ޚަބަރު / ކަރެކްޝަނަލް ސާވިސް

އަދީބުގެ ބަޔާނެއް އެޗްއާރްސީއެމުން ނަގައިފި

އަދީބުގެ ކިޑުނީގައި އުފެދުނު ހިލަކޮޅު ޔުރެތުރާ ކައިރިއަށް ވެއްޓިފައި: ޑޮކްޓަރުން ބުނެފައި ވަނީ ލޭޒާ ބޭނުންކޮށްގެން ހިލަކޮޅު ނައްތާލަން ޖެހިދާނެ ކަމަށް -- ފޮޓޯ / އަދީބު އާއިލާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ނަގައިފި އެވެ.

ކޮރަޕްޝަނާއި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުއްވި މައްސަލައިގައި 33 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރަމުންދާ އަދީބުގެ ބަޔާނެއް އެޗްއާސީއެމުން ނަގާފައި ވަނީ އޭނާ އަށް ބޭސްފަރުވާ ކުރުމުގައި ދައުލަތުން އިހުމާލުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގަ އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ހުށަހަޅުއްވާފައިވާ އެ މައްސަލައާ ގުޅިގެން, މިހާރު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮތް އަދީބުގެ އަރިހަށް އެޗްއާރްސީއެމްގެ މުވައްޒަފުން ޒިޔާރަތްކުރައވައި ބަޔާން ނަގާފައި ވަނީ ބުރާސްފަތި ދުވަހެވެ.

"ބަޔާނުގައި އަދީބު ވަނީ ދޫނިދޫ ޖަލުގައި ހުއްޓައި [ކިޑްނީ ކަންތަކުގައި] ބަނޑުގައި ރިއްސުމުން ފުލުހުން އަމަލު ކުރި ގޮތުގެ ވާހަކަ އާއި މާލެ ގެނެސް ކަންތައް ކޮށްފައިވާ ގޮތާއި އެޑްމިޓްކޮށްފައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސާސް އިން އަމަލު ކުރަމުންދާ ގޮތުގެ ވާހަކަތައް ކިޔައިދީފަ،" ނަޝްވާ ވިދާޅުވި އެވެ.

އަދީބުގެ ބަޔާން ނެގުމަށް ހޮސްޕިޓަލަށް ދިޔަ އެޗްއާރްސީއެމްގެ މުވައްޒަފުން: ޖަލުގައި މިހާތަނަށް ހޭދަ ކުރެއްވި ތިން އަހަރު އެކަށީގެންވާ ބޭސް ފަރުވާ ދިނުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާ ކަމަށް އަދީބުގެ އާއިލާއިން ބުނޭ -- ފޮޓޯ / އަދީބު އާއިލާ

އަދީބަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަނީ ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް ފަރުވާ ދެމުން އަންނާތީ އެވެ. ކިޑްނީގައި ހިލަ އުފެދުމުގެ އިތުރުން އޭނާގެ ހަށިގަނޑުގައި ސިސްޓުތަކެއް ވަނީ އުފެދިފަ އެވެ. އަދި ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލޫކޯމާ އަށް ވެސް އަދީބު ބޭސް ކުރެ އެވެ.

ކިޑްނީގައި އުފެދޭ ހިލަ، ބޭސް ބޭނުންކޮށްގެން ނައްތާލުމަކީ ވޭންހުރި މަރުހަލާއެކެވެ. ނަމަވެސް އަދީބު ޖަލުގައި ހުންނަވަނިކޮށް ބަނޑުގައި ރިއްސާ ވާހަކަ ވިދާޅުވުމުން ޖަލު ގާޑުން އެކަމާ އަޅާނުލާ ދެ ގަޑިއިރު ތިބި ކަމަށް އާއިލާއިން ބުނެ އެވެ.

ޑޮކްޓަރުންނާ ހަވާލާދީ އަދީބުގެ އާއިލާއިން ބުނެފައި ވަނީ ބޭސް ބޭނުންކޮށްގެން ހިލަކޮޅު ނައްތާ ނުލެވިއްޖެ ނަމަ ލޭޒާ ބޭނުންކޮށްގެން އެކަން ކުރަންޖެހިދާނެ ކަމަށެވެ. ކިޑްނީގައި އުފެދުނު ހިލަކޮޅުބޭހުގެ ސަބަބުން މިހާރު އިނީ ޔުރެތްރާ ނުވަތަ ހީސް ހޮޅި ކައިރީގަ އެވެ. އަދީބުގެ ހާލު އަދިވެސް ރަނގަޅު ނޫން ކަމަށް އާއިލާއިން ބުނެ އެވެ.

"އަދީބުގެ ކިޑްނީ އާއި ބްލެޑާ [ޔުރެތުރާ] އާ ދެމެދަށް ވެއްޓިފައިވާ ހިލަކޮޅު އަދިވެސް ޑޮކްޓަރުންނަށް ފަރުވާދީގެން ފްލަޝް ކުރެވިފައެއް ނުވޭ. މިކަމުގެ ސަބަބުން އަދީބުގެ ވާތް ފަރާތުގެ ކިޑްނީ ވަނީ ދުޅަވެފައި،" ނަޝްވާ ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަދީބު ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަތާ ތިން އަހަރުވެފައިވާއިރު އޭނާއަށް އެކަށީގެންވާ ބޭސް ފަރުވާ ދިނުމަށް ސަރުކާރުން ދެކޮޅު ހަދަމުންދާ ކަމަށް އާއިލާއިން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

ހަށިގަނޑުގައި އުފެދިފައިވާ ސިސްޓުތަކުގެ ސަބަބުން ކެންސަރަށް ސްކްރީން ކުރުމަށާއި ލޮލުގެ އޮޕަރޭޝަނެއް ކުރުމަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ވަނީ އަދީބަށް ލަފާ ދީފަ އެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

29 ކޮމެންޓް, 110 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 65%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހީވާގޮތް

17 November 2018

އޭ ހަލޯ، އަޅުގަނޑުގެ ފިރިމީހާގެ ކިޑްނީގަ ހިލަހުރެގެން ރިއްސާތީ ބޭސްބޭނުންކޮށްގެން ދިގުދައްމަން ބޭނުންނުވާތީ، އޭޑީކޭއިން ވަގުތުން ހަމަ ދުވަހުން ދުވަހަށް އޮޕަރޭޝަންކޮށް ހިލަކޮޅު ނަގައިދިން. ކައިރީގައި ހުންނާނެ މީހަކުވެސް ނެތް އަޅުގަނޑުނޫނީ. އަޅުގަނޑުނުހުންނަ ގަޑިތަކުގަ ހޮސްޕިޓަލުގެ އެހީތެރިކަން ލިބުނު ފުރިހަމައަށް. ހަތަރުވަނަ ދުވަހު ގެއަށްފޮނުވާލި. މީރާއްޖެއިން ވަރަށް ފުރިހަމައަށް ލިބެންހުންނަ ފަރުވާއެއް.

The name is already taken The name is available. Register?

ދޮންބީފާނު

17 November 2018

ހާދަ ރުޅިިއެއް އަދީބު ދެކެ ރީނދޫ މީހުން ތިި އަންނަނީ؟ އަޅެ އަދީބު ކަލޭ ދެރައެއް ނުވޭތަ؟ މުޅިި ގައުމު ކަލެއަށް ނަފްރަތު ކުރަނީ މިިއޮއްގެން.

The name is already taken The name is available. Register?

ދިރާސާވެރިޔާ

17 November 2018

އަދީބަކީ ސިޔާސީ ބާރު ވެރިކަމުގައި ރަގަނޅަށް އުޅުއްވި ބޭފުޅެއް ނޫން. ޢޭރު ވަރަށް ނުރައްކާތެރި ކަންކަން ކުރެއްވި ބޭފުޅެއް. ޢެހެންނަަަމަވެސް ފުރިހަމަ ބޭސް ފަރުވާއެއް ހަމަ ކޮންމެ މީހަކަށްވެސް ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރަން.

The name is already taken The name is available. Register?

ނުރަބޯ

17 November 2018

ތިވަރުގެ ހިލަކޮޅެއް ބޭސް ބޭނުންކޮށްގެން ހީސްލާ ހޮޅިން ބޭރުވާނެ. އަހަރެން ރައްޓެއްސެއް މިދިޔަ އަހަރުވެސް 3 ހިލިކޮޅު ތިގޮތަށް ނެގި. ތިއީ ތިބުނާހާ ސީރިޔަސް ބައްޔެއް ނޫން.

The name is already taken The name is available. Register?

ނޫރާ

17 November 2018

މިކަހަލަ އެކްސްރޭތައް ހުރޭ އިންޓަނެޓްގަވެސް...އަހަރުންނަށް ކިހިނެއް އިނގެނީ ތިޔައީ އަދީބުގެ އެކްސްރޭކަމެއް...އެއްވެސް ޑާޓާ އެއްނެތް އެކްސްރޭގަ

The name is already taken The name is available. Register?

ޕޮކަންޑީމޭން

16 November 2018

އަދީބު ވިދާޅުވާންވީނުންތޯ ރިލްވާންއަށް ވީގޮތް! އެއަށްފަހު ނޫންތޯ އެހެން ވާހަކައެއް ދައްކަންވީ!

The name is already taken The name is available. Register?

ރަތަފަން

16 November 2018

"ގާޑުން އެކަމާ އަޅާނުލާ ދެ ގަޑިއިރު ތިބި ކަމަށް އާއިލާއިން ބުނެ އެވެ" އެންމެ ދެގަޑިއިރުވެގެން މިމައްސަލަ ޖައްސަނީ، ޕިސް ޕިސް ޕިސް....

The name is already taken The name is available. Register?

ކެކެކެ

17 November 2018

ހިލަކޮޅު ނަގަންވެސް ނޫޅެ ގާޑުން ހަމަ ތިބީ؟

The name is already taken The name is available. Register?

ރާވެރި

16 November 2018

ތިކަހަލަ ގޭމުކުޅުނު ނަށީދުވެސް

The name is already taken The name is available. Register?

ވަހީދު

16 November 2018

ކިންގު ސަލްމާނު އަތުގަ އޮންނާނެ ކަނޑުގައި ދުއްވާ ޓާޝަރީ މޯބައިލް ހޮސްޕިޓަލެއް.އޭނަ ކައިރި ބުނޭ ބޮރޯ ކޮއްލަންދޭށޭ އަދީބު ކަންތައް ހަމަޖެހެންދެން.އަދީބުބފިލިޔަ ދީގެން ނުވާނެ

The name is already taken The name is available. Register?

ބުނުވަންޖެހޭނެ

16 November 2018

ތި އޮޕަރޭޝަނަކީ ގާނދީ ހަސްފަތާލުގަ ކުރެވޭ އޮޕަރޭޝަނެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454