ދުނިޔެ / ބަންގްލަދޭޝް

ޚާލިދާ ޒިޔާ އަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހަދައިފި

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ. --ފޮޓޯ:އޭއެފްޕީ

ޑާކާ (ނޮވެމްބަރު 28) - އަންނަ މަހު ބަންގްލަދޭޝްގައި އޮންނަ އާއްމު އިންތިޚާބުގައި އިދިކޮޅު ލީޑަރު ޚާލިދާ ޒިޔާ އަށް ވާދަ ކުރުމުގެ ފުރުސަތު ނެތް ކަމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

އުމުރުން 73 އަހަރުގެ ޚާލިދާ ޒިޔާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ކުށް ސާބިތުކޮށް 10 އަހަރަށް ޖަލަށް ލައިފަ އެވެ. ނަމަވެސް ޚާލިދާގެ ސަޕޯޓަރުން އުއްމީދުކޮށްގެން ތިބީ އަންނަ މަހު 30 ގައި އޮންނަ އިންތިޚާބުގައި ޚާލިދާ އަށް ވާދަކުރެވޭނެ މަގެއް ސުޕްރީމް ކޯޓުން ހޯދައިދޭނެ ކަމަށެވެ.

އެކަމަކު ސުޕްރީމް ކޯޓުން މިއަދު ނިންމާފައި ވަނީ ދަށު ކޯޓުން ކޮށްފައިވާ ހުކުމަކަށް ބާރު ލިބޭ ގޮތަށް، ދެ އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށް ހުކުމް ކޮށްފައިވާ މީހުން އިންތިޚާބުތަކުގައި ވާދަ ނުކުރެވޭނެ ކަމަށެވެ.

"ސުޕްރީމް ކޯޓުގެ އެ ނިންމުމާ ގުޅިގެން ޚާލިދާ އަށް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ،" އެޓާނީ ޖެނެރަލް މަހްބޫބޭ އާލަމް ވިދާޅުވި އެވެ.

ޚާލިދާ ލީޑަރުކަން ކުރައްވާ ބަންގްލަދޭޝް ނޭޝަނަލް ޕާޓީ (ބީއެންޕީ) އިން ވަނީ އެ ހުކުމާ ދެކޮޅު ހަދައިފަ އެވެ. އަދި އެއީ ސަރުކާރުން ބޭނުންވި ގޮތަށް ނެރުނު ހުކުމެއް ކަމަށް ވަނީ ބުނެފަ އެވެ.

އިންތިޚާބަށް މަހަކަށް ކައިރިވެފައިވާ އިރު ޚާލިދާގެ ބަދަލުގައި ނެރޭނެ ކެންޑިޑޭޓެއް ބީއެންޕީން އަދި ހަމަޖައްސައިފައެއް ނުވެ އެވެ. އިދިކޮޅު ފަރާތްތަކުން ދަނީ އިންތިޚާބުގެ ކުރިން ބޮޑު ވަޒީރު ސެއިޚް ހަސީނާ އިސްތިއުފާ ދެއްވުމަށް ފަހު ވަގުތީ ސަރުކާރެއް ގާއިމްކުރުމަށް ގޮވާލަމުންނެވެ. އަދި އިންތިޚާބުގެ ކުރިން އިދިކޮޅު ބައި މިލިއަނެއްހާ ސަޕޯޓަރުން ހައްޔަރު ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް ބީއެންޕީން ތުހުމަތު ކުރެ އެވެ.

1 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 45%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚާލިދާ

28 November 2018

ރާއްޖެ ކޮޕީކޮށްލީތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454