އީރާނުގެ ރައީސް ރޫހާނީ ތަގްރީރު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
08 ޑިސެމްބަރ 2018 - 13:03
ތެހެރާން (ޑިސެމްބަރު 8) - އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ އިގްތިސާދީ ޓެރަރިޒަމް ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
"އެމެރިކާގެ އިންސާފެއް ނެތް، ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޝަރަފްވެރި ދައުލަތަކާ ދެކޮޅަށް ހިންގާފައިވާ ޓެރަރިޒަމެއް،" ގައުމީ ޓީވީން ދެއްކި ތަގްރީރެއްގައި ރޫހާނީ ވިދާޅުވި އެވެ.
ރޫހާނީ ތަގްރީރު ކުރައްވާފައި ވަނީ އަފްޣާނިސްތާން، ޕާކިސްތާން، ޗައިނާ، ރަޝިޔާ އަދި ތުރުކީގެ ޕާލަމެންޓުގެ ރައީސުން ބައިވެރިވެވަޑައިގެންނެވި ޓެރަރިޒަމާ ގުޅޭ ސަރަހައްދީ ބައްދަލުވުމެއްގަ އެވެ.
"އިގްތިސާދީ ޓެރަރިޒަމް ޑިޒައިންކޮށްފައި ވަނީ ގައުމުތަކުގެ އެތެރޭގައި އިގްތިސާދީ ގޮތުން ބިރިވެރިކަން އުފެއްދުމަށް. އަދި އެ ގައުމެއްގައި އެއްވެސް ބަޔަކު އިންވެސްޓް ކުރިޔަ ނުދިނުން،" ރޫހާނީ ވިދާޅުވި އެވެ. "އެމެރިކާގެ ފިޔަވަޅުތަކުގެ އަމާޒަކީ ހަމައެކަނި އީރާނުގެ މިނިވަން ކަމަށް ބުރޫ އެރުވުމެއް ނޫން، ގައުމުތަކާ އެކު އޮތް ގުޅުން ކަނޑާލުން ވެސް ހިމެނޭ."
އެމެރިކާ އިން ވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން މިދިޔަ މެއި މަހު ވަކި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޝްހޫދު
10 December 2018
ކަލޭމެން ތީ ވަކި ސަހަލު ބައެއްތަ؟ ބައިގަޑެއް ހަދައިގެން މުސްލިމް ގައުމުތަކަށް ހަމަލާ ދެނީ.
ކިއްލިބާޝާ
08 December 2018
ރޫހާނީ ދެރަނުވޭ. އަހަރެމެން މިތިބީ ރޫހާނޫއާއެކު.