23 ޑިސެމްބަރ 2018 - 20:15
އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާގެ މަގާމަށް އިބްރާހިމް އަޝްރަފް މިއަދު ހަމަޖައްސަވައިފި އެވެ.
ޑެޕިއުޓީ އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ހ. ރޭ އަޝްރަފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖެއްސެވީ މިނިސްޓަރުންގެ ނައިބުގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޑެޕިއުޓީ ކޮންޓްރޯލަރު ކަމަށް އަޝްރަފް ހަމަޖެއްސެވި އިރު، ކޮންޓްރޯލަރުގެ މަގާމަށް ވެސް މިއަދު ވަނީ ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރެއްވީ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަންވަރު އެ މަގާމުން މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫތު
12 February 2019
ތިއީ ވެސް ވަރަށް ކޮރަޕްޓް މީހެއް. އިމިގްރޭޝަން އިސްލާހުކުރަންބޭނުން ނަމަ އެތަން ޖެހޭނީ މަތިން ފެށިގެން ސާފުކުރަން
ގާދިރު
31 December 2018
ގަވާއިދާ ހިލާފައް އުޅޭ ބަންގާޅީން ތައް ބޭރުކުރޭ..
މަސްހުނި
24 December 2018
އަށްރަފަކީ ރާއްޖޭގައި ހުރިތިކަމަށް އެންމެމޮޅައް ތަމުރީނު ލިބިފައިހުރި މީހާ. ވަރަށް ރަނގަޅު ނިންމުމެއް. ތަން ޒަމާނީ ފެންވަރުގެ ޚިދުމަތައް ބަދަލުކުރެއްވުމަށް.
އަޙްމަދު
24 December 2018
އެނގިދާނެތާ ވާގޮތެއް. ވަގަށް އެތެރެވާ ބޭރުމީހުން މަދުވާނެކަމަށް އުއްމީދު ކުރަން. ބަނގުލާދޭޝް މީހުނަ ހަދައިގެން އުޅޭ އެޖެންސީތަށް އުވާލަންޖެހޭ!
މާރަނގާ - އައްޑޫ ސިޓީ
24 December 2018
އިމިޤްރޭޝަންގެހާލަތު ވަގުތުންވަގުތަށްއިސްލާޙްކޮށް ހަރުދަނާމުހިންމު ފިޔަވަޅުތަކެއްނާޅައިފިނަމަ އިމިޤްރޭޝަންގެއިތުބާރު ޤައުމުތަކުގެމެދުގައިގެއްލި ދިވެހިންނަށްވެސް ދަތުރުފަތުރުކުރުމަށް ހުރަސްތަކެއް މެދުވެރިވެދާނެ. * * ޤައުމީ ސަލާމަތާއި ބެހޭ ފަރާތްތަކުން އިމިޤްރޭޝަން އޮފިސަރުންގެ ފޯނު އަޑުއަހާ އީމެއިލްތައް ހެކުކޮށް އަދި ސީދާގޮތުން ފާރަވެރިވެގެން މިކަންހުއްޓުވާންޖެހޭ ދަރަޖައަށް ތިތަނުގެ ހާލަތުވަނީ ގޯސްވެފަ. އިސްމަޤާމްތަކަށް އެހެންބަޔަކު ގެންނާންޖެހޭ.
ވަލީ
24 December 2018
އަޝްރަފަކީ މިހާރު އިމިގްރޭޝަން ދާއިރާގައި އެއްމެ މަޤުބޫލު އެއްބޭފުޅާ، ގިނަ އަހަރު ތަކެއް ވަންދެން އިންޓެލިޖެންސް ޔުނިޓް ހިންގެވުމާއި ހަވާލްވެ އެތައްތަޖްރިބާއެއްހުރި ބޭފުޅެއް، ފޯޖް ޑޮކިއުމަންޓް ޑިޑެކްޓް ކުރުމުގައި ރާއްޖޭގައި ހުންނާނެ އެއްމެ މޮޅު އެއްބޭފުޅާކަމުގައި ޔަގީން، ރައީސް ސޯލިހު ތިޔަ ނެންގެވީ ވަރަށް ރަގަޅު ޑިސިޝަންއެއް...! މަރުޙަބާ އަޝްރަފް.
ދާދޭ
24 December 2018
އިންޓެލިޖެންސަށް މޮޅުކަމުންދޯ ގަވާއިދާ ޚިލާފަށް އެހާ ގިނަމީހުން ރާއްޖެއަށް އެތެރެވެ ހާލިހަދައިގެން އުޅެނީ.ގައުމުގެ ދޮރޯށީގައި ޚިޔާނާތްތެރިން ގިނަވުމަކީ އެތެރެ ކުނިވެފައިވާ ކަމުގެ ނިޝާނެއް.
ނޭފަތުފޫޅު
24 December 2018
ހެނދުނު ހެނދުނާ އެގޭ ދޮރުމަތީ ކިޔޫ ޖައްސާފަ އެތިބެނީ ކީއްކުރާ ބޭރުމީހުންތަކެއްބާ؟؟؟؟
ސީދި
24 December 2018
މީދެންއެކަމު ވަރަށްދެރަވަރު އިންގޭތޯ އިބޫސޯލިހް...
ފިކުރީ ހަނގުރާމަ
23 December 2018
ހައްހައްހާ...އަޝްރާ އަކީ ވައިޖެހޭއަތަކަށް ދުވާ އޮޑިއެއް..ކުރިން އަަންވަރު ފުލުން...މިހާރު ހަނަފީ ފުލުން...ރައީސް އިބޫ ޔޫ ހެވް ޑިސެޕޮއިންޓަޑް އަސް....ޓްސްކް ޓްސްކް. .
މާރަނގާ - އައްޑޫ ސިޓީ
23 December 2018
ގިނަމީހުނަށް އެމްއެމްޕީއާރސީ އެގުނީ އެތަނުގެ ތިޖޫރި ބަޔަކު ފާޅުގައި ދޮވެލުމުން. * * އިމިޤްރޭޝަން އަކީ “އެމްއެމްޕީއާރސީ ފަދަ ތަނެއް” ކަމަށް ބަޔަކު މީހުންބުނެއުޅޭ. ތަފާތު ދެތަނެއް އަދި ތަފާތު ދެ މަސައްކަތް ކުރާތަންތަން ކަމުގައިވިޔަސް “ދެތަނުގައި ހިގަނީ އެއްވައްތަރެއްގެ އެއްކަމެއް” ކަމުގައިވާތީ މިހާރު ތިބިމީހުން އިސްމަގާމްތަކަށް ގެނައުމުގެ ބަދަލުގައި ވަރަށް އަމާނާތްތެރި މީހުންއިސްކޮށް ހިޔާނާތް މިތަނުން ނައްތާލަންޖެހޭ.
ޒައިޝް
24 December 2018
އޭގެ އިތުރުން ސިޔާސީ މީހުންނަށްވުރެ އެތަނުގެ ސީނިޔަރ މެނޭޖްމެންޓްގެ ބާރު ގަދަ ކަމަށް ކިޔާ އުޅޭ.. އެމީހުންގެ ކިބައިން ސަލާމަތްނުވެ ކޮރަޕްޝަން ނުހުއްޓުވޭނެ
ދާދޭ
24 December 2018
ތަނަށް މީހުން ލާންހުރިމީހާ އަށް ގައުމުގެ ހާލަތު ދަސްވެފައިނުވާނަމަ އަދި އޭނާ މީނާގެ ފަތިފުށް ނޭގޭނަމަ ރަނގަޅެއް ނުހެދޭނެ.