ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ފަޔާޒް ވާހަކަ ދައްކަވަނީ. --ފޮޓޯ: މިހާރު
12 ޑިސެމްބަރ 2018 - 12:44
އާ އިމިގްރޭޝަން ކޮންޓްރޯލަރަކަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ފަޔާޒް (އެފްއޭ) އައްޔަން ކުރަން ނިންމާފައިވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ނަމަވެސް، އޭނާ މި ވަގުތު ރަށުގައި ނޫޅުއްވާތީ މަގާމަށް އައްޔަން ކުރެއްވުމުގެ ކަންކަން އަދި ނުނިމެނީ ކަމަށް ވެ އެވެ.
ފަޔާޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މެލޭޝިއާގައި ހުންނެވި ދިވެހި ސަފީރުގެ މަގާމުގައި ހުންނެވި އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
އިމިގްރޭޝަން ކޮންޓްރޯލަރަކަށް ފަޔާޒް އައްޔަން ކުރަން ނިންމަވާފައިވާއިރު، މިހާތަނަށް އެ މަގާމުގައި ހުންނެވި މުހައްމަދު އަންވަރު އޮފީހަށް ނުނިކުންނަވާތާ ދުވަސްތަކެއް ވެފައިވާ ކަމަށްވެ އެވެ. އެނގިފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން އަންވަރު އޮފީހަކަށް ނުނިކުންނަވަ އެވެ. އަދި މިދިޔަ މަހުގެ 15 ވަނަ ދުވަހު އަންވަރު ސޮއިކުރައްވައި ނެރުއްވި މެމޯއަކުން ވަނީ ހުރިހާ މުވައްޒަފުންގެ މަސައްކަތަށް ޝުކުރު ދަންނަވައިފަ އެވެ.
އަންވަރު
އެ މެމޯގައި އަންވަރު ވިދާޅުވެފައި ވަނީ އިމިގްރޭޝަންގައި އޭނާ މަސައްކަތް ކުރެއްވި ދުވަސްވަރު އެއްވެސް މުވައްޒަފެއްގެ ހައްގަށް އުނިކަމެއް ލިބޭގޮތަށް މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި، އެފަދަ ގޮތަކަށް އެއްވެސް މުވައްޒަފަކަށް އިހުސާސް ކުރެވޭ ނަމަ އެކަމަށްޓަކައި އަންވަރު ވަނީ މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
އަންވަރު އޮފީހަށް ނުނިކުންނަވައި އަދި ވަޒީފާއިން ވަކިވެފައިވާކަން ދޭހަވާ ގޮތަށް މުވައްޒަފުންނަށް މެމޯއެއް ނެރުއްވި ނަމަވެސް އޭނާ މަގާމުން ވަކިކުރެއްވި ކަމެއް އަދިއެއް ނޭނގެ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން ނަމަ އިމިގްރޭޝަން ކޮންޓްރޯލަރަކީ އަދިވެސް އަންވަރެވެ.
އަންވަރުގެ ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާ ގުޅޭ ގޮތުން އޭނާގެ ޖަވާބެއް ނުލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެއްލުން
12 December 2018
މިއަދު އަޅުގނޑު އިންޑިޔާއިން އައި ގޯއެއަރގެބޯޓްގައި ހައެއްކަ މީހުންފިޔަވއި ދެން ފުރާލާފައި ތިބީ މިގައުމު އެމީހުންގެ އަމިއްލަ ގައުމަށްވުރެން ވަރުގަދަ ކޮށްގެންއުޅޭ ގައުމުގެ މީހުން. ވިސާކިޔޫއަށްދިޔައީ މަދު ބަޔަކު. ދެންތިބި އެންމެންނަކީ ޓޫރިސްޓުންގެގޮތުގައި އެތެރެވެ އެކުވެރި ބޮންދުންނާއެކު މިގައުމުގެ ވިޔަފާރި އަމިއްލަކުރާ މީހުން.
ރާބޮޑޭ
12 December 2018
ދީ، ދީ ސަރުކާރު ހުސްކޮށް ހުރިހާ ބާޣީންނަށް ވަޒީފާދީ އޭރުން ނިކަން ރީތި ލަޑެއް ރައީސް އިބޫ ޞާލިހަށް ލިބޭނެއެވެ އެރުން އަހަރެމެން ޕީޕީ ކުދިން އަތް ޖަހަންތިބޭނަމެވެ
މާރަނގާ - އައްޑޫ ސިޓީ
12 December 2018
ކުންފުންޏަކުން ނުވަތަ ފަރުދަކުކަމުގައިވިޔަސް “ބިދޭސީމީހާ އެތެރެކޮށްފައިވާކުންފުނިމެދުވެރިވެގެންމެނުވީ އޭނާއަށްމަސައްކަތެއްހަވާލުކުރުމާއި، އޭނާބައިވެރިވާ ވިޔަފާރީގެމުއާމަލާތެއްހިންގުމާއި، އޭނާއަށް އިޤުތިސޯދީމަންފާއެއްލިބޭ ލިބިދާނެއެއްވެސްކަމެއް ހަވާލުކުރުމާއި އެފަދަކަމަކަށް އެއްވެސްމިންވަރަކަށްއެހީތެރިވުމާއި ވޯކްވީސާ ނެތްމީހަކަށް ފިލައިގެންއުޅުމުގެ ފުރުސަތުލިބޭނެ އެއްވެސް ކަމެއްކުރުމަކީ ޖިނާއީ ކުށެއްކަމަށް” އިމިޤްރޭޝަން ޤާނުނުގައި ކަޑައަޅާންޖެހޭ.
މާރަނގާ - އައްޑޫ ސިޓީ
12 December 2018
ސިންގަޕޯރ، ޑްބާއީ، ޤަތަރު، އޮސްޓްރޭލިއާ އަދި ތައިލެންޑާއި ހޮންގްކޮންގް ފަދަ ޤައުމުތަކުގެ “އިމިޤްރޭޝަން ޤާނޫނު މުރާޖާކޮށް އިމިޤްރޭޝަން ޤާނޫނާއި ހިލާފަށް އޯވަރސްޓޭ ވާމީހުނާއިމެދު ހަރުކަށި ފިޔަވަޅު އަޅާންޖެހޭ” އަދި ވޯކްވީސާ އަށް ހުއްދަ ދޫކުރުމުގައި ޕްރޮފެޝަނަލް ގިންތިނޫން މީހުން އުމުރުން 30 އަހަރު ފުރި 55 އަހަރަށްވުރެ ދޮށި ނުވުމަށްވެސް ޝަރުތު ކުރާންޖެހޭ. މިހާރު އެތެރެކޮށްފަ އެބަތިބި އުމުރުން 80 އަހަރުގެ ލޭބަރުންނާއި ސެކިއުރިޓީ ގާރޑުންވެސް؟!
ރާއްޖެ
12 December 2018
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެއްވެސް ސަރުކާރަކުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ. ހީވަނީ އަވައްޓެރިން ކަމަށް ބުނާ ގައުމުތަކުގެ ނުފޫޒުން ހެން. މިކަމަށް މި ސަރުކާރުން އަމަލު ކުރާނެ ގޮތެއް ވެސް ނެތް. މިއީ އަދި މާ ބޮޑަށް އިންޑިއާ ދަށުވެފަ އޮތް ސަރުކާރެއް. ރާއްޖޭގަ އުޅޭ ދިވެހިންގެ އާބާދީ އެނގުނަސް މިތާ އުޅޭ ބިދޭސީންގެ އާބާދީއެއް އެނގޭ އިންސާނަކު ނެތް.
މާރަނގާ - އައްޑޫ ސިޓީ
12 December 2018
ނޭޕާލުމީހުނަށް ރިސޯޓްތަކުގެ ލައިފްގާރޑްގެ ވަޒީފާއަށް ވީސާ ދޫކުރަނީ އޭނާއަށްފަތާންއިގޭތޯވެސް ބެލުމެއްނެތި؟! * * ޓްއަރިޒަަމްސެކްޓަރފިޔަވާ ރީޓެއިލްހޯލްސޭލް، ކެފޭ ރެސްޓޮރާންޓް އަދި ކޮންސްޓަރަކްޝަންދާއިރާއަށް ހުއްދަދިނުމުގައި ވިޔަފާރީގެ ޓެކުހުގެމައްޗަށާއި އެމީހުންގެމުވައްޒިފުން ޕެންޝަންސްކީމްގައި ބައިވެރިކޮށްފައިސާ ދައްކާނިސްބަތަކަށް އަދި އެކޮމަޑޭޝަން ހުރި ނިސްބަތް ބެލުމަށްފަހު ވަރުގަދަ ޤާނޫނީ ޒިންމާތަކަކާއި އެކު މެނުވީ ވީސާދޫކުރުން ހުއްޓާލަންޖެހޭ.
މާރަނގާ - އައްޑޫ ސިޓީ
12 December 2018
ސާރކް ކޮންވެންޝަންތަކާއި ރިޒޮލިއުޝަންތަކުގެ ތެރެއިން އިންޑިޔާ، ލަންކާ ނޫންޤައުމުތަކުގެރައްޔިތުން އައުމުގެކުރިން އިންޑިޔާ، ބަންގާޅު، ސިލޯނުގައިހުންނަ އެންބަސީއަށް ހުށަހަޅައި ފޮރިންގް މިނިސްޓްރީއަށްފޮނުވައި ކަމާއިބެހޭ އިދާރާތަކުންސްކްރީންކޮށް އޭނާގެ ޗުއްޓީގެ މުއްދަތަށް ޓްއަރިޒަމް މިނިސްޓްރީގައި ރެޖިސްޓްރީކޮށްފައިވާ ރިސޯޓް ސިޓީހޮޓަލަށް ފައިސާދެއްކިލިއުމާއި ރާއްޖޭގެ އޭޖަންޓްކަމްފޯރމް ރިޓާރންޓިކެޓް ހުށަހަޅައިގެންމެނުވީ ވީސާ ދޫކުރުން ހުއްޓާލަންވެއްޖެ.
މާރަނގާ - އައްޑޫ ސިޓީ
12 December 2018
ސާކްގެ އެންމެ ތައުލީމީފެންވަރުދަށް ޤައުމެއްގެ ބޮޑުއާބާދީއެއް “ރާއްޖޭގެ އިމިޤްރޭޝަން ޤާނޫނާއިހިލާފަށް ފާޅުކަންބޮޑުގޮތަކަށް ރާއްޖޭގައިއުޅޭއިރު ، މިއީ ޤައުމީސަލާމަތާއިގުޅުންހުރި ނުރައްކާތެރިކަމެއްކަން” ދައުލަތުގެ ކަމާއިބެހޭއިދާރާތަށް ކަމުގައިވާ ޑިފެންސް މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި އިމިޤްރޭޝަނަށާއި ފޮރިންގ މިނިސްޓްރީއަށް ހަޤީގަތުގައިވެސް ނޭގެނީތޯ؟! ރާއްޖެ ދެވަނަ ރޯހިންގްޔާ އަށްވުމަށް ފުރުސަތުދީގެން ސަރުކާރު އޮތީ ކީއްވެ؟ ޤާނޫނީ ޒިންމާ އަދާކުރޭ.
އަލީ އަލީ
12 December 2018
އަންވަރު އިމިގްރޭޝަންގައި މަސައްކަތް ކުރެއްވި ދުވަސްވަރު އެއްވެސް މުވައްޒަފެއްގެ ހައްގަށް އުނިކަމެއް ލިބޭގޮތަށް މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވިޔަސް ދިވެހި އެއްވެސް ރައްޔިތެއްގެ ހައްގަށް އުނިކަމެއް ލިބޭގޮތަށް މަސައްކަތް ނުކުރަމޭ ވިދާޅުނުވިކަން ރަނގަޅެވެ. އެއީ ހައްގު ގެއްލިފައިވާތީއެވެ.
މާރަނގާ - އައްޑޫ ސިޓީ
12 December 2018
އިމިޤްރޭޝަން ކިތައް އޮފިސަރުން ކަމެއްނޭގެ “ބޮނދުންގެ ދަށުވެފަ” ތިބީ. * * އެކްސްޕެޓިރިއޭޓާސްގެ ވީސާގެކަންކަން ހަރުދަނާކޮށް ބިދޭސިން ގެންނާން ދޫކުރާ ހުއްދައިގެ ދަށުން ބަހައްޓާ ޑިޕޮސިޓް އަދި ރީޓާރން ޓިކެޓްގެ އަގު ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ މީރާގެ އެކައުންޓަށް ޖަމާކޮށް މީރާއިން އެކަން ވެރިފައިކޮށް އިމިޤްރޭޝަން ޑިޕާޓްމަންޓަށް އަންގާ އަދި އެމީހާއަށް ދޫކުރެވޭ ލިއުން ހުށަހަޅައިގެން މެނުވީ ވޯކްވީސާ ދޫކުރުން ހުއްޓާލަންޖެހޭ.