ރެއިންބޯ ލިވިން މޯލް. | ފޮޓޯ: އަހުމަދު ނިޝާތު
01 ޑިސެމްބަރ 2018 - 18:05
އަހަރުގެ ނިންމުން ފާހަގަ ކުރުމުގެ ގޮތުން ރެއިންބޯއިން 'އިޔާ އެންޑް ސޭލް 2018' ނަމުގައި ހާއްސަ ސޭލެއް ފަށައިފި އެވެ.
ކޮންމެ އަހަރުކުވެސް އަހަރު ނިމުން ފާހަގަ ކުރަން ކުރިޔަށް ގެންދާ ސޭލް މިއަހަރު ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ 10 ގެ ނިޔަލަށެވެ.
ރެއިންބޯ އެންޓަޕްރައިޒަސްގެ ފަރާތުން ހިންގާ ރެއިންބޯ ލިވިންގް މޯލް، ރެއިންބޯ ބިލްޑްވެއަ، ރެއިންބޯ އޮފީސް ސިސްޓަމް، ރެއިންބޯ އޮންލައިން ސްޓޯރުގެ އިތުރުން ރެއިންބޯ ތިނަދޫގައި ވެސް މި ސޭލް ކުރިޔަށް ގެންދާނެ އެވެ.
ރެއިންބޯއިން ބުނި ގޮތުގައި 500 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއެއް ކުރާ ފަރާތަކަށް މި ސޭލްގައި ބައިވެރިވުމަށް ކޫޕަން ލިބޭނެ ކަަމަށެވެ. އަދި ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އައިިފޯން ޓެން އެސް މެކްސެއް ލިބިވަޑައިގަންނަވާނެ ކަމަށް ރެއިންބޯއިން ފާހަގަ ކުރި އެވެ.
މި ސޭލްގެ ގުރުއަތު ނެގުން އަންނަ އަހަރުގެ ޖެނުއަރީ 31 ވާ ބުރާސްފަތި ދުވަހު ރޭގަނޑު 9 ޖަހާއިރު ރެއިންބޯ ބިލްޑްވެއަގައި ބޭއްވުމަށް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަގެ އެކުވެރި
01 December 2018
ކީއްތޯ ވާނީ އަހަރީ ސޭލް ޖެހިއްޔާ؟ ކޮން އިޔަ އެންޑެއްތޯ؟