ހައްޖުގެ އަޅުކަން އަދާކުރުމަށް ބަޔަކު ފުރަނީ: އުމްރާ އަށް ފުރަން ހަމަޖައްްސާފައިވާ ބަޔަކަށް ވަގު ޓިކެޓުތަކެއް ދޫކުރި މައްސަލާގައި މީހަކު ވަނީ ހައްޔަރުކޮށްފައި.---މިހާރު ފޮޓޯތައް: ހުސެއިން ވަހީދު
26 ނޮވެމްބަރ 2018 - 23:52
އަސްކޮއި ހައްޖު އުމްރާ ގުރޫޕްގެ ހަވާލުގައި އުމްރާ އަށް ފުރަން ހަމަޖެހިފައިވާ މީހުންނަށް ދޫކުރި ވަގު ޓިކެޓްތަކުގެ މައްސަލައިގައި މިއަދު މީހަކު ހައްޔަރުކޮށް ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ވަގު ޓިކެޓްގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ރާއްޖޭން ބޭރަށް ފުރުމަށް ސ. ގަން އެއާޕޯޓުގައި ހުއްޓާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މައްސަލަ ތަހުގީގުކުރަމުން އަންނާތީ ހައްޔަރުކުރި މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.
އަސްކޮއި ގްރޫޕަށް ބަޔަކު ވަގު ޓިކެޓުތަކެއް ވިއްކާފައިވާކަން އެނގުނީ އިއްޔެ ހަވީރު އެ ގްރޫޕުގެ 50 މީހަކު އުމްރާ އަށް ފުރަން އެއާޕޯޓަށް ދިޔަ ފަހުންނެވެ. ވަގު ޓިކެޓުތައް ހަދާފައި ހުރީ ސްރީ ލަންކަން އެއާލައިންސްގެ ނަމުގަ އެވެ. ދަތުރުގެ މަންޒިލާއި ފުރަން ހަމަޖެހިފައި ތިބި މީހުންގެ ނަންތައް ޓިކެޓުގައި ހުރި ނަމަވެސް ފްލައިޓް ނަންބަރު އޮތީ ނުބައިކޮށެވެ.
ވަގު ޓިކެޓްގެ މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން އަސްކޮއި ހައްޖު ގްރޫޕުން ޓިކެޓު ގަންނަން ފައިސާ ހަވާލުކުރީ ސަމްހާ ގްރޫޕު އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏަކަށް ކަމަށާއި އަދި އެ ފައިސާ ސަމްހާ ގްރޫޕް އިންޓަނޭޝަނަލުން ޑީބީ ޓްރެވަލްސް ކުންފުންޏަށް ދެއްކުމުން، އެ ކުންފުނީގައި މަސައްކަތްކުރާ މީހަކު ސައްހަ ނޫން 168 ޓިކެޓު ދޫކޮށްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސަމްހާ ގްރޫޕްގެ މެނޭޖިން ޑައިރެކްޓަރު އަބްދުއްރަޝީދު އަބްދުﷲ "މިހާރު" އަށް މިއަދު ވިދާޅުވީ އެ ކުންފުންޏާ ގުޅިގެން 216 ޓިކެޓު ގަތުމަށް އަސްކޮއި އިން ހަވާލުކޮށްފައިވާ ކަމަށެވެ. އެ ހުރިހާ ޓިކެޓުތަކެއް ވެސް ގަނެފައި ވަނީ ޑީބީ ޓްރެވަލްސް އަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޑީބީ ޓްރެވަލްގެ މެދުވެރިކޮށް ޓިކެޓް ގަތުމަށް މީގެ ހަތަރު މަސް ކުރިން 2.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައި ވާނެ އެވެ. ޑީބީ ޓްރެވަލްސްގެ ފަރާތުން ގަތް 216 ޓިކެޓުގެ ތެރެއިން 168 ޓިކެޓަކީ ވަގު ޓިކެޓްކަން މިހާތަނަށް އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދުހުދު
27 November 2018
ސިކުނޑި ހަމަ އެކަކުވެސް މި ތާ ކޮމަންޓް ނުކުރެ ހުސް ކަނޑު ކޮހުން
ކޯނަރ
28 November 2018
ކުދިންނޭ މި ކޮމެންޓު ކުރި ހުދުހުދަކީވެސް ކަނޑުކޮހެއް!
ސާދާސީދާ
27 November 2018
އެތައް ބަޔަކު ޢުމުރު ދުވަހުން ރައްކާކުރި ފައިސާއަށް ހަދާލިގޮތް ދެކިބަލަ! މިކަމުގައި ޝާމިލްވާމީހުން ޖެހޭނީ 25 އަހަރު ޖަލުގައި، ބުރަމަސައްކަތާއިއެކު ބައިތިއްބަން. މިއީ، ދިރިތިބީންނަށް ޢިބްރަތަކަށް ޓަކައި ކުރަން މުހިންމު ކަމެއް.
ދަތްނެތްކުއްޖާ
27 November 2018
މިކަހަލަ ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ އެއިރެއްގައި އޮންނަ ސަރުކާރަކުން ނަގަން ޖެހޭނެ ކަމަށް މަމެން ދެކެން. ސަބަބަކީ މިކަހަލަ ކަންތައްތަކަކީ މި ރާއްޖޭގައި އަލަށް އުފަންވެގެން އުލޭ މައްސަލަ ތަކެއްނޫން. މިއީ މިރާއްޖޭގައި ފެށުނީއްސުރެން އަށަގަނެފައިވާ ކަންތައްތައް. ސަރުކާރަކުން މިހިރަ ކަންތައްތަކަށް ސީރިއަސް ކަން ނުދެވޭތީވެ މިކަހަލަ ކަންތައްތައް ތަކުރާރު ވަމުންދަނީ. ބޮޑެތި އަދަބު ތައް ކަނޑަ އަލާބަލަ. އުމުރު ދުވަހުގެ ޖަލު ޙުކުމްތައް.
ދުންމާރި
27 November 2018
އަސްކޮއި ގުރޫޕުން އުމްރާއަށްދާން ހަމަ ހެޔޮނުވާނެ، އެއީ ހަމަ އެއްގޮތަކަށްވެސް މިކަހަލަ ކަންތަކަށް ކުފޫހަމަވާ ބައެއްނޫން، އެމީހުން ހުރިހާ ކަމެއްގައި ހަދާނީ ހަމަހުސް މަކަރާއި ހީލަތް، އެއީ ތަނެއް ދޮރެއް ނުދަންނަ ބައެއް، ކޮންމެވެސް ބޮޑު މައްސަލަ ގަނޑެއް ނުޖެހޭ ހަމަ އެއްފަރުވެސް ނުދާނެ، މިދިޔަ އަހަރު ޑިސެމްބަރ މަހު އަޅުގަނޑުގެ ޢާއިލާވެސް ހަމަ ތިޔަ ގުރޫޕުން ދިޔައީ، މީހުންތަށް ތިބީ ގުރޫޕުން ކަންކުރާގޮތުން ތަޅާފޮޅައި ގަންނަ ހިސާބައް ގޮއްސައެވެ.
ހަސަންބެ.
27 November 2018
އަސްކޮއި އާއި ސަމްހާ އިންޓަނޭޝަނަލް އަކާއި ޑީޕީ ޓްރަވެލްސް އޭ ކިޔައިގެން ފާޑުފާޑުގެ ނަންތައް ކިޔާ މަޑިދަށު ކޮންފުނި ރަޖިސްޓްރީ ކޮށް ގަންނަ ގަޑު ތިހުންނަނީ. ރަގަޅަށް ވެއްޖެއިޔާ ތި ހުރިހައި ކުންފުންޔަނކީ އެކަކު ނަމުގައި ހުންނަ ބޯޑެއްވެސް ފޯނު ނ. ވެސް ނެތް މަޑިދަށު ކުންފުނި. އަހަރެމެންވެސް މިގައުމު މީހުންވީޔާ ތި ނަންތައް އަޑު އެހީވެސް ފުރަތަމަ ފަހަރަށް މި.
ގަބުޅި
27 November 2018
ދަތުރު ރާވާ ބަޔަކަށް ޓިކެޓް ގަނޑުވެސް އަމިއްލަޔަށް ނުނެގޭ؟ ކީތްކުރާ ބައެއް. އެއާރލައިންތަކުގެ އޮފީސްތަށް މިމާލޭގެ މިއޮތީ އުކާފަ.
ނުބައިހާނު
27 November 2018
މަޖިލިސް އިންތިޚާބާ ދިމާކޮށް 100 ފޯމާއެކު ވެރިކަންކުރާ މައިޕާޓީއާ ގުޅެނިކޮށް ތިކަން އޮބިދާނެ. އަދި ޙައްޖު ކޯޕަރޭޝަނުން ތިޔަ އެންމެންގެ ޒިންމާ އުފުލާފާނެ.
އަޙުމަދު
27 November 2018
ތިފަދަ މައްސަލަތަށް ވަރަށް ހަރުދަނާކޮށް ބެލުމަށް ފުލުންނަށް ގޮވާލަން، މިހާތަނަށް ފެނިފައިވާ މަންޒަރު ތަކަށް ބަލާއިރު މާބޮޑުކަމަކަށް ނުވެ އެކަންކުރި މީހާ ހުންނަނީ ކޮންމެވެސް ގޮތަކުން ސަލާމަތްވެފަ. މީގެ ކުރިން ހިނގާދިޔަ ތިފަދަ ބޮޑުކަމެއް ކުރި އަތަމާ އަބްދުއްލަތީފު ދަރި މާނުވެސް އެހުންނަނީ ގޭގައި، ކޮބާތޯ ވީކަމެއް،
ހޮޓްކިންގ
27 November 2018
ދެންމިޖެހުނީ ހައްޖު ކޯޕަރޭޝަނުން މިމީހުންވެސް އެއްވެސް އަގަކާއިނުލައި ސަރުކާރުގެ ޚަރަދުގައި ޢުމްރާއަށް ގެންދަން. މީގެކުރިން އަތަމާ ޢަބްދުއްލަތީފުގެ މާނު ހަމަމިހެން ލާރިގަނޑެއް ކާލައިގެން ހައްޖަށް ނުދެވުނު އެންމެން ސަރުކާރުން ހައްޖަށް ގެންދިޔައީ. އަދިވެސް އެފައިސާ ސަރުކާރަށް ނުލިބޭ. އެކަމަކު އަލަށްހަވާލުވި ސަރުކާރުން މިދައްކަނީ ހައްޖު ކޯޕަރޭޝަނުން މީހުންގެ ލާރި ކާވާހަކަ. އަދިވެސް ގްރޫޕްތަކުން ދިފާޢުގައި ވާހަކަ ދައްކާނެ ކޯޓާއޭ ބިލެތޭ، ކިޔައިގެން.
ދޮށީކޮއި ޢަލީގެ މުޙައްމަދު
27 November 2018
ވަގު ކޯޓް އަމުރު ނެރުނު މިހުން ދޫކޮށްލާފަ ވަގު ޓިކެޓް ހެދި މިހުން ހައްޔަރު ކުރާނީ މިދެކަމުގައިވެސް މަކަރާ ޚީލަތް ވަގު ޓިކެޓް ތައްޔާރު ކުރި މީހުންނަށް އަދަބެއް ދެވިގެން ނުވާނެ ވަގު ކޯޓް އަމުރު ނެރޭ މީހުންނަށް ދޭނެ އަދަބެއް ނެތިއްޔާ
އަޙުމަދު
27 November 2018
ދޮށީކޮއި އަލީގެ މުހައްމަދާ. ވަގު ކޯޓުއަމުރެއް ނުނެރެ: މޮޔަ ވާހަކަ ނުދައްކާ: ނެރުނިއްޔޭ ކިޔައިގެން އުޅެނީ :އެއީބަޔަކު ރާވައިގެން ވަކި މީހަކު ބުނިގޮތަށް އަނބުރާފައިވާ ގޭސްގަނޑެއް، ކާނަލް ނަޒިމްގެއަށް ވެއްދި ފިސްތޯލައެކޭ މިކަމެކޭ އެއްވެސް ތަފާތެއްނެއް.
ނޫނު ރާ
27 November 2018
ވަގު ކޯޓް އަމުރެއްބާ... ނުވަތަ ކޯޓަކުން ނެރުނު އަމުރެއް ގަބޫލުކުރަން ދަތިވީބާ؟
ރޯކް
27 November 2018
މީހާގެ އުމުރަށްވުރެ ދޮށީ ވާހަކަ ދައްކަންޏާ ގޯސްވެސް ކިއޭނެ އަހުމަދޫ. އަޅާ ނުލައި