މިފްކޯ މަސް ފިހާރަ
19 ޑިސެމްބަރ 2018 - 11:42
އެސްޓީއޯ އިން މިފްކޯއަށް މިހާތަނަށް 154 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރީ 2016 ވަނަ އަހަރު އެވެ. މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ދޮޅު އަހަރުގެ ތެރޭގައި ހަދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް ވިދާޅުވީ، ގެއްލުމުގައި ވެސް ހިންގައިގެން މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމަށް މިފްކޯއިން މަސައްކަތް ކުރާތީ އެ ކުންފުނީގެ މާލީ ހާލަތު ވަރަށް ދަށްވެފައިވާ ކަމަށެވެ.
މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ މިފްކޯ ވަކިން ހިންގުމުގެ ވިސްނުން އާ ސަރުކާރުން ގެންގުޅުނަސް އެކަން ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. މިފްކޯ އެސްޓީއޯ އިން ދޫކޮށްލެވޭނީ އެ ކުންފުނީގެ ހިންގުން ރަނގަޅުކޮށް، އެތެރޭގެ ގިނަ މައްސަލަތައް ހައްލުކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެސް ބޭންކަކުން މިފްކޯއަކަށް ލޯނު ނުދޭ ކަމަށާއި އެހެންވެ މިފްކޯއަށް ބޭނުންވާ ފައިސާ ހޯދަނީ އެސްޓީއޯ އިން ލޯނުގެ ގޮތުގައި ކަމަށެވެ.
މި އަހަރުގެ މިހާތަނަށް މިފްކޯ އިން 800 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯ އިން ވަނީ ބުނެފަ އެވެ. ކުރީގެ ސަރުކާރުން އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރީ ދަރަނި ބޮޑުވެ، ކުންފުނި ބަނގުރޫޓުވުމުންނެވެ.
މިފްކޯގެ މާލީ ހާލަތު ރަނގަޅު ކުރަން މިދިޔަ ފަސް އަހަރުގެ ތެރޭގައި އޭރުގެ ސަރުކާރުން 621.4 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާދާލު
19 December 2018
ހެޔޮ ނުވާނެ ބޮޑުތިލަދުންމަތީގަ މަސް ކިރާނެ ބޯޓެއް ބާއްވަދީ.
ބޭބެ
19 December 2018
ތިތަނުގެ ވެރިން ބަދަލު ކުރަންޖެހޭ! ގެއްލުންވަނީ ޖީބަށް ބަރުކުރާތީ
ކިނބޫ
19 December 2018
ދައުލަތުގެ ބަޖެޓުން މަހުޖަނުންގެ ރިސޯޓްތައް ޕްރޮމޯޓް ކުރަން މިލިޔަނުން ޚަރަދު ކުރެވޭ އިރު މަސްވެރިންނަށް ވެސް ސަރުކާރުން ޚަރަދު ކުރެވެން ޖެހޭނެ. ގެއްލުމުގައި ވިޔަސް.
ކިނާން
19 December 2018
މިފްކޯގަ މިހާރު ހުރި ސީއޯއޯ ކުއްލިއަކަށް އަމިއްލަ ރަށުގައި 3 ބުރީގެ ގެސްޓްހައުސް އެޅިގޮތާ، ލޯންޗް ގަތްގޮތާއި، ފެންޓަސީ ކުރިމަތީގަ އިންނަ ގާމަންޓް ޝޮޕް ހުޅުވީ ކޮން ފައިސާއަކުންތޯ ބަލަންޖެހޭ! މިފްކޯއާއި އެސްޓީއޯ ހުލިވިއިރު މިވެރިންގެ މުއްސަނދިކަން އަރާ ބޮންތީގަ!
ރިޓްރީޓް
19 December 2018
ސުބުހާނަ ﷲ. މިވެރިން އެބަހުރިތާ އެސްޓީއޯއިން ފައިދާ ފަށެއް ލިބިގަނެފަ! އަމިއްލަ ވިޔަފާރި ކުރިއަރުވާފަ ކުންފުނި އިނދަޖައްސާލާފަ މިއޮތީ!
ކަސޯޓީ
19 December 2018
ސާބަހޭ އަމްރު. މިފްކޯއަށް އެސްޓީއޯއިން ލާރިދިން ގޮތަށް އެސްޓީއޯގެ ކޮރަޕްޓް ވެރިންނަށްވެސް ރިޓަޔަރމަންޓް ފައިސާކޮޅެއްދީފަ ގެއަށް ފޮނުވާލެވޭތޯ ބަލާތި!
ސްޓާޓާ
19 December 2018
އަސްލުވެސް ކަސޯޓީ. މިކޮރަޕްޓް ގްރޫޕް މިހާރު އުޅެނީ ވަރަށް ގަދަކޮށްލައިގެން. އެމްޑީ އަށް އަބަދު ވައިޖެހުމުގަ.
ރަހޫ
19 December 2018
އަމްރު ކޮއިފުޅާއެވެ. އެސްޓީއޯގައި ވޭތުވެދިޔަ 3 އަހަރު ބޮޑެތި ކޮރަޕްޝަނާއި ފަސާދަ ހިންގަންތިބި ވެރިން ގޮވައިގެން އަދިވެސް ތިޔަ އުޅުއްވަަނީ މިއީ ކުންފުންޏަށް ބަލަދުއަރާ ބަޔަކަށް ވާތީތޯއެވެ. ވަަރަށް ސަލާމް.
މަލް
19 December 2018
ބޭސްވިއްކާ ބޮޑު މީހާއާއި އޭސީ ވިއްކާ ބޮޑުމީހާ މީގެ ތެރޭގައި ހިމެނޭބާ؟ ރާއްޖޭގެ ވިޔަފާރިވެރިންނަށް މިމީހުންނަށް އެނގޭ އަދި މޭޒު ދަށުން ހިނގާ ކަންތައްވެސް އެނގޭ.
ނައުޓީ
19 December 2018
ހެޔޮނުވާނެ އަމްރު. އެސްޓީއޯ ކޮރަޕްޓް ވެރިން ކިބައިން ސަލާމަތްކޮށްފަ މިފްކޯ ކަންތަކާ އުޅެދީ!
ނަން
19 December 2018
ތި ސޮރު ތީ އެއްވެސްކަމެއް ކުރެވޭ ސޮރެއްނޫން!
ކުއްޓި
19 December 2018
އެސްޓީއޯ އިން މިފްކޯއަށް 154 މިލިއަން ރުފިޔާ ހޭދަކުރި .. މިފްކޯއިން މިލާރީގެ ބޮޑު ބަޔެއް ހޭދަ ކުރީ ރޔ 2018 ގެ ކެމްޕެއިން އަށް ... އޮޑިޓެއް ހެދި ވެރިން ޒިންމާ ކުރުވަން ޖެހޭނެ. ރާއްޖޭގައި އޮންނަނީ މިކަން އާދަޔަކަށް ވެފަ .. މިކަހަލަ ކަންތަކަށް ނިމުމަކަށް އަންނަން ޖެހޭ.