އިމިގްރޭޝަން ކޮންޓްރޯލަކަށް ރައީސް އައްޔަން ކުރެއްވި މުހައްމަދު އަހްމަދަށް މަގާމުގެ ފަތްކޮޅު މިއަދު އަރުވަނީ.--ފޮޓޯ: ރައީސް އޮފީސް
23 ޑިސެމްބަރ 2018 - 12:44
އިމިގްރޭޝަން ކޮންޓްރޯލަރު ކަމަށް މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) މިއަދު އައްޔަން ކުރައްވައިފި އެވެ.
އޭނާ އަށް މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެރުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރު ހަނަފީ އެ މަގާމަށް އައްޔަން ކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަންވަރު މިއަދު އިސްތިއުފާ ދެއްވުމާ އެކު އެވެ.
ހަނަފީ އެ މަގާމަށް އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ. އޭނާ މިއަދު ވަނީ އޮފީހަށް ނުކުންނަވައިިފަ އެވެ.
އޭނާ މީގެ ކުރިން ވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑައިރެކްޓާ އޮފް ސޭލްސްގެ މަގާމާއި އަލްބަޓްރޮސް އިންޓަނޭޝަނަލްގެ ސީއީއޯ ކަމާއި ހައިޕް މީޑިއާގެ ސީއޯއޯ ކަން ވެސް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެނޮ
25 December 2018
ޙަނަފީ އަކީ ރަނގަޅު މީހެއް.ހަނަފީ ކިޔެވީ ވެސް ޔޫކޭ ގެ ބްރިސްޓޯލް ގަ. މަގާމް ހަހްގު ހަނަފީ އަށް. ދެން މިތާ ހަޑިކޮށް ކޮމެންޓުކުރަނީ ހަމަ ޖޭވެގެން އުޅޭ މީހުން. ޢަޅުގަނޑަށް އިނގޭ މިތާ ކޮމެންޓު ކޮށްފަ ހުރީވެސް އެކަކު ގިނަ އިން އެކަންޓު ހަދައިގެން ކަން . އެމީހުނަށް ބުނެލަން އޮތީ ކުރާނެ ކަމެއް ނެތިގެން ތަ ތިޔައުޅެނީ މީހުނޭ ކިޔައިގެން ދޮގު މަޢުލޫމާތު ތިދެނީ.
ޝަހާމް
24 December 2018
އަސްލު މިތާ ކޮމެންޓް ކުރާ ބައެއް މީހުންނަށް ބުނެލަން އޮތީ، ޕީއެސްއެމްގެ ހަލީލު ނުވަތަ އިކްރާމަށް ތިޔަ މަގާމު އެރުވިނަމަ ބޮޑުތަނުން ތިމަސައްކަތް ކުރިއަށް ގެންގޮސް، ޢާންމުންނަށް ފަސޭހަތަކެއް ވާނޭހެން އިންތިޒާމުތައް ހަމަޖައްސާ، މުޅި ތަން ރިފޯމް ކުރާނެޔޭ. ތަނެއް ތަނަކަށް ހަދަން ބޭނުންވަނީ ހަމައެކަނި އިނގިރޭސިން އަތުން ހޯދާ ތައުލީމެއްނޫން. އެއަށްވުރެއްވެސް މުހިންމުތަޖްރިބާ. ގައިމު ހަލީލު މެންގެ ތަޖްރިބާއާއި ނޯހައު ހަނަފީއަށްވުރެއް ބޮޑުވާނެ.
ހާމިދު ޝާހިދު
24 December 2018
އެހެންވީމާ މިއީ ބޮޑަށް މީޑިއާގެ ބޭފުޅެއް ދެއްތޯ؟ އަޅުގަނޑު ހީކުރީ ޕީއެސްއެމް އަށް ކަމަށް އެބޭފުޅާ ވަޑައިގަންނަވާނީ...! އިމިގްރޭޝަނަށް ބޭނުންވަނީ، ވަރަށް ގަޓު ހުރި ބޭފުޅެއް. އެތަނަށް ކޮންމެ ދުވަހަކު ކިއު ހަދަން އެއްވާ މީހުން މައިތިރި ކޮށްލެވޭ ވަރުގެ ލީޑަރެއް... ހަނަފީގެ ކިބައިން އެކަން ފެނިގެން ދާނެކަމަށް އުންމީދުކުރަން...!
އަހުމަދު111
24 December 2018
ރަނގަޅު ހޮވުމެއް
ނަސްރީނު
24 December 2018
ޕީއެސްއެމް އިން ހިންގު ހުރިހާ ކަމެއް އަހަރެން ދަންނަން. އެ ޖަރީމާތައް ހިނގީ ޚަލީލާއި އިކްރާމު. އެކަމުގައި އެމީހުން ބުނާގޮތް ނުހަދާތީ ހަނަފީ އެތަނުން ބޭރުކުރީ. އެތަނުގައި އުޅެވެން ނެތިހެން ހަނަފީވެސް ހުރީ ކެނޑެން ތައްޔާރަށް. އެހެންވީމާ ހަނަފީއަކީ އިޚުލާސްތެރި ޒިންމާދާރު މީހެއް
މާޝާލަތީފު
24 December 2018
ހަނަފީ މަގާމުން އިސްތިއުފާދިނީ އަމިއްލަޔަށް! ޚަލީލުމެންގެ ދަށު ނުވާންވެގެން! ހާދަ ހަސަދަވެރިން ގިނަނައީ އިންސާފަށް ލޯބި ކުރާ ޒުވާނުންގެ.
ކުޑަސޮރު
23 December 2018
މޮޔަނުގޮވާ ކަމުގެދެކޮޅު ބަލާގެން ވާހަކަދައްކާ މީހުން ގެ އަބުރު ނުކަތިލާ ހަނަފީ ޕީއެސްއެމް އިން ވަކިވީ އަމިއްލައަށް ހަލީލުމެންގެ މަޅީގައި ނުޖެހެން އެމީހުންގެ ކަރަޕްސަނާ ފަސާދާގެ ނުޖެހެންވެގެން އެމީހުންނާ ދެކޮޅަށް އޭނާއަކީ ތައުލީމީ ބޭފުޅެއް އިގިރޭސިވިލާތުން މާސްޓާސް ހެއްދެވި އެކްސްޕީރިއެންސް އަކީ ކުއްލިއަކަށް އެއްވެސް މީހަކަށް ލިބޭއެއްޗެއްނޫން އިގޭތަ ހަޖަމް ކޮއްބަލަ
ފޮނިޓައްޕު ހަސަނު
23 December 2018
ނާސްތާ ވަހީދުބެގެ ކުދިންގެ ތެރެއިން އެންމެ ބެސްޓް ދަރިފުޅަށް ތިމަގާމު ތިލިބުނީ. ހަނަފީއަކީ މަޑުމައިތިރި، އަޚްލާގް ރަނގަޅު މީހުންނާއި ގުޅޭ ކުއްޖެއް. އުއްމީދު ކުރަން ހަނަފީ ތިޔަ މަގާމު ވަކިކުލައަކަށް ނުބަލައި ހިންގަވާނެ ކަމަށް.
ސައްހަ ކަރެޕްޝަން
23 December 2018
ސަރުކާރުގެ ގިނަ މުއައްސަސާތަކަށް ސޭޓުގެ އަތް ބާނަން ޖެހޭބާ
މާލެ ބޭފުޅު
23 December 2018
މުޅިން ވެސް މާލޭ ބޭފުޅު ސަރުކާރެއް ދެއްތޯ؟ ކޮންސިއުލޭޓް ތަކަށް މާލޭ ބޭފުޅުން، މިނިސްޓަރުނާ ސްޓޭޓް މިނިސްޓަރުކަން މާލޭ ބޭފުޅުން، ރައްޔިތުމީހާއަކަށް ނިކަމެތި ރައްޔިތުމީހާ ވަނީ ވޯޓު ލާ ދުވަސްކޮޅު އެކަނި، އަދި ވެސް މިބައި ކުޅަދު މީހުން ބައި ކުޅަދުގެ ގޮތުގައި، -ދިވެހީން ދިވެހީންގެ ގޮތުގައި ތާ އަބަދަށް ގަމާރުކަން މަތީ-
އަމްނު
23 December 2018
ރައީސް އެއީ ހިންނަވަރު މީހެއް. ނައިބު ރައީސް އެކީ ފުވައްމުލަކު މީހެއް. އަޅެ މި ދެމީހުން ވެގެން މާލެ މީހުން ކީއްވެގެންތަ މި އައްޔަން ކުރަނީ.