދަރު ކުޑަވާ ގޮތަށް ކަންކަން ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމު ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެއް." މައްސަލާގައި ބުނެފައިވެ އެވެ.
I have written a letter to actor of @Zero21Dec @iamsrk & director @aanandlrai to withdraw the objectionable scene and poster showing Kirpaan as ordinary dagger
— Manjinder S Sirsa (@mssirsa) November 5, 2018
Filed a complaint as well as this promotion hurts Sikh sentiments pic.twitter.com/yuTpVPLfij
މަންޖިންދަރުގެ ޓްވީޓް.
މަންޖިންދަރު ވަނީ ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ލިޔުމުގެ ކޮޕީއެއް ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ އެ މީހުން އެދުނު ގޮތަށް ވީހާ އަވަހަށް "ޒީރޯ" ގެ ޓީމުން އެ މީހުންގެ އުދާސްތަކަށް ހައްލެއް ގެނެސް ދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ފިލްމުގެ ޓީމުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. "ޒީރޯ" އަކީ ޑްވާފެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ޝާހްރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އާނަންދުގެ ކަލާ ޔެލޯ ޕްރޮޑަކްޝަނުން ހަދާފައިވާ ފިލްމުގައި ޝާރުކްއާ އެކު ބަތަލާއިންގެ ގޮތުގައި ފެނިގެން ދާނީ އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުމާ
07 November 2018
ޢޭޝޭމްޑް އޮފް ނަތިންގް އޮފެންޑެޑް ބައި އެވްރިތިންގް.
ނާނު
07 November 2018
ހަށި ރައްކަލަކަށް އެއްޗެއް ގެންގުޅެން ޖެހޭނީ މޮޅު ހެދުމުގަ ހުންނަ މީހަކުތަ ދެރަ ހެދުމެއްގަ ހުންބަ ނިކަމެތި މީހާ ތޯއްޗެ އެންބޮޑަށް ހަށިވެސް ރައްކާ ކުރަން ބޭނުންވާނީ
ޝާހްރުކްހާން
07 November 2018
އިންޑިއާ މީހުން ހަމަ ބޯގަޅީ.