އިކޮނޮމިކް މިނިސްޓަރު ފައްޔާޒް: މިނިމަމް ވޭޖާ ބެހޭ ބޯޑެއް އެކުލަވާލަން އޭނާ ވަނީ އެދިވަޑައިގެންފައި --ފޮޓޯ/ރައީސް އޮފީސް
06 ޑިސެމްބަރ 2018 - 14:01
މިނިމަމް ވޭޖާ ބެހޭ ބޯޑެއް އެކުލަވާލެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެދިވަޑައިގެންފި އެވެ.
މިނިމަމް ވޭޖް ނުވަތަ މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމުގެ ބޯޑާ ގުޅޭގޮތުން ފައްޔާޒް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މިނިމަމް ވޭޖް ކަނޑައެޅުމާ ބެހޭ ބޯޑެއް އެކުލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށެވެ.
އެ ބޯޑަކީ މިނިމަމް ވޭޖް ކަނޑައެޅުމުގައި އޭނާ އަށް ލަފާ ދޭން އުފައްދާ ބޯޑެއް ކަމަށް ވެސް ފައްޔާޒްގެ ޓްވީޓްގައިވެ އެވެ.
I have today advised and requested the President to establish the Minimum Wage Board under the Employment Act to advise me on establishing a minimum wage in Maldives. I hope to have a robust emgagement with industry and workers to reach a fair and sensible outcome.
— Fayyaz Ismail (@faya_i) December 5, 2018
ފައްޔާޒްގެ ޓްވީޓް
މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހު ފަށަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި ވެސް މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Ahmed Nasheed
06 December 2018
ބަރާބަރު. އަވަސް ކުރައްވާ. ކައިރީގަ އޮތް އިންޑިޔާއިން މިނިވަންވުމާއެކު 48 ގަޑި އިރުގެ ތެރޭގައި ތަސްދީޤު ކުރި ޤާނޫނެއް "މިނިމަމް ވޭޖަސް ބިލް" އަކީ. އަހަރެމެން މި ފާހަގަކުރީ މިނިވަންކަމުގެ 50 އަަހަރު. އަދި މި އުޅެނީ މިނިމަމް ވޭޖަރސް ބިލެއް އެކަށަނޭޅި. މިނިސްޓަރ އަށް ދަންނަވާލަން. ހަމަ ތިޔަ ބިލާއެކު ގޯތިގެދޮރާ އެޕާޓްމެންޓް ކުއްޔަށްދެވޭނޭ އެންމެ މަތީ އަގެއް ވެސް ކަނޑައެޅުމުގެ ޤާނޫނެއް އެކުލަވާލުމަށް
ވިނާޝް
06 December 2018
ކާރީގަ އޮތް އިންޑިޔާއަކީ %30 މީހުން ބިލޯޕަވަޓީގަ އޮތް ގައުމެއް، ވީމާ އެބިލު އެމީހުންނައް މުހިންމުވީ.. ރާއްޖޭގައި ޕަވަޓީ ލައިން އިންތީރީގަ އުޅެނީ %0.05. މިތާގަ ރައްޔިތުންނައް ފައިސާ ނުލިބެނީކީއެއްނޫން.. އަތައްލިބޭ ލާރިކޮޅުގެ %80 ކުއްޔައްދައްކަންޖެހެނީ. ވީމާ މިތަނައް ބޭނުންވަނީ މެކުްސިމަމް ރެންޓު ބިލެއް.
އިކޯން ސާރ
06 December 2018
މިންޓަރައް މެކޮރޯއިކޮނޮމިކުސް ނޭގެންޏާ އާދެ ފޮތްބާ ހިފައިގެން އަހަރެން ގާތައް.. ކިޔަވާދީފާނަން މެކޮރޯ އިކޯން. ބުނަންތަ ވާހަކައެއް މިނިމަމް ވޭޖު ހެދީމަ އަނެއްކާވެސް އިންފުލޭޝަން ދާނީ މައްޗައް އެއީ އޭގެ ސަބަބުން އެގުރިގޭޓު ޑިމާންޑު މަތިވާންފެށާނެތީ. އެހެންވީމާ އަގުތައް އުފުލުނީމަ ޕޮލިސީ އޮބްޖެކްޓިވް ކޮމްޕުރޮމައިޒްވީ. ވީމާ ޖެހެނީ ޑިމާންޑު ސައިޑުނޫން އޮޕްޝަނެއް ބަލަން. މިއަދުގެ ފިލާވަޅު ނިމުނީ. ދެން އަނެއްކާވެސް އެހެން ދުވަހަކުން ކިޔަވާދޭނަން.
ތަރާނީ
06 December 2018
މިހާރު ދެން މި ފިނޭންސު މިނިސްޓަރަކީ ހަމަ ހޯޕްލެސް މީހެއް ކަން ވިސްނިއްޖެ..
ރާއްޖެތެރޭ
06 December 2018
ރާއްޖޭގެ އެކިރަށްރަށުގެ ދިރިއުޅުމުގެ ފެންވަރާ ފެނާ ކަރަންޓާ ކުލީގެ ތަފާތު ވަރަށް ބޮޑު. މާލެއަށްވުރެ ކަރަންޓް އަދި ފެނުގެ އަގުވެސް ފުދޭވަރަކަށް ބޮޑު ބައެއް ރަށްރަށުގަ އަދި ބިޒްނަސްއެއް ހިންގިޔަސް ލިބޭ ފައިދާވެސް ވަރަށް މަދު އެއީ ކަސްޓަމަރުންވެސް އެރަށްރަށުގަ މަދުވީމަ. މިހެން އޮތްވާ މިނިމަމްވޭޖްއޭ ކިޔާފަ ކޮންމެކޮންމެ އަދަދެއް ޖަހައިގެން ރަށްރަށުގަ ހުރި ކުދިވިޔަފާރިތައް ފުނޑާނުލާނެކަމަށް އުއްމީދުކުރަން. ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހޭ ކަމެއް ތިއީ.
ރޮޜާ
06 December 2018
ކަލޯއެވަރު ފާސްވާނެތަ....
ޠޫބާ
06 December 2018
ދީބަލަ /-7000 ރުފިޔާ
ހެޔޮބަސްބުނާމީހާ
06 December 2018
މިނިމަމް ވޭޖް އަށް ވުރެ ބޮޑަށް ރާއްޖެއަށް ބޭނުންވަނީ ޔުނިވާސަލް ބޭސިކް އިންކަމް. ހުރިހާ ރައްޔިތުންނަށް އިނާޔަތް ދިނުން.
ސަންޕަ
06 December 2018
5000 ރަގަޅު
އިބްރާހީމު
06 December 2018
މިނިމަމް ވޭޖް ކަނޑައަޅާއިރު އެކި ދާއިރާތަކުން ވަރަށް ރަނގަޅު ސާރވޭތައްކުރެވި، އެމީހުން މިހާރުގެ މުސާރައާއި އާމްދަނީ ޖެހޭނެ ބަލަން. ހަމަ ބަލާލުމެއްނެތި އަދަދެއް ކަނޑައެޅުމުންވާނީ ގެއްލުން، މިނިމަމް ވޭޖަކަށްވުރެ ބޮޑަށް ވަޒީފާއަދާކުރާ މީހުން ކުރަންޖެހޭ އެހެނިހެއް ހަރަދުތައް ކޮންޓްރޯލް ކުރިއްޔާ މާރަގަނޅުވާނެ، މިސާލަކަށް، ކުލި، ޓިކެޓްގެ އަގު، ކަރަންޓް ފެންބިލް.
އަޝްފާން ޒާހިރު
06 December 2018
މިނިމަމް ވޭޖެއް ނޫން ބޭނުންވަނީ.. ބޭނުންވަނީ ރެންޓް ކޮންޓުރޯލްތަކެއް.. ރާއްޖޭގައޮތް އެންމެބޮޑު އިގުތިސޯދީ އަދި އިޖުތިމާއީ މައްސަލަ އަކަކީ ކުލީގެ މައްސަލަކަން މިހާރު ތުއްތު ކުދީންވެސް ދަނޭ.. އެކަމަކު އަދި ވެސް މިނިސްޓރައް ތިއުޅެނީ ނޭނގިގެންތަ.
އިކޮނޮމިސްޓެއް
06 December 2018
އަހަރެން ބޭނުން ފިހާރަތަކުގަ ވިއްކާ މުދަލުގެ އަގުވެސް އެންމެ އާދައިގެ މީހާއަށް ގަނެވޭ ވަރަށް ކޮންޓްރޯލުކުރަން. މާރުކާޓުން މަސްވިއްކާ އަގުވެސް ގަނެވޭ ވަރަށް ކޮންޓްރޯލުކުރަން.
ރާއްޖެތެރޭ
06 December 2018
އަސްލުވެސް. މާ މުހިންމު ކަންކަން އެބަހުރި ފުރަތަމަ ކުރަން. މީތި ނިންމާ ގޮތަކުން ކުދި ވިޔަފާރިތަކަށް އިތުރަށް ދަތިވެ މަހުޖަނުންނާ ދެން ހުރި މީހުންގެ ތަފާތު އިތުރަށް މާ ބޮޑަށްވެސް ފުޅާވުމުގެ ފުރުސަތުވެސް އެބައޮތް.
އެހެން
06 December 2018
މިނިސްޓަރު ގެ ކުންފުނިތައް އުޅެނީ ރިއަލް އެސްޓޭޓު ގަ...... ދެން....