ޖާބިރު: އޭނާގެ ޕާސްޕޯޓް މިދިޔަ އަހަރު ސަރުކާރުން ކެންސަލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފައި
18 ޑިސެމްބަރ 2018 - 13:14
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާއްސަ މަންދޫބު، ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް މިދިޔަ އަހަރު ސަރުކާރުން ކެންސަލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖާބިރުގެ ޕާސްޕޯޓް އިމިގްރޭޝަނުން މިދިޔަ އަހަރުގެ މެއި މަހު ކެންސަލްކުރީ ފުލުހުން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ކެންސަލް ކުރަން އެދުމުންނެވެ. ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރީ އިޓަލީގައި ހުންނެވުމަށް ފަހު އޭނާ އިނގިރޭސިވިލާތަށް ވަޑައިގަންނަވަނިކޮށެވެ.
އެ މައްސަލަ ޖާބިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އިމިގްރޭޝަންގެ ގާނޫނާއި ޕާސްޕޯޓާ ބެހޭ ގާނޫނާއި އެހެން ގާނޫނުތަކާއި ގަވާއިދުތައް އޮތްގޮތުން ވެސް ދިވެހި އެއްވެސް ރައްޔިތެއްގެ ޕާސްޕޯޓް ކެންސަލް ކުރުމުގެ ބާރު އިމިގްރޭޝަނަށް ލިބިފައިވާކަން އެނގެން ނެތް ކަމަށެވެ.
އެހެންވެ، ޖާބިރު ޕާސްޕޯޓް ކެންސަލް ކުރަން ނިންމި ނިންމުމަކީ ގާނޫނު އަސާސީގެ 19 ވަނަ މާއްދާ އާއި 41 ވަނަ މާއްދާއާ ޚިލާފް، ބާތިލް ނިންމުމެއް ކަމަށް އެ ހުކުމުގައިވެ އެވެ.
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރީ ގާނޫނާ ޚިލާފަށް ކަމަށް ހުކުމް ކުރިއިރު، މިދިޔަ ސެޕްޓެމްބަރު މަހު ޖާބިރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހ. ތިމާވެށި
19 December 2018
މިހާހިސާބުން ހަނުހުރީ! ދެން ނުބުނުނާނަން އެކައްޗެއްވެސް، ދެން ނުބޯނަން! ޔާމިނަށް ލާރިދިނޭ ވެސް ނުބުނާނަން! ހަނުހުރީމި! އިބޫވެރިކަމަށް ގެންނަން މަސައްކަތްކުރިޔެކޭވެސް ނުބުނާނަން! ހަނުހުރި! މައުމޫނު ގޮވައިގެން ކޯޓަކަށްވެސް ނުދާނަން! ހަނުހުންނާނީ
ގަރުދިޔަ
19 December 2018
ދެން ޕާސްޕޯޓެއް ގެއްލިގެންނޭބުނެ، އިތުރު ޕާސްޕޯޓެއް ހައްދައި، ދެ ޕާސްޕޯޓުންވެސް ދަތުރުކުރާންވީތާ. ކެންސަލު ކުރެވޭ ބަޔަކު ނެތިއްޔަ އުޑު ދަށުގައިވެސް.
ފައިދާ
19 December 2018
ޖޫޑިސަރީ ކަރަޕްޓުވީމާ ގިނަރައްޔަތުންނަށް ގެއްލުންވިޔަސް، ޖާބިރައް ފައިދާ!
ގެއްލުން
19 December 2018
ހަމަ އަފިރީންފަދަ ކޫދައިންނަށް
މޮޔަވެދާނެ
18 December 2018
އެ އިރެއްގައި އޮންނަ ސަރުކާރަކަށް ބަލަދު އަރާ މީހެއް ދޯ މިވެސް، ރައްޔިތުންގެ ލާރިން މުއްސަނދިވެގެން ކޮން ދުއްޕާނެއް ތިކުރަނީ
ނަގޫރޯޅި
18 December 2018
އެހެންވެއްޖެޔާ ޕާސްޕޯޓު ކެންސަލް ކުރުމުގެ ބާރު އޮންނަނީ ރައީސް އޮފީސް، ކޯޓު، ސިޓީ ކައުންސިލްގަތަ. އެމިގްރޭސަނަކީ ބުނީމަ ބުނާގޮތައް ޕާސްޕޯޓް ހަދައިދޭން އެކަނި ތިބޭތަނެއްތަ؟ އެހެންވެއްޖެޔާ ރާއްޖެއައް ނުގަވައިދުން އެތެރެވާ މީހުން ހުއްޓުވާ ފިޔަވަޅު އެޅުމުގެ ބާރެއްވެސް އެމިގްރޭސަންއައް ނޯންނާނެ. ކޯޓަކައް ނުފޫޒެއް ނުފޯރުވަ އެކަމު ކަންނިންމަން ޖެހެނީ މުއައްސަސާތަކުގެ ބާރުތައް ކަންޑާލާފަ ތިމާމެން އޭރަކު ބޭނުންވާގޮތައް.
ޚޮން
18 December 2018
ޢިމިގްރޭޝަން ޤާނޫން ވަރަށް ސާފް. ޚެންސަލް ކުރެވޭނެ ތައްޤީޤަށް ފިލައިގެން ކޯޓް އަމުރަސްވެސް ފިލައިގެން އުޅޭ މީހުން. ޚީއްވއ ކުރިން ކޮޓުން ތިކަން ސާފުކޮށް ނުދެނީ. ކޯޓްތައް ހާލު. ކިހިނެއް މަރުގެ ހުކުން ތަންފީޒް ކުރާނި ތިވަރު ކޯޓްތައް ހުްޓާ. ސާބަސް ރައީސް މަރުގެ ހުކުން ތަންފީޒް ނުކުރާތި ކޯޓް ތައް ރަގަޅުނުކޮށް
ސޯލްޓް
18 December 2018
ތިކަން ކުރި ބަޔާކާއިމެދު ދައުވާކޮއް، ވީގެއްލުމުގެ ބަދަލު ހޯދާ. އައި ލައިކް ލޮލީ.
ފޮނިކަލޯ
18 December 2018
ކުރީގެ ކޮންމެވެސް މީހަކު ކަލޯ އަށް ސަލާމް ބުނި
މުހައްމަދު ރަޝީދު އަލީ
18 December 2018
ޤާނުނު އާއި ޙިލާފުވި ފާރާތްތަކަށް ޚައްގު އަދަބުލިބެންޖޭ......
އަލީބަލީ
18 December 2018
ސިޔާސީ ބޭނުމަށް ބޭއިންސާފުން ކޮށްފައިވާ ކަންކަމަށް އިންސާފު ލިބޭތަން ފެންނާތީ ވަރަށް އުފާކުރަން. ﷲ އަށް ހަމްދު ކުރަން. އެކަލާނގެ ވަނީ ހައްގަށް ނަސްރު ދެއްވާނެ ކަން އަންގަވާފައި. އެކަން މިދަނީ ފެންނަމުން. ސާބިތު ވަމުން.