މުވެންފިކް ރިސޯޓް
23 ނޮވެމްބަރ 2018 - 23:14
ރާއްޖޭގައި ޖުމްލަ 144 ރިސޯޓެއް، ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ އިރު، އިތުރު 140 ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރިސޯޓް ތަރައްގީ ކުރުމުގެ 132 މަޝްރޫއުގެ ތެރެއިން 140 ރިސޯޓެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އޭގެ ތެރެއިން ވެސް އެކި ސަބަބުތަކާ ހުރެ 54 ރިސޯޓެއްގެ މަސައްކަތް މިހާރު މަޑުޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މަޝްރޫއުގައި 93 ރިސޯޓެއްގެ ތަރައްގީގެ މަސައްކަތްތައް ދަނީ ކުރިއަށް،" ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މިދިޔަ ހޮނިހިރު ދުވަހު އައްޔަން ކުރެއްވި ފަހުން ބޭއްވެވި ފުރަތަމަ ނިއުސް ބްރީފިންގައި އަލީ ވަހީދު ވިދާޅުވި އެވެ.
ރިސޯޓްތަކުގެ އިތުރުން ޓޫރިސްޓުންނަށް ޚާއްސަ 12 ހޮޓަލާއި 508 ގެސްޓްހައުސްގެ ހިދުމަތް ދެ އެވެ. އޭގެ އިތުރުން 148 ސަފާރީ އާއި 308 ޓްރެވެލް އޭޖެންސީ އާއި 272 ޑައިވް ސްކޫލް ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މައުލޫމާތުތަކުގައިވެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޓޫރިޒަމަށް ހާއްސަކޮށްގެން 13 ރަށާއި ހަތަރު ފަޅެއްގެ އިތުރުން ދެ ބިން ގެޒެޓްކޮށް، އެއްވެސް ބަޔަކަށް މިހާތަނަށް ދޫނުކޮށް އެބަ އޮތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރުން ފެށިގެން 13 ރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރައީސް އޮފީހުން ހުއްދަ ދީ ގެޒެޓް ނުކުރެވި ތިން ރަށެއް ވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރާނީ ރާއްޖޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާ ކަަމަށްވާ، ޓޫރިޒަމް އިތުރަށް ކުރިއެރުވުމަށް ކަމަށެވެ. މިނިސްޓަރު ވަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ޖަމިއްޔާތަކާ މިދިޔަ ހަފުތާގައި ބައްދަލުކުރައްވައިފަ އެވެ.
މިދިޔަ މަހު ރާއްޖެ އަށް ވަނީ 1،207،852 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް ޒިޔާރަތްކުރީ 1،125،995 ޓޫރިސްޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
fahihaa
25 November 2018
ޅ.ހުދުފުށި ކިޔާ ރިސޯޓެއް ހަދާތާ 32 އަހަރުވެއްޖެކަން މިނިސްތަރަށް އެނގިލައްވާތޯ؟ ބާރާއި ނުފޫޒު ބޭނުންކޮށްގެން ކާށި ވިއްކާ ކުދި ރުއް ވިއްކައިގެން އެތިބެނީ ހެވިލާފަ މަސައްކަތަކަށް ބަޔަކު އެރިޔަސް ނޮޅައިގެން އެބަޔަކު ކާލަނީ ގިރާވަރު ހުސޭނު ކިޔާ ތަސައްރަފް ނުފުދޭ މީހެއް އުޅެނީ މިޖަރީމާތައް ހިންގުމުގަ އިސްކޮށް
ހުސެންހ
24 November 2018
މިހާރު ހަދަމުންދާ 140ރިސޯޓަކީ މިސަރުކާރުން ކޮއްދޭ ކަމެއްތޯ؟؟؟؟
ސޮލިއުޝަން
25 November 2018
އާނ، އެއީ މިސަރުކާރުން ކޮށްދޭ ކަމެއް. އަންނި ސަރުކާރުން އަޅައިދިން 5000 ފްލެޓް ޔާމީނު އެޅި އެއްޗަކަށް ވީގޮތަށް.
އަމީލް
24 November 2018
ތީ އުފާވެރި ހަބަރެއް!
ޢަދުލު
24 November 2018
މިގައުމަށް2ވަނަ އަދީބު އައިސް ޓުވަރިޜަމް މިނިސްޓުރީއާއި ހަވާލުވެގެންހުރީ މީގެކުރީސަރުކާރުން މާލެ ހުޅުމާލެއިން ބިންގަނެހޯދިގޮތް އަވަސްތަހުގީގެއް ކޮއްދިނުމައް މިހާރުގެ ސަރުކާރައްގޮވާލަން
އަބްދޫ
24 November 2018
ތިޔައީ ކިއްކި ވިއްކައިގެނެއްނޫން. އެއީ ޔާމީނުގެ ސަރުކާރުގެ ފޮނި މީރުކަން ޔާމީނަށް ބޭނުމެނުވޭ ބަނޑިޔާ ޖަހަން ރިސޯޓްތަކަކަށް ދާކަޑެއް . ކިއްލި ވިއްކަިގެންގޯތި ގަންނާކަށް ގާސިމް ހޮސްޕިޓަލްކާތިބުކަމުން އެމްޖީބިއެސް ގެ މެނޭޖަރަކަށް ދެން 1500 ލޯނަކުންވީ މަހުޖަނަކަށް ދަވްލަތަށް ބޭނުންވާ ހުރިހާތެޔޮ މަގޭ އުނގަުގައޭ ނުބުނާނެދޯ
ތިމާވެށި
24 November 2018
އާބާދީ އަށް ވުރެ 3 ގުނަ އިތުރަށް ގެސްޓުން އަންނައިރު ރައްޔިތުންނަށް އޭގެ މަންފާ ލިބެނީ ނިސްބަތުން ވަރަށް ކުޑަކޮށެވެ. ރިސޯޓް ތަކުގެ ކޮންޓްރޯލް އޮތީ މަދު މަހުޖަނުންނާއި ބޭރު މީހުންގެ އަތްމަތީގައެވެ. ދިވެހީންނަށް ގިނައިން ލިބެނީ މަސައްކަތު މީހުނާއި ރޫމްބޯއީ އަދި ވެއިޓަރުން ގެ ވަޒީފާ ތަކެވެ. ކަންކަން ހުރި ގޮތް ބަލަން ރިސޯޓެއް ޗެކް ކޮށްލެވޭ ފަދަ ސަރުކާރެއް އަދި ނާދެއެވެ.
ދީދީ
24 November 2018
މަންފާ ތިމާނަ ކުރަނީ ކިހިނެތްތޯ؟ ދައުލަތުގެ ބަޖެޓްގެ %75 އަކީ ޓޫރިޒަމުން ސިދާކޮށްނާއި ނުސީދާ ގޮތުން ލިބޭ ފައިސާއެއް ނޫންތޯ؟ ސިވިލް ސަރވިސްގެ މުސާރަ މިދެނީ ޓޫރިޒަމުން..ހިލޭ ބޭސް ކޮށްދެނީ މި ޓޫރިޒަމްގެ ފައިސާއިން، ހިލޭ ކިޔަވައިދޭ، އެތައް ހާސް ދިވެހިންނެށް ވަޒީފައިގައި. އުމްރާނީ ތަރައްގީ މިދެނި އެފައިސާއިން. ތިމާގެ އަމިއްލަ ޖީބަށް ސީދާ ރިސޯޓު އޯނަރު އައިސް އާން މިއޮތީޔޭ ނުބުންޏަސް ޓޫރިޒަމްގެ ފައިދާ މުޅި ގަމުމުގައި އެބަ އޮތް!
ހަބީބު
24 November 2018
ރިސޯޓު ތަކުން ދައުލަތައް ދައްކަން ޖެހޭ ޓެކުހާއި އެހެނިހެން ފައިސާއަކީ ހަމަ ހުރިހާ ދިވެހިންނަށް ފައިދާ ކުރާނެ އެއްޗެކެވެ. ރިސޯޓުތައް އިތުރުވިވަރަކަށް ސަރުކާރަށް ލިބޭ އެއްޗެއް ގިނަވާނެއެވެ.
އަލިހަންޖާ
25 November 2018
ތިއީ ރިސޯޓަކަށް ގޮސް ވެސް ކަންހިނގާ ގޮތް ނޭނގި ދައްކާ ވާހަކައެއް. ބައްލަވާ ރާއްޖޭގެ ރިސޯޓުތަކުގަ ޑިޕާޓްމެންޓް ހެޑް ލެވެލްގަ އާއި ޖީއެމް ޕޯސްޓް ތަކުގަ ތިބި ދިވެހިންގެ އަދަދު. އާނ ދެން ކޮންމެ ދިވެއްސަކީ އެޗްއޯޑީ އަކަށް ޖީއެމް އަކަށް ނުވާކަން...
ނައިފަރުސިޔާމް
24 November 2018
އެގިލައްވާތޯ ބައެއް ރަށް ރަށް ތަރައްގީ ކުރާތާ 25 އަހަރު ވެފައިވާކަން.
ސަމާ
24 November 2018
އަސްލު ޓުއަރިޒަމް އިންޑަސްޓްރީ މިއޮތީ ބޮޑު ވާނުވާއެއްގެ ތެރޭގައި. މިހާރުވެސް 144 އޮށްވާ، އިތުރަށް 140 ރުޒޯޓު އެޅުމަކީ އިންޑަސްޓްރީގެ ދުވަސް ދުއްވާލުން ނޫންކަމެއް ނޫން. އަދި އިތުރަށް ގެސްޓް ހައުސްތަކާ، ސަފާރީތަކާވެސް އެބަ ތިބި. އިތުރު އެއްވެސް ރިޒޯޓެއް އަޅަން ހުއްދަ ދިނުމުގެ ކުރިން މިހާރު މި އިންޑަސްޓްރީ އޮތް ހާލަތާ، ދިމާވެފައިވާ ގޮންޖެހުންތަށް ބަލާ ހައްލުކުރުމަށް ގޮވާލަން! މީ އަހަރުމެންގެ އޮތްހާވެސް އެއްޗަކީ. އެހާ ފަސޭހައިން ދޫކޮށް ނުލާ.
ދެން އަތް ޖަހާ
24 November 2018
ވިިދާޚެއް ޗާނެ ކަމެއް ނެތް ތީ ޔާމީންގެ އިިގްތިިސާދުގެ ދުޅަހެޔޮކަން. ލާރިއެއް ނެތޭ ކަމެއް ވާކަށް ނެތޭ ގޮވަގޮވާ ތިިބުން ނޫން ކަމެއް ކަލޭމެންނަަށް ނުވާނެ. ތިި ހުރިހާ ކަމެއް ހުއްޓިި ރާއްޖެ އަނދަވަޅަކަށް ވެއްޓެންދާ މަންޒަރު މިިހާރު މިިދަނީ ފެންނަމުން.
ވަޒީފާބޭނުން
24 November 2018
ދިވެހިންނަށް ތިޔަ ރިޒޯޓްތަކުން އޮތީ ކިތައްޕަސަންޓް ވަޒީފާތަ..