ދުނިޔެ / މިސްރު

މިސްރު ޓީވީގެ ބައެއް ޕްރެޒެންޓަރުން ހިކެން އަންގައިފި

މިސްރުގެ ޓީވީ ޕްރެޒެންޓަރެއް ކަމަށްވާ ޚަދީޖާ ޚައްތާބު ބުނީ އޭނާ ފަލަތޯ ނިންމާނީ ޓީވީ ބެލުންތެރިން ކަމަށް.

ގާހިރާ (އޮގަސްޓް 18) - މިސްރު ޓީވީގެ ފަލަ އަންހެން އަށް ޕްރެޒެންޓަރަކު ސަސްޕެންޑްކޮށް އެ މީހުން ޑައެޓް ކުރަން އަންގައިފި އެވެ.

މިސްރު ރޭޑިއޯ އާއި ޓީވީ ޔޫނިއަން (އީއާރުޓީޔޫ) އިން ވަނީ ފަލަ އަންހެން ޕްރެޒެންޓަރުން ހިކެން އެއް މަސް ދުވަސްދީފަ އެވެ. އެހެން ނޫނީ އެ މީހުންނަށް ޓީވީ އަށް ނޭރޭނެ ކަމަށް އަންގައިފައިވާ ކަމަށް އަލްް ޔައުމް އަލް ސާބީ ވެބްސައިޓުގައި ބުނެފައިވެ އެވެ. އީއާރުޓީޔޫގެ ނިންމުމާ ގުޅިގެން އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ޖަމާއަތްތަކުން ވަނީ ފާޑުކިޔަން ފަށައިފަ އެވެ.

ސަސްޕެންޑްކުރި ޕްރެޒެންޓަރެއް ކަމަށްވާ ޚަދީޖާ ޚައްތާބު ބުނީ އޭނާ ޓީވީ އަށް އަރާ ޕްރޮގްރާމް ހުށަހަޅާ އިރު ފަލަތޯ ނުވަތަ ހިކިތޯ ނިންމާނީ ޓީވީ ބެލުންތެރިން ކަމަށެވެ.

މިސްރު ރޭޑިއޯ އާއި ޓީވީ ޔޫނިއަންގެ އިސް ވެރިޔާ ސަފާ ހަގާޒީ އަކީ ވެސް އެއް ޒަމާނެއްގައި ޓީވީ ޕްރެޒެންޓަރެއް. --ފޮޓޯ:އީއާރުޓީޔޫ

މިސްރުގެ ވިމެންސް ސެންޓާ ފޯ ގައިޑެންސް އެންޑް ލީގަލް އެވެއާނެސް ވަނީ އަންހެން ޕްރެޒެންޓަރުން ސަސްޕެންޑްކުރި މައްސަލަ ކުށްވެރިކޮށްފަ އެވެ. އަދި އެއީ މިސްރުގެ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

އީއާރުޓީޔޫގެ ނިންމުމަށް މިސްރުގެ ބައެއް މީޑިއާތަކުން ވެސް ވަނީ ފާޑުކިޔައިފަ އެވެ. މިސްރުގެ ޕްރެޒެންޓަރެއް ކަމަށްވާ ވަހީދު އަބްދުލް މާޖިދު ބުނީ ޕްރެޒެންޓަރުންގެ ސިފަ ރަނގަޅު ކުރުމަށް ވުރެ ކޮންޓެންޓް ރަނގަޅު ކުރުން މާ މުހިންމު ކަމަށެވެ.

2 ކޮމެންޓް, 56 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 16%
icon angry icon angry 54%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސީނާ

18 August 2016

ފަލަކޮށް ތިބީ ފިރިހެން ޕްރެޒެންޓަރުންނަމަ ހިކެން އަންގާނެ ބާ؟

ޖަމާލު

18 August 2016

ހިކެން އަންގަން ނުވާވަރެއް ނޫނެއްނުން. ތިތިބިއްޔާ ތިމީހުން ތިބިގޮތް.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454