ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭ މަތީގައި ކަސްރަތުކުރަން ބަޔަކު މަޑުކޮށްލައިގެން: އިންތިހާބުގެ ފަހުން އެއްވެސް ބޯޓެއް ޖައްސާފައެއް ނުވޭ -- ފޮޓޯ: ސޯޝަލް މީޑިއާ
18 ނޮވެމްބަރ 2018 - 14:49
ރިޔާސީ އިންތިޚާބާ ކައިރިކޮށް، ހަމައެކަނި ރަންވޭއަކާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުޅުއްވައި ދެއްވި ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓް ނުޖައްސާތީ އެތަން ކަސްރަތުކުރާ ޓްރެކެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފި އެވެ.
އެތެރޭގެ ދަތުރުފަތުރަށް ހަދާފައިވާ ރަންވޭ، ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު އެރަށު ބައެއް މީހުން ބޭނުންކުރަނީ ހިނގާށާއި ދުވެހަދާށެވެ. ދެ ޖިންސުގެ އެކި އުމުރުގެ ގިނަ ބަޔަކު އެތަނަށް ކަސްރަތަށް ދާ ކަމަށް، ރަށު މީހުން ބުނެ އެވެ.
"އެތަނަކު ފްލައިޓެއް ނުޖައްސާ ވިއްޔަ. މިހާރު އެއީ ޕާކެއް. ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ކަހަލަ ކަންކަން ކުރޭ އެތާނގައި،" ކުޅުދުއްފުށީ މީހަކު ބުންޏެވެ.
ކުޅުދުއްފުށީ އެއާޕޯޓް ރަންވޭގައި ބަޔަކު ހިނގަނީ: އެތަނަށް ވަނުން އޮންނަނީ މަނާކޮށްފައި -- ފޮޓޯ: ސޯޝަލް މީޑިއާ
ކުޅުދުއްފުށީގައި އެއާޕޯޓެއް ހެދުމަކީ 2013 ގެ ރިޔާސީ އިންތިހާބުގައި ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ. އެކަމަކު އޭގެ ހަތަރު އަހަރު ފަހުން މަސައްކަތް ފަށައި، މި އަހަރުގެ އިންތިހާބުގެ ކުރިން ރަންވޭ ނިންމުމަށްފ ފަހު ޓެސްޓް ފްލައިޓް ޖެއްސީ ސެޕްޓެމްބަރު 19 ގަ އެވެ. އެއާޕޯޓް ހުޅުއްވައި ދެއްވީ އިންތިހާބުގެ އެއް ދުވަސް ކުރިން، ސެޕްޓެމްބަރު 21 ގަ އެވެ.
އެންމެ ފަހުން ކުޅުދުއްފުށީ އެއާޕޯޓަށް ފްލައިޓެއް ޖެއްސީ ރިޔާސީ އިންތިހާބުގެ ވޯޓު ލުން އޮތް ސެޕްޓެމްބަރު 23 ގައި، ޕީޕީއެމްގެ ބައެއް މީހުން ގޮވައިގެންނެވެ. އޭގެ ފަހުން އަދި އެ އެއާޕޯޓް ބޭނުމެއް ނުކުރެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓްގައި އެއާ ޓްރެފިކް ޓަވަރެއް، ޓާމިނަލެއް، ސެކިއުރިޓީ ޕޯސްޓެއް އަދި އޮފީސް އިމާރާތެއް ވެސް ނެތެވެ. ލައިޓް ޖެހުމުގެ މަސައްކަތް ވެސް ނުނިމެ އެވެ. ބޯޓުތައް އޮޕަރޭޓްކުރި ދެތިން ދުވަހު ސެކިއުރިޓީ ޗެކިން ވެސް ބޭއްވީ ވަރަށް އާދައިގެ ގޮތަކަށެވެ.
ކުޅުދުއްފުށީ ރަށު ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ ކަސްރަތުކުރަން ރަންވޭ ބޭނުންކުރަމުން އަންނަނީ އެތަނަށް ނާރަން އާއްމުކޮށް އަންގާފައި ވަނިކޮށް ކަމަށެވެ.
އެއާޕޯޓަށް ވަނުން މަނާ ސަރަހައްދު ވަކިކުރަން ފެންސް ޖެހުމުގެ މަސައްކަތް މިދިއަ ހުކުރު ދުވަހު ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓް ބޭނުންކުރި ދެތިން ދުވަހު ދަތުރުވެރިންގެ އަތްދަބަސް ޗެކްކުރަނީ
ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް އާ ސަރުކާރުން ވެސް ކުރިއަށް ގެންދަން އަންނަ އަހަރުގެ ބަޖެޓުގައި 5.7 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަލި
19 November 2018
ދިގަށް ތާރުއަޅާ ކޮންމެތަނަކީ އެއާޕޯޓެއް ނޫން.
ހަބީބު
19 November 2018
ދެންއިބުރާހިމް މުހަންމަދު ސޯލިހު ހޮވީ މިރަށުގެ ތާއީދާވެސްއެކުގަ އެއާޕޯޓު އެޅުމާ ދެކޮޅުމީހުން މިތަނައް ހިތުހުރިހާ ގޮތެއް ހަދަން ދޫނުކޮއް މިތަން ތަރައްގީކޮއް މިތަނުގެ ހިދުމަތް ރައްޔިތުންނައް ދިނުން އެދެން މަދުބަޔަކު ގަވައިދާ ގާނޫނައް އިހުމާލު ވުމަކީ ކުޅުފުއްފުށި ރައްޔިތުންގެ ބޮލުގަ އެކަމުގެ ބަދުނާމު އަޅުވަން ޖެހޭ ސަބަބެއްނޫން
ޙަސަން އަޙްމަދު
19 November 2018
ވޯޓު ހޯދަން އެޅި ތާރުގަނޑެއް މަތީ ބަޔަކު ދުވީމާ އޮތީ ކޮން މައްސަލައެއްބާ؟ ބޮޑެތި ބޯޓު ފަހަރު ޖެއްސޭ ވަރުގެ ރަންވޭއެއްގައި ބަޔަކު ދުވެގެން ވާ ގެއްލުމެއް އޮވޭބާ؟ ރަންވޭ ސަރަހައްދު ތަކަށް މީހުން ވަނުން މަނާވާ ސަބަބަކީ ފުރާނައަށް އޮންނަ ރިސްކު ބޮޑުކަމުން. ތަހުޒީބު ދެކެން ބޭނުމިއްޔާ މުޅި ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ މާލޭ މަގުތަކުންނާއި ބުރިޖު މަތިން އެ ފެންނަނީ ދިވެހި ރައްޔިތުންގެ ތަހުޒީބު.
ރަޝީދު-.
19 November 2018
ރައީސް ޔާމިން ހޮވުނުނަމަ، ތިތަންވެސް މިހާރު އޮންނާނީ ފުލް ފުލެޖް އެއަރޕޯރޓެއް ގޮތުގަ. ޑެއިލީ ޝެޑިއުލް ފްލައިޓް އޮޕެރޭޓް ކުރާނެ.... މިހާރު ދެން ކުރާނެ ކަމެއްނެތް ތިތާ ކަސްރަތުކުރުން ފިޔަވައި... އެހެންނޫނީ، ބޮނބި ފާކޮަށްފަ ހިއްކަން ބަހައްޓަންވެސް ވަރަށް ކަމުދާނެ.
ޅޮލް
22 November 2018
ޔާމީނު ވޯޓް ހޯދަން އެތަން އެޅީ ، 5 އަހަރު ޔާމީނު އަށް ވެސް އެރަށެއް ނުފެނޭ. ވޯޓް ލިބުން ނަމަވެސް ނުފެންނާނެ.
ހަގިީގަތް
19 November 2018
އަޅުގަނޑުގެ ތަޖުރިބާ އަށް ބަލާއިރު ކުޅުދުއްފުށީ މީހުންނަކީ ލާނެތް ބައެކެޭ ބުނެވިދާނެ.. އެކަމަކު ރަންވޭ ޓްރެކަކަށް ހެދުމަކީ ކްރިއޭޓިވް ކަމެއް! އެތަނުގައި ދުވުމަކުން ރަަންވޭ އަށް ގެއްލުންވެދާނެ ކަމަކަށް ނުދެކެން..
adam
19 November 2018
ވަޓް އަ ޝޭމް
ހޮޓްކިންގ
19 November 2018
މަށަށް ވިސްނޭގޮތުގައި ކުޅުދުއްފުށީމީހުން ތަންކޮޅެއް ހޭލުންތެރި ބަޔަކަށްވާންޖެހޭ.
ކަސްޕަސްކީ
19 November 2018
މިތާގަ ކުޅުދުއްފުށީ ރައްޔިތުންނަށް މަލާމާތް ކުރުމުގެ ބޭނުމެއް ނެތް.
ވެލިމާ
19 November 2018
މީހުންނަށްވުރެ ކުރިން އިންފްރާސްޓްރަކްޗަރ ތަރައްގީ ވީމަ ދެން ފެންނާނީ މިކަހަލަ މަންޒަރެއް.
ދަޅުހަރުފަ
19 November 2018
ބައެއް މީހުނަށް ބޮޑުތިލަދުންމަތީ މީހުންނަކީ މާ ވަރުގަދަ ގައުމީ ބަޔަކު ކަމުގަ ދެކިގެން އުޅުނަސް އޭގެ ހެއްކެތްނެތް. ބޮޑުތިލަދުންމަތި މަސަލަސްކުރަން ރާއްޖޭގެ އެއް ވެރިޔަކު ނެރުނީ ފަނިރުނބާ ތަކެއް. އަނެއް ވެރިޔަކު މިދެއްކީ ތާރުގަނޑެއް. އެކަމަކު ހަމަ ހެވިފަ އަތްޖަހަން. ނޫނޭވާ އެއީ ގައުމީ ބަތަލުން ގިނަ ތަނެއް.