ވިޔަފާރި / ވޯލްޑް ޓްރެވަލް މާކެޓް ފެއާ

ރާއްޖޭގެ ޓޫރިޒަމްގެ ރަސްމީ ގައިޑުގެ އާ އަދަދު ނެރެފި

ރާއްޖޭގެ ގައިޑުގެ އާ އެޑިޝަން، އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް (ވ) ނެރެދެއްވަނީ.

06 ނޮވެމްބަރ 2018 - 19:43

ރާއްޖޭގެ ޓޫރިޒަމްގެ ރަސްމީ ގައިޑުގެ އަންނަ އަހަރުގެ އަދަދު، ވޯލްޑް ޓެރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި މިއަދު ލޯންޗުކޮށްފި އެވެ.

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ އެކްސެލް އެގިޒިބިޝަން ސެންޓަރުގައި ކުރިއަށް ގެންދާ ޑަބްލިއުޓީއެމް ފެއާގައި، "މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2019" ރަސްމީކޮށް ލޯންޗުކޮށް ދެއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ދިވެހި އެޖެންސީ ކަމަށްވާ މޯލްޑިވްސް ޕްރޮމޯޝަން ހައުސްއާ ހަވާލުކޮށްގެން ތައްޔާރުކުރި މި ގައިޑު، ކުރީ އަހަރުތަކުގައި ނެރުނު އަދަދުތަކާ ވަރަށް ތަފާތެވެ. އެ ގޮތުން، ޒަމާނީ ޑިޒައިނެއް ބޭނުންކޮށްފައި ވާއިރު، ރާއްޖޭގެ ރީތިކަން ފެންނާނެ ފަދަ ފޮޓޯތަކާއި މެޓީރިއަލްތައް ވަނީ ގިނަ ކޮށްފަ އެވެ.

މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2019.

މިއީ މިހާތަނަށް ތައްޔާރުކުރި، އެންމެ ގިނަ މައުލޫމާތު ހިމެނޭ ރާއްޖޭގެ ރަސްމީ ގައިޑެވެ. އެ ގޮތުން، 100 އަށް ވުރެ ގިނަ ރިސޯޓާއި ގެސްޓްހައުސް އަދި ހޮޓަލުގެ އިތުރުން ޓްރެވަލް އެޖެންޓުންގެ ފޮޓޯ އާއި އެ ތަންތަނުން ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ވަނީ ހިމަނާފަ އެވެ. އެ ތަންތަނުގެ އިތުރުން ވެސް، ރިސޯޓު، ހޮޓާ، ގެސްޓްހައުސް، ސަފާރީ އަދި ޓްރެވަލް އެޖެންޓުން ހިމެނޭ ގޮތަށް، ޓޫރިސްޓުންނަށް ހިދުމަތް ދޭން ރާއްޖޭގައި މިހާރު ހިންގާ ހުރިހާ ތަނެއްގެ މައުލޫމާތު ވެސް މި ގައިޑުގައި ހިމެނެ އެވެ.

"އެމްއެމްޕީއާރުސީގެ ދައުވަތަކަށް، ރާއްޖޭގެ ރަސްމީ ގައިޑް ނެރެދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" މޯލްޑިވްސް ޕްރޮމޯޝަން ހައުސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މަހުދީ ވިދާޅުވި އެވެ.

"އެހެން ފަހަރުތަކާ ތަފާތުކޮށް، ވީހާ ވެސް ގިނަ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ގައިޑުގެ ސަބަބުން، ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީންނާއި އިންޑަސްޓްރީގެ ފަރާތްތަކުން ކުރަމުން ގެންދާ ބުރަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން."

އިނގިރޭސި އާއި ޗައިނާ އާއި ޖަޕާނާއި ކޮރެއާ އާއި ސްޕެއިނާއި އިޓަލީ އާއި ޖަރުމަނާއި ފްރާންސާއި ރަޝިއާ އަދި ތުރުކީ ބަސް ހިމެނޭ ގޮތަށް ޖުމްލަ 10 ބަހުން ނެރޭ "މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2019"ގެ 48،500 އަށް ވުރެ ގިނަ ކޮޕީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހާނެ އެވެ. އެ ގޮތުން، އެމްއެމްޕީއާރުސީން އަންނަ އަހަރު ބައިވެރިވާ ޓޫރިޒަމް ފެއާތަކާއި ރޯޑްޝޯތަކާއި އެ ނޫން ވެސް އިޝްތިހާރުކުރަން ކުރާ އިތުރު ކަންކަމުގައި މި ގައިޑް ބޭނުންކުރާނެ އެވެ.

ގައިޑާ އެކު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމުގައި ސަމާލުކަން ދޭ ހަ ދާއިރާއަކަށް ހާއްސަ ލީފްލެޓުތަކުގެ އަންނަ އަހަރުގެ އެޑިޝަން ވެސް ވަނީ ޑަބްލިއުޓީއެމްގައި ލޯންޗުކޮށްފަ އެވެ. ޑައިވިން އަދި ސްނޯކްލިން އާއި ސްޕާ އަދި ވެލްނެސް އާއި އެކްސްކާޝަންތަކާއި ވޯޓާސްޕޯޓްސް އާއި ވެޑިން އަދި ހަނީމޫންގެ އިތުރުން ތާރީހާއި ސަގާފަތާ ގުޅޭ މައުމޫލާމާތާއި ފޮޓޯ ރާއްޖެ އަންނަން ބޭނުންވާ ފަރާތްކަށް ދައްކާލުމަށް ހަދާފައިވާ މި ލީފްލެޓްތައް ވެސް 10 ބަހުން ނެރޭނެ އެވެ. އަދި 250،000 އަށް ވުރެ ގިނަ ކޮޕީ، ޓޫރިޒަމާ ގުޅޭ އެކި ތަންތަނުގައި އަންނަ އަހަރުގެ ތެރޭގައި ބަހާނެ އެވެ.

"ސަނީ ސައިޑް އޮފް ލައިފް" ޝިއާރުގެ ދަށުން ރާއްޖެ އިޝްތިހާރުކުރަން، އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް އިންޑަސްޓްރީގެ އެކި ފަރާތްތަކުން ކޮންމެ އަހަރަކު ވެސް ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަ އެވެ. ރާއްޖޭގެ ރަސްމީ ގައިޑަކީ ވެސް އޭގެ ތެރެއިން އެއް ބައެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454